ދެހާސް ހެލްތު ފެސިލިޓީ ބަންދުކޮށް އަފްގާނިސްތާނުގެ ސިއްހީ ނިޒާމު ހުއްޓުމަކާ ގާތްވެފައި!

އަފްގާނިސްތާނުގެ ހެލްތު ފެސިލިޓީއެއްގައި އަންހެން ނަރުހަކު ބަލި މީހަކަށް ފަރުވާ ދެނީ. -- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ހެލްތު ފެސިލިޓީއެއްގައި އަންހެން ނަރުހަކު ބަލި މީހަކަށް ފަރުވާ ދެނީ. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 30) - އަފްގާނިސްތާނުގެ 2،000 އަށް ވުރެ ގިނަ ހެލްތު ފެސިލިޓީތައް ބަންދުކޮށް، ސިއްހީ ނިޒާމު ހުއްޓުމަކަށް އަންނަން ގާތްވެފައިވާ ކަމަށް ރެޑް ކްރޮސްގެ އޮފިޝަލަކު ބުނެފި އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް (އައިއެފްއާރްސީ) އިން ބުނީ އަފްގާނިސްތާނުގެ ސިއްހީ ނިޒާމު ހުއްޓުމަކަށް އައުމާ ގާތްވެފައި ވަނީ ފަންޑު ނުލިބުމުގެ ސަބަބުން ކަމަށެވެ.

"މުސާރަ ނުލިބި އިތުރު ދުވަސްކޮޅަކަށް މަސައްކަތް ކުރަން މުވައްޒަފުން އެއްބަސްވެދާނެ،" އައިއެފްއާރްސީގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރު އެލެގްޒެންޑާ މެތިއު ވިދާޅުވި އެވެ.

"އެކަމަކު ބޭސް ހުސްވުމުން، ބޮކިތައް ދިއްލާނެ ކަރަންޓު ލިބުން ހުއްޓުމަކަށް އައުމުން، ކްލިނިކަށް އަންނަ މީހުންނަށް ހިދުމަތް ދެވޭނެ ގޮތެއް ނެތުމުން ދެން ޖެހޭނީ ދޮރުތައް ބަންދު ކުރަން."

ސާޅީސް އަހަރަށް ވުރެ ދިގު މުއްދަތަކަށް އަފްގާނިސްތާނު ދާހިލީ ހަމަނުޖެހުން ދެމިގެން ގޮސްފައި ވާއިރު، އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމާއެކު އިގްތިސާދު ވަނީ ހުއްޓިފަ އެވެ. އެއީ އިގްތިސާދު ބަރޯސާވެފައި އޮތް ބޭރުގެ އެހީތައް މެދުކަނޑާލުމުންނެވެ.

އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި އެހީދޭ ޖަމިއްޔާތަކުން ހިންގާ ސިއްހީ ނިޒާމަށެވެ.

"މިހާރު ވެސް 2،000 އަށް ވުރެ ގިނަ ހެލްތު ފެސިލިޓީ ބަންދުކޮށްފި،" އަފްގާނިސްތާނަށް ކުރެއްވި ހަތަރު ދުވަހުގެ ދަތުރެއް ނިންމާލުމުގެ ގޮތުން ދިން ޕްރެސް ކޮންފަރެންސެއްގައި މެތިއު ވިދާޅުވި އެވެ.

ވިހި ހާހަށް ވުރެ ގިނަ ސިއްހީ މަސައްކަތްތެރިން މި ވަގުތު މަސައްކަތް ހުއްޓާލައިގެން ތިބިއިރު، އެއްވެސް މުސާރައެއް ނުލިބި ވެސް ގިނަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ. މަސައްކަތް ހުއްޓާލައިގެން ތިބި މީހުންގެ ތެރޭގައި 7،000 އަންހެނުން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox