ޖެޓް ސްކީ ޓުއާ ކާމިޔާބުކަމާއެކު ނިންމާލައިފި

ޓޫރިޒަމް ދުވަހާ ދިމާކޮށް މޯލްޑިވްސް ވޯޓާ ސްޕޯޓްސް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ޖެޓް ސްކީ ޓްއާ 2021 ގެ ބައިވެރިން. -- ފޮޓޯ:ޖެޓް ސްކީ ޓްއާ އެފްބީ ޕޭޖް

ޓޫރިޒަމް ދުވަހާ ދިމާކޮށް މޯލްޑިވްސް ވޯޓާ ސްޕޯޓްސް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ ޖެޓް ސްކީ ޓްއާ 2021 ގެ ބައިވެރިން. -- ފޮޓޯ:ޖެޓް ސްކީ ޓްއާ އެފްބީ ޕޭޖް

ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި ފެށި ޖެޓް ސްކީ ޓުއާ ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނުން ޖެޓް ސްކީގައި ދަތުރު ފެށީ ސެޕްޓެމްބަރު 21 ގައެވެ. ރާއްޖޭގެ އެންމެ ދެކުނުން "ސަދަން މޯސްޓް ޕޮއިންޓް" އަށް ދަތުރުކޮށް، ޖެޓް ސްކީ ޓުއާ ނިންމާނީ އިއްޔެ އެވެ.

މޯލްޑިވްސް ވޯޓާ ސްޕޯޓްސް އެސޯސިއޭޝަނުން އިންތިޒާމުކުރި މި ޓުއާގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކުރި އެވެ. އަދި ދަތުރުގެ ބައިވެރިން ވަނީ ކޮންމެ އަތޮޅަކުން އެއް ރަށުގައި މަޑު ކޮށްފަ އެވެ.

ޖެޓް ސްކީ ޓުއާ 2021 ގައި ރަސްމީކޮށް ދަތުރުކޮށްފައި ވަނީ ހަ ޖެޓް ސްކީ ރައިޑަރުންނެވެ. ނަމަވެސް, ރާއްޖޭގެ އެކި ހިސާބުތަކުން ރައިޑަރުން ވަނީ ޓުއާގައި ބައިވެރިވެފަ އެވެ.

ދެ ހަފުތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ޓުއާގެ ބައިވެރިންނަށް އެންމެ ބޮޑު ގޮންޖެހުމަކަށް ދިމާވީ މޫސުމީ ގޮތުން ކުރިމަތިވި އުނދަގޫތައް ކަމަށް ވޯޓާ ސްޕޯޓްސް އެސޯސިއޭޝަނުން ފާހަގަކުރެ އެވެ. އެގޮތުން ޓުއާ ފަށައިގެން ގަދަ ވަޔާ ވިއްސާރާގައި ބޮޑު ބަޔަކަށް ދަތުރުކުރުމަށް ފަހު މޫސުން ރަނގަޅުވާން ފަށާފައި ވަނީ ލ. އަތޮޅާ ހިސާބުން ކަމަށް ޓުއާގެ ބައިވެރިން ބުނެ އެވެ.

ފަހުގެ ޚަބަރު

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

50 މިލިއަން ޑޮލަރު ދައްކަން ފައިސާއެއް ނުދެން: ބީއެމްއެލް

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރު ދެއްކުމަށް ބީއެމްއެލްގެ ފައިސާ ބޭނުންކުރި ކަމަށް ބުނާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި. ބޭންކުން ބުނީ އެ ދަރަނި އަދާކުރުމުގައި ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށާއި، ބޭންކުގެ މާލީ ހާލަތު ވަރުގަދަކޮށް އޮތް ކަމަށް.

ބީއެމްއެލްއިން ޑޮލަރު ސަޕޯޓު ނުލިބޭތާ ހަފުތާއެއް

ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކުން ފޮނުވާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ލިބުން ދަތިވެ، އެކައުންޓުގައި ފައިސާ ނެތް ނަމަ އިތުރު އެންގުމަކާ ނުލައި ޓީޓީ ބާތިލުވާނެކަން އެ ބޭންކުން އަންގައިފި.މި ބަދަލުގެ ސަބަބުން މުދާ ގެންނަ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާއިރު، ޑޮލަރު ލިބޭ މިންވަރު މަދުވުމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ބީއެމްއެލްއިން ވިޔަފާރިވެރިންގެ ޑޮލަރުތައް ތާށިކޮށްފި

ޑޮލަރުގެ ތާށިކަން ބޮޑުވެ، ބީއެމްއެލްގައި ހުރި ވިޔަފާރިވެރިންގެ ޑޮލަރު އެހެން ބޭންކުތަކަށް ޓްރާންސްފާ ނުކުރެވެނީ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކުރާ ޓްރާންސްފާތަކުގެ ބެކްލޮގެއް އޮތުމުން. މީގެ ސަބަބުން މުދާ އިމްޕޯޓުކުރުމަށް ފައިސާ ދެއްކުމުގައި ވިޔަފާރިތަކަށް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި.

އެމްއައިބީން މާދަމާ އެކައުންޓް ހުޅުވުމުގެ ހިދުމަތް ދެނީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާދަމާ ހެނދުނު 10:00 އިން މެންދުރު 2:00 އަށް މާލެ އާއި ހުޅުމާލޭގެ ބްރާންޗުތަކުން އެކައުންޓް ހުޅުވުމުގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފައި. މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އެ ބޭންކުގެ ހެޑް އޮފީހާއި، ރީޓެއިލް ބޭންކިން ބްރާންޗް އަދި ހުޅުމާލެ ބްރާންޗުން.

ދިރާގު ގޭމިންގ ކޮންކުއެސްޓްގެ ޕަބްޖީ ކޮލިފަޔަރސް ފަށަނީ

ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް 2026ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު މި މަހުގެ 20 ވަނަ ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގެ ކޮލިފަޔަރސްއިން ހޮވޭ 16 ޓީމަކަށް 30,000 ރުފިޔާގެ ޕްރައިޒް ޕޫލެއް ކަނޑައެޅިފައިވާ މެއިން އިވެންޓުން ފުރުސަތު ލިބޭނެއެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތުގައި ޕަބްޖީގެ އިތުރުން އެކި ޕްލެޓްފޯމްތަކުގެ މަގުބޫލު ގޭމްތައް ހިމެނެއެވެ.

އެމެރިކާއިން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފި

އެމެރިކާގެ އިންފްލޭޝަން ކޮންޓްރޯލް ކުރުމަށްޓަކައި، ރައީސް ޓްރަމްޕްގެ ދެކޮޅުހެދުންތަކާ އެކުވެސް އެގައުމުގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް ބޮޑުކޮށްފިއެވެ. މި ނިންމުމުގެ ސަބަބުން ލޯނު ނަގާ ފަރާތްތަކަށް އުފުލަންޖެހޭ ބުރަ ބޮޑުވި ނަމަވެސް، މިއީ އިގްތިސާދީ ހަމަޖެހުމަށްޓަކައި އެޅި ޒިންމާދާރު ފިޔަވަޅެއް ކަމަށް ފެޑަރަލް ރިޒާވްއިން ހާމަކުރެއެވެ.

Newsletter

Get the latest news delivered straight to your inbox