އަސްހަދު ޖަލަށްލާން ޕީޖީން ދެވަނަ ފަހަރަށް އެދިއްޖެ, އެ ފިޔަވަޅު ކޯޓުން ނޭޅި

އަސްހަދު އަލީ: އޭނާއަށް ފިޔަވަޅު އަޅަން އެދުމުން ދެވަނަ ފަހަރަށް ވެސް ކުރިމިނަލް ކޯޓުން ހެދީ ދެކޮޅު

އަސްހަދު އަލީ: އޭނާއަށް ފިޔަވަޅު އަޅަން އެދުމުން ދެވަނަ ފަހަރަށް ވެސް ކުރިމިނަލް ކޯޓުން ހެދީ ދެކޮޅު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިޔަވަޅު އަޅައިދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދެ ވަނަ ފަހަރަށް ހުށަހެޅުމުން ވެސް ކްރިމިނަލް ކޯޓުން އެކަމަށް ދެކޮޅު ހަދައިފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުތައް ކުރެވޭ އަލީ ވަހީދު ފުރުން މަނާކޮށްފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކުރިއިރު، އަސްހަދު ވަނީ ހަތަރު މަސް ފަހުން އޭނާ ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަސްހަދުގެ ގާތް އެކުވެރިޔާ އަލީ ވަހީދަށް ފުރުމުގެ އަމުރު ލިބުމާއެކު، އޭނާ ރާއްޖެ ދޫކޮށް ދިޔަ އެވެ. އެކަމަކު, ހަތަރު މަސްވެގެން ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ. އެންމެ ފަހުން ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވުމުން ވެސް ރާއްޖެ ނައުމުން ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހުގެ ހުކުމެއް ވަނީ އިއްވާފަ އެވެ.

Advertisement

ނަމަވެސް, އަލީ ވަހީދު ރާއްޖެ ނައުމުން ވެސް އޭނާގެ މައްޗަށް ޖާމިނުވި އަސްހަދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އޭނާ ކޯޓަކަށް ހާޒިރުކޮށް އެންމެ ކުޑަމިނުން ސުވާލެއް ވެސް ކޮށްފައެއް ނުވެ އެވެ.

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅޭ ގޮތުން ނެރުނު ހުކުމްގައި އެކަމާ ކަންބޮޑުވެ, އަސްހަދަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ. އަލީ ވަހީދު ޝަރީއަތަށް ފިލައިގެން އުޅޭ މައްސަލާގައި އޭނާ ހާޒިރުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ މީހާއަށް ފިޔަވަޅު އެޅުން ގާނޫނީ އަދި ބުއްދީގެ ހަމައިން ވެސް ހަމަޖެހޭ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން މައުލޫމާތު ދިން ގޮތުގައި, އެ ހުކުމާ ގުޅިގެން އަސްހަދަށް ފިޔަވަޅު އަޅައިދޭން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. ނަމަވެސް, އެއީ ކުރިން ވެސް ގޮތް ނިންމާފައިވާ ކަމަށް ވިދާޅުވެ, ގާޒީ ހަސަން ސައީދު އެކަމާމެދު ގޮތެއް ނުނިންމި އެވެ.

ކްރިމިނަލް ކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދުނީ އަސްހަދު އެއް އަހަރު ދުވަހަށް ޖަލަށްލުމަށެވެ. މީގެކުރިން ވެސް އެކަމަށް ކުރިމިނަލް ކޯޓުގައި އެދުނެވެ. ނަމަވެސް, އޭރު ވެސް އެއްވެސް ފިޔަވަޅެއް އަޅަން ކްރިމިނަލް ކޯޓުން ދެކޮޅު ހެދީ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ވެސް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ނިންމާފައިވާއިރު, އެ މައްސަލަ މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުން ވަނީ އަސްހަދާމެދު ފިޔަވަޅު އެޅިތޯ ސާފުކުރައްވާފަ އެވެ.

ހައިކޯޓުގައި މިއަދު ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލް ވިދާޅުވީ އަސްހަދާމެދު ފިޔަވަޅު އެޅުމުގެ ބާރު އޮތީ ކޯޓަށް ކަމަށާއި އެ ފިޔަވަޅު ކްރިމިނަލް ކޯޓުން އަޅާފައިނުވާ ކަމަށެވެ.

ޖާމިނުވުމާއި އޭގެ ގާނޫނީ ޒިންމާ!

އަލީ ވަހީދު ވީތަނެއް ނޭނގޭކަން ޝަރުއީ ކޯޓަކަށް އޭނާއާ ޖާމިނުވީ އަސްހަދު އެންގިއިރު، މިކަމުގައި ހުރި ގާނޫނީ ނުކުތާތައް އެނގުން މުހިންމެވެ.

ޖާމިނުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން އައިސްފައިވާ ކަމެކެވެ. އެ ގާނޫނުގެ 64 ވަނަ މާއްދާ ހާއްސަކޮށްފައި އޮތީ މިކަމަށެވެ. އެ މާއްދާގައި އޮތީ ބަންދުކޮށްފައި ހުރި މީހަކަށް އެހެން މީހަކު ޔަގީންކަންދީ ޖާމިނު ވެއްޖެނަމަ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެ ކަމެވެ.

މިހެން ޖާމިނުވާ މީހުން ކޯޓުގައި އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭއިރު އޭގައި، ހަވާލުވާ މީހަކު ކުށް ކުރިޔަ ނުދީ ބަލަހައްޓާނެ ކަމާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކަށް ހާޒިރުވާން އެންގުމުން ގަޑިއަށް ހާޒިރު ކުރާނެ ކަމަށް އިގުރާރުވާން ޖެހެ އެވެ. އަސްހަދު ވެސް ވަނީ އަލީ ވަހީދާ ޖާމިނުވުމުގެ ގޮތުން އެފަދަ އިގުރާރެއްގައި ސޮއި ކުރައްވާފަ އެވެ.

ނަމަވެސް، މި ހާލަތުގައި އަލީ ވަހީދު ހުންނެވީ ބަންދުގައި ނޫން ކަމުން މި މާއްދާއަށް ސީދާ ނުފެތެވެ. އަލީ ވަހީދުގެ ހާލަތާ ގުޅޭ މާއްދާއެއް އޮތީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގަ އެވެ. އެ ގަވާއިދުގެ 26 ވަނަ މާއްދާގައި ހާއްސަކޮށްފައިވަނީ މީހަކު ޖާމިނުވުމުން ފުރުމުގެ ހުއްދަ ދިނުމާ އެވެ.

"ޕާސްޕޯޓް ހިފަހައްޓައި ރާއްޖެއިން ފުރައިގެން ދިޔުން މަނާކޮށްފައިވާ މީހަކު ރާއްޖެއިން ބޭރަށް ދާން ބޭނުންވެގެން އެހެން މީހަކު ޖާމިނުވެ، ޕާސްޕޯޓް ދޫކުރެވޭ މީހާ ނުފިލާނެ ކަމާއި ކަނޑައެޅިފައިވާ ދުވަހަށް ރާއްޖެއަށް އަނބުރާ ގެންނާނެ ކަމަށް ޖާމިނުވާ މީހާ އިގުރާރުވުމުން ޕާސްޕޯޓް ދޫކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެ އެވެ،" އެ މާއްދާގައި އޮތީ މިހެންނެވެ.

ދެން، އެ މާއްދާގައި ބުނަނީ ޖާމިނުވާ މީހާ އިގުރާރާ ހިލާފުވެއްޖެނަމަ، އޭނާގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް އޮތް ކަމެވެ.

އެއްބަސްވުން ހެދިިއިރު, ގަވައިދުގައި އެ މާއްދާ އޮތް ނަމަވެސް, މިހާރު ސުޕްރީމް ކޯޓުން ވަނީ މާއްދާ އުވާލާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ) ގައި ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަމަ ދެވޭނެ އަދަބުތައް ކަނޑައަޅާފައިވަނީ ތިރީގައި މިއޮތް ތަރުތީބަށެވެ.

  • އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
  • ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛
  • 15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން.

މިއިން ކޮންމެ އަދަބެއް ވެސް އިގުރާރާ ހިލާފުވާ މީހާގެ މައްޗަށް ކޯޓަށް ކަނޑައެޅިދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox