އަމީން ދޫކޮށްލި ގޮތް ގޯސް، އަލުން ޝަރީއަތް ހިންގަން އަމުރުކޮށްފި

އަމީން: އޭނާގެ ދައުވާތައް ބާތިލްކުރި ހުކުމް ގޯސް ކަމަށް ވަނީ ކަނޑައަޅާފައި

އަމީން: އޭނާގެ ދައުވާތައް ބާތިލްކުރި ހުކުމް ގޯސް ކަމަށް ވަނީ ކަނޑައަޅާފައި

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ދައުލަތުން ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާ ބާތިލްކޮށް, އޭނާ ބަންދުން ދޫކޮށްލަން ހައިކޯޓުން ނިންމީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ދާދިދެންމެ ހުކުމްކޮށްފި އެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރެއްގެ އިއްތިފާގުން އަމީން ދޫކޮށްލަން ދެއްކެވި ސަބަބަކީ, އޭނާގެ މައްޗަށް ދެ ގާނޫނެއްގެ ދަށުން އިޖުރާއަތު ހިންގާފައިވުމެވެ. އެއީ ހާއްސަ ގާނޫނެއް ކަމަށްވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ޖިނާއީ އަދުލުގެ ނިޒާމުގެ އާންމު އިޖުރާއަތުތައް ބަޔާންކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނެވެ.

އަމީން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް, ދައުވާ ކުރުމަށް މުއްދަތު ގުނާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ. ހައިކޯޓުން ކަނޑައެޅީ, ބަންދުގައި ބެހެއްޓުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކޮށްފައިވާނަމަ, ދައުވާ ކުރުމުގައި ވެސް ގުނަން ޖެހޭނީ އެ ގާނޫނުގައިވާ މުއްދަތުތައް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މުއްދަތު ގުނާ ނަމަ އަމީން ހައްޔަރުކުރިތާ 30 ދުވަސް ތެރޭގައި އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހެ އެވެ. ނަމަވެސް, އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ 30 ދުވަސް ހަމަވިފަހުންނެވެ. ދައުވާކޮށްފައިވަނީ ޓެރަރިޒަމް ގާނޫނުގެ ދަށުން ލިބޭ 45 ދުވަސް ހަމަވުމުގެ ކުރިންނެވެ.

އެހެންވެ, ދައުލަތުން އަމީންގެ މައްޗަށް ކުރި ދައުވާތަކަކީ ގާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އުފުލާފައިވާ ދައުވާތަކެއް ކަމުގައި ބެލެވެން ނެތް ކަމަށް ކަނޑައަޅައި ހައިކޯޓުން އެ ދައުވާތައް ބާތިލުކުރީ އެވެ. މި ހުކުމާމެދު ހިތްހަމަނުޖެހޭތީ, ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ.

މިއަދު ވަނީ ސުޕްރީމް ކޯޓުން އެ މައްސަލާގައި ހުކުމް އިއްވާފަ އެވެ.

titledesc

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ނެރުއްވި ރައުޔުގައި ވިދާޅުވި ގޮތުގައި, ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ފ) ވަނަ މާއްދާ ހައިކޯޓުން މާނަކޮށްފައިވާ ގޮތް ގޯހެވެ. ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވީ ގާނޫނުގެ މާއްދާތައް މާނަ ކުރަން ވާނީ އެއް ރޮއްޖަކުން ގެތިފައިވާ އެތިގަނޑެއްގެ ގޮތުގައި ކަމަށް ވީ ނަމަވެސް, ހައިކޯޓުން ގާނޫނު މާނަކުރީ އެގޮތަށް ނޫން ކަމަށެވެ.

އެގޮތުން, ހައިކޯޓުން އެ މާއްދާގައި މާނަކޮށްފައިވަނީ ވަކި މިނިވަން މާއްދާއެއްގެ ގޮތަށް, މުޅި ޓެރަރިޒަމްގެ ގާނޫނުގެ މަގުސަދާ ވެސް ފުށުއަރާ ގޮތަށް ކަމަށް ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި, ޓެރަރިޒަމްގެ ގާނޫނުގެ 26 ވަނަ މާއްދާ ހާއްސަކޮށްފައިވަނީ ބަންދުގެ އިޖުރާއަތަށެވެ. އެ މާއްދާގެ (ފ)އަކީ ވެސް އެގޮތުގެ މަތިން ބަންދަށް އެކަނި އޮތް މާއްދާއެއް ކަމަށެވެ. އެ މާއްދާ އެހެން އޮތުމުން, 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދައުވާ ކުރުމުގެ މުއްދަތާ ގުޅޭ މާއްދާއަށް އަސަރެއް ނުކުރާނެކަން ފަނޑިޔާރު ވިދާޅުވި އެވެ.

ގާނޫނުގެ 26 ވަނަ މާއްދާގެ (ފ)ގައި ބަންދު އިތުރު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ދެވޭނެ ކަމަށް ބުނެފައިވަނީ އެފަދަ ކުށެއްގެ ތުހުމަތުވާ މީހުން ވީ އެންމެ ގިނަ ދުވަހަކަށް ބަންދު ކުރުމުގެ ފުރުސަތު ދިނުމަށް ކަމަށާއި އެ ނޫން މާނައެއް އެ މާއްދާއިން ނުނެރެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ހަމަ އެގޮތަށް، ދައުވާ ކުރުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ މުއްދަތަށްވުރެ އިތުރު މުއްދަތެއް ޓެރަރިޒަމް ގާނޫނުގެ 28 ވަނަ މާއްދާގައި ކަނޑައަޅާފައިވަނީ އެ ކުށުގެ ގޮތުން, ދައުވާ ކުރުމަށް ދިގު މުއްދަތެއް ދިނުމުގެ ބޭނުމުގައިކަން ވެސް އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންވީމަ, އެ މަގުސަދު ގެއްލޭ ގޮތަށް ހައިކޯޓަށް ގާނޫނު މާނަ ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެންވެ, އަމީންގެ މައްޗަށް އޮތް ޓެރަރިޒަމްގެ ދެ ދައުވާ ބާތިލް ކުރުން ގޯސް ކަމަށް ކަނޑައަޅައި, އެ މައްސަލާގެ ޝަރީއަތް, ހައިކޯޓުން ދައުވާތައް ބާތިލްކުރި އިރު އޮތް ހިސާބުން އަލުން ކުރިމިނަލް ކޯޓުގައި ފެށުމަށް ސުޕްރީމް ކޯޓުން އަމުރު ކުރެއްވި އެވެ.

ފަނޑިޔާރު ސުއޫދު ނެރުއްވި މި ރައުޔަށް ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ފަނޑިޔާރު އައިޝާ ޝުޖޫން ތާއިދު ކުރެއްވި އެވެ.

ހައިކޯޓުން ހުކުމް ނެރެފައި އޮތް ގޮތުން, ޓެރަރިޒަމްގެ ހުރިހާ މައްސަލަތަކާމެދު ވެސް ބޮޑު ސުވާލެއް އޮތީ އުފެދިފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅޭ ގޮތުން އުފުލި ދައުވާތަކުގެ ސައްހަ ކަމާމެދު ވެސް ސުވާލު އުފެދުނެވެ.

ނަމަވެސް, ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމާއެކު އެ ހުރިހާ ގާނޫނީ ސުވާލުތަކަށް ޖަވާބު ލިބި, ޓެރަރިޒަމް މައްސަލަތަކުގެ ދައުވާތަކާމެދު އޮތް ކަންބޮޑުވުން ވަނީ ހައްލުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox