ޔަމަނުގައި "ހުރިހާ ފަރާތްތައް ހިމެނޭ ސިޔާސީ ހައްލަކަށް" އދ.ގެ މަންދޫބު ގޮވާލައިފި

ޔަމަނު ސަރުކާރު ތަމްސީލް ކުރާ ފައުޖުގެ މެމްބަރެއް. -- ފޮޓޯ: އޭއެފްޕީ

ޔަމަނު ސަރުކާރު ތަމްސީލް ކުރާ ފައުޖުގެ މެމްބަރެއް. -- ފޮޓޯ: އޭއެފްޕީ

ޑުބާއީ، ޔޫއޭއީ (އޮކްޓޯބަރު 6) - ޔަމަނުގެ ހަނގުރާމަ ނިމުމަކަށް ގެންނަން "ހުރިހާ ފަރާތްތަކެއް ހިމެނޭ ސިޔާސީ ހައްލަކަށް" އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު ހާންސް ގްރުންޑްބާގް އެ ގައުމަށް ކުރެއްވި ފުރަތަމަ ދަތުރަށް ފަހު ގޮވާލައްވައިފި އެވެ.

ޔަމަނުގެ އުތުރުގައި އޮންނަ މުހިއްމު ސިޓީއެއް ކަމަށްވާ މަރިބް ހިފަން އިރާނުގެ ތާއީދާއެކު އުޅޭ ހޫތީންނާއި ސައުދީ އަސްކަރީ ކޯލިޝަނުން އެހީވާ ސަރުކާރުގެ ފައުޖުތައް ކުރާ ހަނގުރާމަ ވަނީ ވަރުގަދަކޮށްފަ އެވެ.

ޔަމަނުގެ އެކި ހިސާބުތަކުގައި ހަނގުރާމަ ކުރާތީ ފުރާނަ ސަލާމަތް ކުރަން ދެ މިލިއަން މީހުން މީގެ ކުރިން މަރިބް ސިޓީ އަށް ބަދަލުވި އެވެ. ނަމަވެސް މިހާރު އެ ސިޓީ ހިފަން ހަމަލާދެމުން ދާތީ އެ މީހުންނަށް ވާނެ ގޮތަކާ މެދު ބިރު އެބަ އޮތެވެ.

"ފާއިތުވާ ކޮންމެ ދުވަހަކާ އެކު ހަނގުރާމައިގެ އިންސާނީ އަދި އިގްތިސާދީ އަސަރު، ކުރިން އޮތް ގޮތަށް ރުޖޫއަކުރަން އުނދަގޫވޭ. ހަނގުރާމައާ ހެދި ޔަމަނުގެ އާއްމު ދިރިއުޅުމަކީ ބޮޑު ވޭނަކަށް ވެއްޖެ،" ގްރުންޑްބާގް ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

"ވަގުތުން ވަގުތަށް ޔަމަނުގެ މިސްރާބު ބަދަލު ކުރަން ޖެހޭ. ހުރިހާ ފަރާތެއް ހިމެނޭ ސިޔާސީ ހައްލަކާއެކު ހަމަނުޖެހުން ނިމުމަކަށް ގެނެސް، ޔަމަނު އަލުން ކުރިއަރަން ފުރުސަތު ދޭން ވެއްޖެ."

ގްރުންޑްބާގް ޔަމަނަށް ކުރެއްވި ފުރަތަމަ ދަތުރުގައި ބޮޑު ވަޒީރު މުއީން އަބްދުލް މާލިކް އާއެކު ގިނަ އޮފިޝަލުންނާ ބައްދަލުކުރެއްވި އެވެ. ހޫތީންގެ އަތް ދަށަށް ވެރިރަށް ސަނާ ދިޔުމާއެކު ވަގުތީ ވެރިރަށެއްގެ ގޮތުގައި ސަރުކާރު ހިންގަނީ އަދެން ގަ އެވެ.

ގްރުންޑްބާގް އާއި އަބްދުލް މާލިކް މަޝްވަރާ ކުރެއްވީ އިގްތިސާދީ ހާލަތާއި ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ.

މަރިބް ހިފަން ހޫތީންގެ އޮޕަރޭޝަން ވަރުގަދަ ކުރުމާއެކު ގިނަ އަދަދެއްގެ ހޫތީ ހަނގުރާމަވެރިންނާއި ސަރުކާރުގެ ސިފައިން ވަނީ ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި މަރުވެފަ އެވެ. މަރިބް އަކީ ތެލުގެ މުއްސަނދިކަން އޮތް ޔަމަނުގެ އުތުރުގައި ސަރުކާރުގެ އަތުން ނުގެއްލި އޮތް ހަމައެކަނި ބޮޑު ސިޓީ އެވެ.

މަރިބް ހިފަން ހޫތީން އެންމެ ފުރަތަމަ އޮޕަރޭޝަން ވަރުގަދަ ކުރީ ފެބްރުއަރީ މަހު އެވެ. ހޫތީން ބޭނުންވަނީ ތެލުގެ މުއްސަނދިކަން އޮތް އެ ސަރަހައްދުގެ ފުރިހަމަ ކޮންޓްރޯލް ލިބިގަނެ، ސުލްހައިގެ މަޝްވަރާތަކުގައި އެ މީހުންގެ މަގާމު ވަރުގަދަ ކުރުމަށެވެ.

ސަނާއާ 120 ކިލޯމީޓަރު އިރުން އޮންނަ މަރިބް އަކީ ޔަމަނުގެ އުތުރާއި ދެކުނު ވަކިވާ ހިސާބުގައި އޮންނަ ތަނެކެވެ. ޔަމަނުގެ އުތުރުގެ ފުރިހަމަ ކޮންޓްރޯލް ހޯދަން ބޭނުން ނަމަ މަރިބް ހިފުން މުހިއްމެވެ.

ދެހާސް ސާދަ ވަނަ އަހަރު ހޫތީން ވެރިރަށް ސަނާ ހިފައި ފެށި ދާހިލީ ހަނގުރާމައާ ހެދި އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބަޔެއްގެ ގެދޮރު ގެއްލިފައި ވެ އެވެ.

ޔަމަނުގެ އާބާދީގެ 30 މިލިއަން މީހުންގެ ތެރެއިން 80 ޕަސެންޓު މިހާރު ބަރޯސާވަނީ ބޭރުގެ އެހީ އަށެވެ. އދ. އިން ޔަމަނުގެ ހާލަތު ސިފަކުރަނީ ދުނިޔެއަށް ދިމާވެފައިވާ އެންމެ ބޮޑު އިންސާނީ ކާރިސާގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox