އީސްޓާ ހަމަލާގެ އައިއެސް މާސްޓާމައިންޑަށް ދައުވާކޮށްފި

ބޮމުގެ ހަމަލާ އަމާޒުވި ފައްޅިއެއްގެ ތެރޭގައި ސިފައިން ހަރަކާތްތެރިވަނީ.

ބޮމުގެ ހަމަލާ އަމާޒުވި ފައްޅިއެއްގެ ތެރޭގައި ސިފައިން ހަރަކާތްތެރިވަނީ.

ކޮލޮމްބޯ، ސްރީލަންކާ (އޮކްޓޯބަރު 4) - ނަސާރާއިން ފާހަގަކުރާ އީސްޓާ ސަންޑޭއާ ދިމާކޮށް މީގެ ދެ އަހަރު ކުރިން ސްރީ ލަންކާގައި ދިން, 279 މީހުން މަރުވި ބޮމުގެ ހަމަލާތަކުގެ މާސްޓާމައިންޑާއި އިތުރު 24 މީހަކާ ދެކޮޅަށް ދައުވާކޮށްފި އެވެ.

އޭޕްރިލް 21، 2019 ވަނަ ދުވަހު ބޮމުގެ ހަމަލާތައް ދިނީ ތިން ފައްޅިއަކާއި ތިން ލަގްޒަރީ ހޮޓަލަކަށް އަމާޒުކޮށެވެ. ތުހުމަތުވާ މީހުންނާ ދެކޮޅަށް 20،000 އަށް ވުރެ ގިނަ ދައުވާ އުފުލާފައި ވާއިރު، އޭގެ ތެރެއިން ތިން މީހުންނަކީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް ޓެރަރިޒަމްގެ ތުހުމަތު ކުރާ ބަޔެކެވެ.

އެންމެން ވެސް ބަންދުގައި ތިބިއިރު، ހޯމަ ދުވަހު އޮތް އަޑުއެހުމަށް އެކަކު ފިޔަވައި އެންމެން ހާޒިރުކުރި އެވެ. އޭނާ އަށް ހާޒިރުނުވެވުނީ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ. އޮފިޝަލުން ބުނެފައި އަޑުއެހުންތައް ރަސްމީކޮށް ފަށާނީ ނޮވެމްބަރު 23 ގައި ކަމަށެވެ.

ހަމަލާތަކުގެ މާސްޓާމައިންޑަކީ މުހައްމަދު ނައުފަރް ކަމަށް ލަންކާ އިން ބުނެ އެވެ. އޭނާ އަކީ ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ މެމްބަރެކެވެ.

އޭގެ އިތުރުން އައިއެސްގެ ހަމަލާއެއްގެ ޖާސޫސީ މައުލޫމާތު ކުރީ ބައިގައި ލިބުނު ނަމަވެސް، ފިޔަވަޅު ނާޅާ ތިބުމުން ފުލުހުންގެ ކުރީގެ ޗީފް ޕުޖިތު ޖަޔަސުންދަރަ އާއި ޑިފެންސް އޮފިޝަލް ހިމާންސިރި ފެނަންޑޯއާ ދެކޮޅަށް ވަކިން ޝަރީއަތް ހިންގާނެ އެވެ.

ކުރީގެ ރައީސް މައިތްރިޕާލާ ސިރިސޭނާ އުފެއްދެވި ތަހުގީގީ ކޮމިޓީން ނިންމާފައި ވަނީ ސިރިސޭނާގެ އިހުމާލެއް ވެސް އެބަ އޮންނެވި ކަމަށާއި އެހެންވެ ދައުވާ އުފުލަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox