ހައިކޯޓުގެ ހުކުމެއް އައި ގޮތުން މުއިއްޒުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ފަހަތަށް

މުއިއްޒު މިއަދު އޭނާގެ ވަކީލުންނާއެކު ޝަރީއަތުގެ މަޖިލީހުގައި: ޝަރީއަތުގެ މަރުހަލާތައް ވަނީ އަލުން ފަށާފައި

މުއިއްޒު މިއަދު އޭނާގެ ވަކީލުންނާއެކު ޝަރީއަތުގެ މަޖިލީހުގައި: ޝަރީއަތުގެ މަރުހަލާތައް ވަނީ އަލުން ފަށާފައި

ހައިކޯޓުން މިއަދު އިއްވި ހުކުމެއްގެ ސަބަބުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތުގެ ބައެއް މަރުހަލާތައް އަލުން ފަށަން, ޝަރީއަތް ފަހަތަށް ޖައްސާލަން ޖެހިއްޖެ އެވެ.

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާ އެވެ.

އެ ދައުވާގެ ޝަރީއަތުގެ ތިން އަޑުއެހުމެއް މިހާތަނަށް ބާއްވާފައިވާއިރު, އިބްތިދާއީ މަރުހަލާގައި ދައުވާ އިއްވައި ސާފުކޮށްދީ, ހެކި ވަނީ ހާމަކޮށްފަ އެވެ. އަދި, ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް އޮތީ ފުރުސަތު ދީފަ އެވެ.

މިއަދު ކުރިމިނަލް ކޯޓުގައި މުއިއްޒުގެ މައްސަލާގައި އަޑުއެހުމެއް ތާވަލުކުރީ އެ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ.

ނަމަވެސް, އަޑުއެހުން ފެށުމާއެކު މުއިއްޒުގެ ވަކީލް އާދަމް ޝަމީމް ވަނީ މިއަދު ހައިކޯޓުން އިއްވި ހުކުމެއް ފާހަގަކޮށް, ޝަރީއަތުގެ މަރުހަލާތައް ދަނީ ގޯސްކޮށްކަން ފާހަގަ ކުރައްވާފަ އެވެ.

އެއީ, ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅުންތައް ހުށަހަަޅަން ފުރުސަތު ދިނުމުގެ ކުރިން ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްތޯ ނުވަތަ ނޫންކަމާމެދު ގޮތެއް ގާޒީ ގޮތެއް ނިންމަވާފައި ނެތުމެވެ.

މިހާރު ކުރިމިނަލް ކޯޓުން މިކަމުގައި އަމަލު ކުރަމުން ދަނީ އެކި ގޮތަށެވެ. ބައެއް ގާޒީން މަދަނީ ގޮތުން ގޮތް ނިންމަނީ ހުށަހެޅުންތައް ހުށަހެޅުމުގެ ކުރިންނެވެ. ބައެއް ގާޒީން އޭގެ ފަހުން ވެސް މަދަނީ ގޮތުން ކުރިއަށް ގެންދިޔުމާމެދު ގޮތް ނިންމަވަ އެވެ.

ހައިކޯޓުގެ މިއަދުގެ ހުކުމް: "އެއީ މުޅިން ދެ މަރުހަލާއެއް"

ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން މަދަނީ މިންގަނޑުން ދައުވާއާ ގުޅިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމާއި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުހަލާއަކީ، މުޅިން ތަފާތު ދެ މަރުހަލާއެއް ކަމަށެވެ. އަދި އެމަރުހަލާތަކާ ގުޅިގެން ނިންމާ ނިންމުންތަކުގެ މައްޗަށް ތަރުތީބުވެގެން އަންނަ އިޖުރާއާތުތައްވެސް ތަފާތު ކަމަށެވެ.

އެހެންކަމުން, އެ ދެ މަރުހަލާއަކީ އެއްކޮށްލައިގެން އެއް މަރުހަލާއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ މަރުހަލާތަކެއް ނޫނެވެ. އެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެ މާއްދާތައް ތަރުތީބުކޮށްފައިވާ ގޮތުން ވެސް ސާފުވާ ކަމަށް ހުކުމްގައި ވެ އެވެ.

ހައިކޯޓުން ބުނި ގޮތުގައި, މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް އެ މަރުހަލާގައި މައްސަލަ ބަލާ ގާޒީ ނިންމައިފިނަމަ، ދައުވާގެ ލިޔުމަށް ބަދަލުގެނެސް، އާ ހެކިތަކާއެކު ހަމަ އެ ދައުވާއެއް ދެވަނަ ފަހަރަށް އުފުލުމަކަށް ހުރަސްނާޅަ އެވެ.

އެއާ ހިލާފަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން، މައްސަލައަކީ މައުޟޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ މައްސަލައެއް ކަމަށް ގާޒީ ނިންމައިފިނަމަ، އެ މައްސަލައަކީ އެ މައްސަލައިގެ ދައުވާއަށް ބަދަލުގެނެސް އަދި އާ ހެކިތަކާއެކު ދެވަނަ ފަހަރަށް ހުށަހެޅުމަށް ފުރުސަތު އޮތް މަރުހަލާއެއް ނޫން ކަމަށް ހުކުމްގައި ފާހަގަކުރި އެވެ.

"އެހެންކަމުން، މަދަނީ މިންގަނޑުން ދައުވާއާ ގުޅިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ބެލުމާއި، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމުގެ މަރުހަލާއަކީ އެއްކޮށްލައިގެން ކުރިއަށް ގެންދެވިދާނެ މަރުހަލާތަކެއް ނޫނެވެ." ތިން މީހެއްގެ ފަރާތުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކަކާ ގުޅޭ އިސްތިއުނާފު މައްސަލައެއްގައި މިއަދު ނެރުނު ހުކުމްގައި ވެ އެވެ.

މުއިއްޒު އެދުނީ އަލުން ޝަރީއަތުގެ މަރުހަލާތައް ފަށަން

ހައިކޯޓުގެ އެ ހުކުމް މައްސަލަ ބައްލަވާ ގާޒީ ސޮފްއަތު ހަބީބުގެ ސަމާލު ކަމަށް ގެނައުމުން އެ ހުކުމް ދިރާސާ ކުރެއްވުމަށް ޝަރީއަތް މެދުކަނޑާލެއްވި އެވެ.

އެއަށްފަހު, އަލުން ޝަރީއަތް ފައްޓަވައި ގާޒީ ވިދާޅުވީ އިޖުރާއީ މިފަދަ ހިޔާލު ތަފާތުވުންތައް މެދުވެރިވަނީ ގާނޫނުތައް އިބާރާތް ކުރެވިފައި ހުންނަ ގޮތުން ކަމަށެވެ. އެގޮތުން, މަދަނީ ގޮތުން ގޮތެއް ކަނޑައެޅުމުގައި ދެ ގޮތަކަށް އަމަލު ކުރެވެން އޮތީ އެހެންވެކަން ވެސް ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, ގާޒީ ނިންމެވީ ހައިކޯޓުގެ ހުކުމާ އެއްގޮތަށް ކުރިއަށް ވަޑައިގަންނަވާށެވެ. އެހެންވެ, މަދަނީ މިންގަނޑުން ގޮތެއް ކަނޑައަޅައި, އަލުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދެއްވަން ގާޒީ ހުށަހެޅުއްވި އެވެ.

އެކަމަކު, މުއިއްޒުގެ ވަކީލް އާދަމް ޝަމީމް ވިދާޅުވީ އެ ފަރާތުން ބޭނުން ވަނީ ޝަރީއަތުގެ މަރުހަލާ އެއްކޮށް އަލުން ފަށަން ކަމަށެވެ. އެއީ, މުއިއްޒުގެ ހައްގެއް އެހެން ނޫނީ ގެއްލިގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ދައުލަތުން ވެސް ގާޒީގެ ނިންމެވުމަށް އިއުތިރާޒެއް ނުކުރައްވަ އެވެ. އެކަމަކު, މުޅި މަރުހަލާ އަލުން ފެށުމުގެ ބޭނުމެއް ނެތްކަން ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު ވިދާޅުވި އެވެ. އެއީ އެކަމުގެ ސަބަބުން މުއިއްޒުގެ ހައްގެއް ގެއްލިގެންދާ ކަމަށް ގަބޫލު ނުކުރައްވާތީ އެވެ.

ގާޒީ ސޮފްއަތު ވެސް ވިދާޅުވި ގޮތުގައި, މުއިއްޒަށް ދައުވާ އިއްވައި, އެ ސާފުކުރުމަށް ވެސް ފުރުސަތުތަކެއް ދެވުނެވެ. އަދި ހެކި ހާމަކުރަން ވެސް ފުރުސަތު ދީފައިވާއިރު, އެ މަރުހަލާތައް އެގޮތުގައި ބާއްވާފައި, އެ ހިސާބުން ދެން ހުރި މަރުހަލާތައް ފެށުމުގައި މުއިއްޒުގެ ހައްގެއް ގެއްލިގެން ނުދާނެ ކަމާއި އިޖުރާއީ މައްސަލަތަކެއް ވެސް އޭގައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އެހެންވެ, ގާޒީ ނިންމެވީ ދައުލަތުން ހުށަހެޅި ހެކިތަކަށް ބަލާއިރު ދައުވާއަކީ މަދަނީ ގޮތުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. އެގޮތަށް ނިންމެވުމަށްފަހު ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް އަލުން ފުރުސަތު ގާޒީ ދެއްވި އެވެ.

ވަކީލް ނައުޝާދު ވިދާޅުވި ގޮތުގައި ދައުލަތުގެ ހުށަހެޅުމެއް ނެތެވެ. މުއިއްޒުގެ ފަރާތުން ހުށަހެޅުންތައް ހުރުމުން އެކަމަށް 15 ދުވަހުގެ މުއްދަތެއް ދިނެވެ.

އަލުން އެ ހުށަހެޅުންތަކަށް ފުރުސަތު ގާޒީ ދެއްވިއިރު, ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ދައުލަތުން މިހާރު ވަނީ ޖަވާބު ވެސް ހުށަހަޅާފަ އެވެ.

މުއިއްޒަށް ކުރާ ދައުވާ

މުއިއްޒަށް ކުރާ ދައުވާގައި ބުނަނީ ނޫމަޑި މައްސަލާގައި، މަސައްކަތް ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ނެދަލޭންޑްސްގައިި ހުންނަ ޕާމެނެންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ބަޔާނެއް ދީފައިވާ ކަމަށެވެ. އަދި، އެ ކުންފުންޏަށް އެހެން ޕްރޮޖެކްޓެއް ދިނުމާ ގުޅޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއްގައި ބައިވެރިވެފައި ނުވާނެ ކަމަށް ބަޔާން ދެއްވާފައިވާ ކަމަށެވެ.

ދައުލަތުން މުއިއްޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި އޭނާ އަމިއްލައަށް ނިންމެވި ނިންމުންތަކެއް އެއީ ދޮގެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށް ފަހު އާބިޓްރޭޝަނަށް ބަޔާން ދެއްވި ކަމުގެ އެވެ.

މުއިއްޒުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުއުގޫބާތުގެ 520 ވަނަ މާއްދާގެ ދަށުންނެވެ. ދައުވާ ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މުއިއްޒު ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox