އަހުސަން މަރާލިކަން ޝަހުމާއި ޝިމާޒްގެ މައްޗަށް ސާބިތުވެއްޖެ

ޝަހުމް އަދި ޝިމާޒް: މި ދެ މީހުންގެ މައްޗަށް ހުކުމް ކަނޑައަޅާނީ ވާރިސުންގެ ބަސް ނެގުމަށްފަހު -- ފޮޓޯ: އަދަދު ފައިލް

ޝަހުމް އަދި ޝިމާޒް: މި ދެ މީހުންގެ މައްޗަށް ހުކުމް ކަނޑައަޅާނީ ވާރިސުންގެ ބަސް ނެގުމަށްފަހު -- ފޮޓޯ: އަދަދު ފައިލް

ސ. ހިތަދޫ، ވަރުދީގޭ، އަހްސަން ބަޝީރުގެ ކަރަށް ވަޅި ހަރައި މަރާލިކަން އެ އެ މައްސަލައިގައި ދައުވާ އުފުލި ގ. ގޯޒީ، އިބްރާހީމް ޝަހުމް އާދަމާއި މއ. ވީނަސްތަރި، ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ސާބިތުވާ ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އަހުސަން މަރާލާފައި ވަނީ މާޗް 16، 2011 ވަނަ ދުވަހުގެ ދަންވަރު 3:20 ހާއިރު އަލިކިލޭގެފާނު މަގާއި މަޖީދީމަގާ ގުޅުނު ކަންމަތީގައި ހުއްޓަ އެވެ. އަހުސަނަށް ވަޅިއަކުން ހަމަލާދިނީ ޝަހުމް ކަމަށް އޭނާ ވަނީ އެމްބިއުލެންސްގައި ހޮސްޕިޓަލަށް ގެންދަނިކޮށް ބުނެފަ އެވެ.

ޝަހުމާއި ޝިމާޒްގެ މައްޗަށް ހުކުމް ކަނޑައަޅާނީ ވާރިސުންގެ ބަސް ނެގުމަށްފަހު އެވެ. ޝަހުމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޝިމާޒްއަށް ކުރަނީ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ ސާބިތުވާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ނކަމަށް ބުނެ ނޮވެމްބަރު 14، 2020 ގައި ކްރިމިނަލް ކޯޓުން ވަނީ ޝަހުމާއި ޝިމާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ ސާބިތު ނުވާ ކަމަށް ކަނޑައަޅައިފަ އެވެ.

އެ ހުކުމް ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރީ އޭގެ އަހަރަކަށް ވުރެ ވެސް ގިނަ ދުވަސްވީ ފަހުން، ފެބްރުއަރީ، 2016 ގަ އެވެ. ހައި ކޯޓުން މިއަދު އެ މައްސަލައިގައި މި ހުކުމް ކުރީ ފަސް އަހަރަށްފަހު އެވެ.

އެ މައްސަލަ ބެލީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މުހައްމަދު ރިޔާޒްއެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އެވެ.

މަރުމަތީ ބުނި ބަސް: ބުރަދަން ބޮޑު ހެއްކެއް

މި މައްސަލައަކީ މަރުމަތީގައި ބުނި ބަސް (ޑައިން ޑިކްލަރޭޝަން) އަށް ބިނާކޮށް ރާއްޖޭގައި މަރުގެ ދައުވާއެއް ފުރަތަމަ ފަހަރަށް ސާބިތު ކުރި މައްސަލަ އެވެ.

"މަރުގެ ތުންފަތް މަތީގައި އޮންނަ މީހަކު ދޮގެއް ނަހަދާނެ" ކަމަށް ބުނާ ގާނޫނީ އުސޫލެއް އޮންނަ ކަން ފާހަގަ ކުރައްވައި، ފަނޑިޔާރު ނިޔާޒް ވިދާޅުވީ މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް މީހަކު އޭނާގެ މަރާ ގުޅޭގޮތުން ދައްކާ ވާހަކަ ގިނަ ގައުމުތަކުގެ ކޯޓުތަކުގައި ބަލައިގަންނަ ކަމަށެވެ.

އަދި ދުނިޔޭގެ ހަޔާތާ މެދު އުއްމީދެއް ނެތް މީހަކު ދެއްކި ވާހަކައަކީ ހަދައިގެން ދެއްކި ވާހަކައެއް ކަމަށް ގަބޫލު ނުކުރެވޭނެ ކަމަށެވެ.

އަހުސަނަށް ހަމަލާދިނީ ޝަހުމާއިި ޝިމާޒް ކަމަށް އޭނާ މަރުވުމުގެ ކުރިން ހޮސްޕިޓަލްގައި އޮވެގެން ބައެއް މީހުންގެ ގާތު ބުނި ކަމަށް އެ މީހުން ދަށު ކޯޓުގައި ހެކިބަސް ދީފައިވާއިރު، އަދި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ވެސް، ހަމަލާދިނީ ޝަހުމް ކަމަށް އަހުސަން ބުނެފައިވާކަން އެހެން ހެއްކަކު ޝަރީއަތުގައި ފާހަގަކޮށްފައިވެ އެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާގުވެލެއްވީ ބޮޑެތި އަނިިޔާތަކެއް ލިބިގެން އަދި މަރާ ހަނގުރާމަ ކުރަމުން ދަނިކޮށް އަހުސަން ދޮގު ނަހަދާނެ ކަމަށެވެ. އަދި އެ ހެކިވެރިންގެ ހެކިބަސް (ހިއަސޭ އެވިޑެންސް) ގެ ތެރެއިން ޝަރީއަތަށް ބަލާގަނެވޭނެ ކަމަށެވެ.

ޝަހުމް ތަހުގީގުގައި ހަނު ހުރުމާއި، ފިލައިގެން އުޅުން

އަހްސަން މަރާލި މައްސަލަ ޝަހުމްގެ މައްޗަށް ސާބިތުވާ ކަމަށް ފަނޑިޔާރުންގެ އިއްތިފާގުވި އަނެއް ސަަބަބަކީ ތަހުގީގު މަރުހަލާގައިހަނު ހުރުމަށްފަހު އެކަމަށް ފަހުން އިއުތިރާޒްވެފައި ވާތީ އެވެ. އެފަދަ ބޮޑު ތުހުމަތެއް ކުރެވޭއިރު، ތަހުގީގުގެ މަރުހަލާގައި ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމަށްފަހު ޝަރީއަތުގައި ދިފާއުތައް ނެގުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ހަމަލާއަށްފަހު ޝަހުމް އަތުލައިގަނެވުނީ ފިލައިގެން އެހެން ރަށެއްގައި އުޅެނިކޮށް ކަމަށްވާތީ އެއީ ވެސް އެ ތުހުމަތަށް ބާރުދޭ އިތުރު ހެއްކެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ހަމަލާ އަމާޒުކޮށްފައިވާ ލަނގޮޑިވަޅާއި ކޮނޑާއި ދެމެދުގައިވާ ކަށިގަނޑުގެ މަތިން ވާތްފަރާތުގެ ކަރުގެ ހިނދިވަޅަށް ކަމަށާއި ތަކުރާރުކޮށް، ދޭއް ނޫނީ ތިން ފަހަރު ވަޅި ޖަހާފައިވާއިރު، އެކަމުން ޝަހުމްގެ ނިޔަތް ސާފުވެގެންދާކަން ފާހަގަކުރެއްވި އެވެ.

ފަނޑިޔާރު ނިޔާޒް މި މައްސަލަ ސާބިތުވާ ކަމަށް ކަނޑައެޅީ މިކަންކަމުގެ އިތުރުން މެޑިކަލް ރިޕޯޓާއި ފޮޓޯ ރިޕޯޓްގެ އިތުރުން ވެސް ކިތާބީ އަދި ޝަފައީ ހެކިވެރިންގެ ހެކި ބަހަށް ރިޔާއަތް ކުރުމަށްފަހު، އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ މައްސަލަ ސާބިތުވާ ކަމަށް ފެނިވަޑައިގަންނަވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލޯ ޑިގްރީ އިމްތިހާނަށް މާލެ އަންނާކަށް ނުޖެހޭނެ: ބާ ކައުންސިލް

ލޯ ޑިގްރީގެ އިމްތިހާނުތައް ހެދުމަށް މާލެއަށް ނުވަތަ ވަކި ހާއްސަ ރަށަކަށް ހާޒިރުވުން ލާޒިމު ނޫން ކަމަށާއި، ދަރިވަރުން ދިރިއުޅޭ ރަށެއްގެ ސްކޫލް ނުވަތަ ކައުންސިލް މެދުވެރިކޮށް އިމްތިހާނު ހެދޭނެ މަގު ބާ ކައުންސިލުން ފަހިކޮށްދީފިއެވެ. އަންނަ އަހަރުން ފެށިގެން އަމަލުކުރާ މި އުސޫލުގެ ދަށުން އިމްތިހާނު ހަދާ ގޮތަށް ބަދަލު އައި ނަމަވެސް، ކޯހުގެ މަންހަޖާއި ކިޔަވައިދޭ މުއްދަތަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ތަރައްގީގެ އެއްވެސް ކަމެއް ކުރުމަށް ލާރިއެއް ނެތް: ޝާކިރު

އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދަށް ކެނޑުމަށްފަހު ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ނެތް ކަމަށް ވިދާޅުވެ މެންބަރު އަހުމަދު ޝާކިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ހަރަދުވަނީ ރިކަރަންޓް ކަންކަމަށް ކަމަށާއި، މަޝްރޫއުތައް ހިންގަން ޖެހެނީ އިތުރަށް ދަރަނި ނަގައިގެން ކަމަށެވެ. މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ބޮޑެތި ގެއްލުންވަމުންދާ ދިއުމަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ.

"ސިޓިޒަންސް ކޮމްޕްލެއިންޓްސް" ލައުންޖުތަކެއް ގާއިމުކޮށްފި

ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސަރުކާރަށް ހުށަހެޅުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި "ސިޓިޒަންސް ކޮމްޕްލެއިންޓްސް" ބިއުރޯގެ ދެ ލައުންޖެއް މިއަދު ވަނީ ހުޅުވައިފައެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ޚިދުމަތް ދޭ މި އޮފީސްތަކަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިންގާ، ރައްޔިތުންގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ގާއިމުކުރި ތަންތަނެވެ.

ރިއަލް އެސްޓޭޓު ބިލު މަޖިލީހަށް ބަލައިގަނެފި

މި ބިލު ބަލައިގަންނަން ވޯޓު ދިނީ 42 މެންބަރުން. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 13 މެންބަރުން. މި ބިލު ދިރާސާކުރާނީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން. މިއީ ގާނޫނުއަސާސީގެ ހިމާޔަތްތައް ނައްތާލައި، ތާއަބަދަށް ނުވަތަ ހުސްނުވާ ގޮތަށް ބޭރު މީހުންނަށް ބިން މިލްކުކުރެވޭނެ ގޮތް ހެދުމަށް އިންތިޒާމުތަކެއް ހިމަނާފައިވާ ބިލެއް

ބޮޑެތި ޖޫރިމަނާތަކެއް ހިމަނާފައިވާ އަބުރުގެ ބިލު ކޮމިޓީއަށް

ސޯޝަލް މީޑިއާގައި މީހެއްގެ އަބުރާ ބެހޭ ފަދަ ޕޯސްޓެއް ހިއްސާކޮށްފިނަމަ 5 ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ހުށަހެޅި އަބުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މި ބިލުގައި ބަހާއި، ފޮޓޯއާއި، އިޝާރާތް އަދި ފިލްމު ފަދަ ވަސީލަތްތައް މެދުވެރިކޮށް އަބުރާ ބެހުމުގެ ދައުވާ ކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ.

މަރުގެ އަދަބު ތަންފީޒު ކުރާ ބިލު ބަލައިގެންފި

ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފިއެވެ. މި ބިލުގައި މަރުގެ އަދަބު ތަންފީޒުކުރާނެ ގޮތާއި، އެކަން ހިންގާނެ ޕެނަލެއް އެކުލަވާލުމުގެ އިތުރުން، ބަލިވެއިނުމާއި ދަރިފުޅަށް ދެ އަހަރު ފުރުން ފަދަ އަދަބު ތަންފީޒުނުކުރެވޭނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ.

ތިން ކުންފުންޏެއްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލްކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ތަކުރާރުކޮށް ހިލާފުވި ތިން ކުންފުންޏެއްގެ ލައިސަންސް އެމްއެމްއޭ އިން ބާތިލުކޮށް، އެ ކުންފުނިތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފިއެވެ. މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ކޮންޓްރޯލްކޮށް، ގަވާއިދާ ހިލާފު މުއާމަލާތްތައް ހުއްޓުވުމަށް އެމްއެމްއޭ އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

Newsletter

Get the latest news delivered straight to your inbox