އިންޑިއާގައި ބްރިޖެއް ދަށުގައި ފްލައިޓެއް ތާށިވެފައި އޮތް ވީޑިއޯއެއް

ފްލައިޓު ތާށިވެފައި އޮތް މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.

ފްލައިޓު ތާށިވެފައި އޮތް މަންޒަރު ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އޯވާ-ބްރިޖެއްގެ ދަށުގައި އެއާ އިންޑިއާގެ ފްލައިޓެއް ތާށިވެފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއް ވައިރަލްވެއްޖެ އެވެ.

ބާދަގަނޑުގެ ގޮތުގައި ވިއްކާލާފައިވާ އެ ބޯޓު ބްރިޖު ދަށުގައި ތާށިވީ އެހެން ތަނަކަށް ގެންދިޔުމުގެ މަގުމަތީގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވީޑިއޯ އިން ފެންނަނީ ފިޔަތައް ވަކިކޮށްފައިވާ ބޯޓު ބްރިޖު ދަށުގައި ތާށިވެފައި އޮތް އިރު، މަގުމަތިން އުޅަނދުތައް ދަތުރު ކުރާ މަންޒަރެވެ.

Advertisement

އެ ވީޑިއޯ ޓްވީޓު ކުރި ނޫސްވެރިޔާ، އެއާ އިންޑިއާގެ ބަޔާނަކާ ހަވާލަދީ ބުނީ އެ ބޯޓާއި އެއާ އިންޑިއާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

"އެއީ އެއާ އިންޑިއާގެ ފްލީޓުން އުނިކޮށް، ބާދަގަނޑުގެ ގޮތުގައި ވިއްކާލާފައިވާ ބޯޓެއް. ބޯޓު އެހެން ތަނަކަށް ގެންދިޔުމުގެ މަސައްކަތް ކުރީ އޭގެ އާ ވެރިފަރާތުން،" ބަޔާނުގައި ބުނެފައި ވެ އެވެ.

ދިއްލީ އެއާޕޯޓުގެ އޮފިޝަލުން ޓައިމްސް އޮފް އިންޑިއާ ނޫހަށް ބުނީ އެއީ ދިއްލީ އެއާޕޯޓު ފްލީޓުގެ ބޯޓެއް ނޫން ކަމަށާއި އޭތި ތާށިވީ އުޅަނދު ދުއްވަން އިން މީހާ އަށް އެރި އޮޅުމަކުން ކަމަށް ބެލެވޭ ކަމަށެވެ.

ޓްވިޓާ އާއި ޔޫޓިއުބުގައި އެތައް ހާސް ފަހަރަކު އެ ވީޑިއޯ ބަލާފައި ވާއިރު، ގިނަ ބަޔަކު ވަނީ ބޯޓު ތާށިވި ގޮތަކާ މެދު ސުވާލު އުފައްދާފަ އެވެ.

ބައެއް މީހުން ބުނެފައި ވަނީ ބްރިޖު ދަށުގައި ބޯޓު ތާށިވެފައި އޮންނަތާ މިހާރު ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އޭގެ އިތުރުން 2019 ވަނަ އަހަރު ހިނގި މިފަދަ ހާދިސާއެއްގެ ވާހަކަ ވެސް މީހުން ދެއްކި އެވެ.

އެގޮތުން އެއާ އިންޑިއާ އިން ބޭނުން ކުރުން ހުއްޓާލި ބޯޓެއް ވެސްޓް ބެންގޯލް ސްޓޭޓުގައި ގެންދަނިކޮށް 2019 ގައި ވެސް ބްރިޖެއް ދަށުގައި ތާށިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox