އިންޑިއާގެ ހިންދޫ ގްރޫޕަކުން ނަސާރާއިންގެ ފައްޅިއަކަށް ހަމަލާ ދީފި

ހަތިޔާރާއެކު ފައްޅިއަށް ހަމަލާ ދިނީ ހިންދޫ ޝިއާރުތައް ގޮވަމުން. -- ފޮޓޯ: ސާރާ ޕަޓޭލް/ ޓްވިޓާ

ހަތިޔާރާއެކު ފައްޅިއަށް ހަމަލާ ދިނީ ހިންދޫ ޝިއާރުތައް ގޮވަމުން. -- ފޮޓޯ: ސާރާ ޕަޓޭލް/ ޓްވިޓާ

ނިއު ދިއްލީ، އިންޑިއާ (އޮކްޓޯބަރު 4) - މިދިޔަ އާދީއްތަ ދުވަހު ނަސާރާ ފައްޅިއެއްގައި އަޅުކަން ކުރިއަށް ދަނިކޮށް ދަނޑި އާއި ދަގަނޑު ފަދަ ހަތިޔާރު ހިފައިގެން ތިބި 200 އަށް ވުރެ ގިނަ މީހުންގެ ހިންދޫ ގްރޫޕަކުން ހަމަލާ ދީފި އެވެ.

ފައްޅީގެ ފަރާތުން ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނީ އުއްތަރްހާންދް ސްޓޭޓުގައި ދިން އެ ހަމަލާގައި ފަސް މީހުންނަށް އަނިޔާވި ކަމަށެވެ. ފައްޅީގައި ހުރި ތަކެއްޗަށް ގެއްލުން ދިނީ ހިންދޫ ދީނުގެ އެކި ޝިއާރުތައް ގޮވަމުންނެވެ.

"ހަމަލާ ދިން ގްރޫޕުގެ ލީޑަރު ހައްޔަރު ކުރަން މި ދަނީ މަސައްކަތް ކުރަމުން. އެކަމުގައި ބައިވެރިވި އިތުރު 200 އެއްހާ މީހުން ދެނެގަތުމުގެ ތަހުގީގު ވެސް ދަނީ ކުރިއަށް،" ފުލުހުންގެ އޮފިޝަލް ވިވެކް ކުމާރް ވިދާޅުވި އެވެ.

ފައްޅީގައި މަސައްކަތް ކުރާ މީހަކު ބުނެފައި ވަނީ ހަމަލާ ދިނުމުގައި ބައިވެރިވި ގިނަ މީހުން އޭނާ އަށް އެނގޭ ކަމަށެވެ. އެ އެންމެންނަކީ ވެސް ހިންދޫ ހަރުކަށި ގްރޫޕު ބަޖްރަންގް ދަލް ފަދަ ގްރޫޕުތަކުގެ މެމްބަރުންނެވެ.

"އެ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް އަޅުގަނޑުމެން ޑިމާންޑު ކުރަން،" ޓައިމްސް އޮފް އިންޑިއާ ނޫހަށް އޭނާ ބުންޏެވެ.

މި އަހަރުގެ ފެށުމާއެކު ގިނަ އަދަދެއްގެ ނަސާރާ ފައްޅިތަކަށް ހަމަލާދީފައި ވެ އެވެ. އެންމެ ގިނައިން އެފަދަ ހަމަލާ ދިނީ ޗައްޓިސްގަރް އަދި މަދްޔަ ޕްރަދޭޝް ސްޓޭޓުގަ އެވެ.

ނަސާރާ ދީނުގެ މީހުން ބުނާ ގޮތުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ހިންދޫ ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) އިން ވަނީ އެކި ދީންތަކާއި ނަސްލުތަކުގެ މީހުން ރައްކާތެރި ކުރުމުގައި ފެއިލްވެފަ އެވެ.

އިންޑިއާގެ 1.3 ބިލިއަން މީހުންގެ ތެރެއިން 80 ޕަސެންޓަކީ ހިންދޫންނެވެ. ނަސާރާއިންނާ ދެކޮޅަށް ހިންގާ އަމަލުތައް ހުއްޓާލުމަށް މިދިޔަ މަހު ފާދިރީން ވަނީ އިންޑިއާގެ ރައީސަށް ގޮވާލާފަ އެވެ. ނަސާރާއިންގެ އިތުރުން މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ހިންގާ ހަރަކާތްތައް ވެސް ވަނީ އިތުރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox