މަންޓާ ފްލައިން ސްކޫލު އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރަނީ

ކުޑަ ހުވަދޫގައި ހަދާފައިވާ ދާލު އެއާޕޯޓް.

ކުޑަ ހުވަދޫގައި ހަދާފައިވާ ދާލު އެއާޕޯޓް.

މިދިޔަ 12 އަހަރު ތެރޭ އޭވިއޭޝަން އިންޑަސްޓްރީއާއި ޕައިލެޓްކަން ކިޔަވާ ކުދިން އެތައް ގުނައެއް އިތުރުވެފައިވާ މި ރާއްޖޭގައި ހިންގަމުން ދިޔައީ އެންމެ ފްލައިން ސްކޫލެކެވެ. އޭޝިއަން އެކަޑަމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ)ގެ ނަމުގައި ހިންގި އެ ސްކޫލު ވެގެންގޮސްފައި މިވަނީ ކޮންމެ ދާއިރާއެއްވިޔަސް، އިގްތިސޯދީ ބަހުން ބުނާނަމަ، "މޮނޮޕޮލައިޒް" ކޮށްލުމުން ލިބޭ ގެއްލުންތަކުގެ ލާމަސީލު މިސާލަކަށެވެ.

ދަރިވަރުންނަށް ޖެއްސުންކޮށް، ސަރުކާރުގެ ކުރިމަތީގައި ގަދަބަސް ބުނުން ފަދަ ކަންކަން އޭއޭއޭގެ ފަރާތުން ފެންނަން ފެށުމާއެކު، ސަރުކާރުން މިވަނީ އެންމެ ފަހުން އޭއޭއޭ އަތުން އައްޑޫގައި ހިންގި ފްލައިން ސްކޫލުގެ އެއްބަސްވުން އާ ނުކުރަން ނިންމައިފަ އެވެ.

އެހެންނަމަވެސް އޭގެ ފަހަތުން އެތައް އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފަ އެވެ. އެންމެންނަށް ވެސް އެނގޭ ކަމަކީ ރާއްޖެއަށް އިތުރު ފްލައިން ސްކޫލެއްގެ ބޭނުން ޖެހިފައިވާ ކަމެވެ.

އެ މަސައްކަތަށް ކުންފުނިތަކެއް ޝައުގުވެރިކަން ފާޅުކޮށްފައި ވާއިރު، އެއް ކުންފުންޏަކީ ގައުމީ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަނެވެ. ދެން އޮތީ ވިލާ އެއާ އެވެ. އަނެއް ކުންފުންޏަކީ މަންޓާ އެއާ އެވެ.

ކުޑަ ދުވަސްކޮޅެއް ތެރޭ ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ކުރިއަރައިގަތް މަންޓާ އެއާގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު ހަލީލް، އެ ކުންފުނިން ހުޅުވަން މަސައްކަތްކުރާ ފްލައިން ސްކޫލާ ގުޅޭ ގޮތުން "އަދަދު" އަށް ވިދާޅުވީ އަންނަ އަހަރުގެ މެދުތެރެއަށް އެ ސްކޫލު ހުޅުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއާއެކު އެ ސްކޫލަކީ ބޮޑު އަަދި ބުރަ މަސައްކަތެއްކަމަށް ހަލީލް ވިދާޅުވި އެވެ.

"ފްލައިން ސްކޫލެއް ހުޅުވުމަކީ އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ނޫން. ބައިވަރު ކަންކަން ހުންނާނެތާ އެ މަސައްކަތުގައި. އެގޮތުން ޑޮކިއުމެންޓް ހުށަހެޅުމާއި، އެ މަސައްކަތަށް ބޭނުންވާ އިންވެސްޓްމެންޓްތައް ވެސް. އެކަމަކު ބެލެވޭ އަންނަ އަހަރުގެ މެދު ތެރެއަށް ހުޅުވޭނެ ކަމަށް،" ހަލީލް ވިދާޅުވި އެވެ.

titledesc

މަންޓާއިން ކުޑަހުވަދޫގައި ފްލައިން ސްކޫލެއް ހުޅުވަން މަސައްކަތްކުރަމުން ދާއިރު، އޭއޭއޭގެ ސަބަބުން ބިކަވެފައި 150 އެއްހާ ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުންތަކެއް އެބަ ތިއްބެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ މަންޓާ އަދި އައިލެންޑް އޭވިއޭޝަނުން ފަށަން މަސައްކަތްކުރާ ފްލައިން ސްކޫލުން އެ ދަރިވަރުންނަށް ޖާގައެއް ލިބިދާނެކަމުގެ އުއްމީދީ ޖަވާބެއް ދީފަ އެވެ.

އެ ކުދިންގެ ހާލަތާމެދު އަދި މަންޓާއިން ފަށާ ސްކޫލުގައި އެ ދަރިވަރުންނަށް ޖާގައެއް އޮތްތޯ ސުވާލުކުރުމުން ހަލީލް ވިދާޅުވީ، އޭއޭއޭއާއި ދޭތެރޭ އެއްޗެއް ބުނަން ބޭނުންނުވާ ކަމަށެވެ.

"އެހެން ވިޔަފާރިއަކާ ދޭތެރޭ އެއްޗެއް ބުނާކަށް ނެތިން، އެކަމަކު އެ ސްކޫލުގައި ހަމަ ކިޔަވަން އެދޭ ހުރިހާ ދަރިވަރުންނަށް ވެސް ފުރުސަތު އޮންނާނެ،" ހަލީލް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox