އަމީންގެ ފޮޓޯއެއް މީޑިއާއަކުން ގެނައި ގޮތުން ސުޕްރީމް ކޯޓުގެ ސަމާލުކަމަށް

އަމީންގެ ފޮޓޯއާ ގުޅޭ މައްސަލަ މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި

އަމީންގެ ފޮޓޯއާ ގުޅޭ މައްސަލަ މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައި

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ދައުލަތުން ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ ފޮޓޯއެއް, އައިއެސް ލޯގާއެކު މީޑިއާއަކުން ގެނައި ހަބަރެއްގައި ޖެހި މައްސަލަ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް ގެނެސްފި އެވެ.

ސުޕްރީމް ކޯޓުގެ ސަމާލުކަމަށް އަމީންގެ ވަކީލް އަހުމަދު ޔާމީން ގެނައީ އެ ކޯޓުގައި އިއްޔެ އޮތް އަޑުއެހުމެއްގައި އަމީން ހުއްޓާ ނަގާފައިވާ ފޮޓޯއެއް އެޑިޓްކޮށް, އެ ފޮޓޯއަށް އައިއެސްގެ ލޯގޯ އާއި ހަތިޔާރު ހިމަނާފައިވާ މައްސަލައެކެވެ.

އެ މީޑިއާގެ ނަން ޔާމީން ވިދާޅެއް ނުވެ އެވެ. ނަމަވެސް, އެނގިފައިވާ ގޮތުގައި އެއީ އިއްޔެ ރާއްޖެއެމްވީގައި ޖެހި ފޮޓޯއެކެވެ. އެ ފޮޓޯ ހިމެނޭ ލިޔުންތައް ވެސް ވަކީލް ޔާމީން މިއަދު ވަނީ ޝަރީއަތަށް ހުށަހަޅުއްވާފަ އެވެ.

Advertisement

ވަކީލް ޔާމީން ވިދާޅުވި ގޮތުގައި މީޑިއާތަކުގައި ވާހަކަ އެގޮތަށް ދެކުމުން ދެރަވެ އެވެ. ނަމަވެސް, ހަބަރުތައް ގެންނަ ގޮތުން ކުޑަ ދަރިންތަކެއް ވެސް ތިބި އަމީންގެ ކަރާމާތް ގެއްލިގެންދާ ކަމަށެވެ. އަދި, އޭނާގެ އަސާސީ ހައްގުތައް ވެސް ގެއްލިގެންދާ ކަމަށެވެ.

ކުށް ސާބިތު ނުވާހާ ހިނދަކު އަމީންއަކީ ވެސް މައުސޫމް މީހެއް ކަމަށާއި އެކަމަކު, މީޑިއާތަކުން ހަބަރުތަކުގެ ސުރުހީތައް ގެންނަނީ އޭނާއަކީ ވަކި ކުށެއް ކޮށްފައިވާ މީހެއްގެ ގޮތަށް ކަމަށް ވިދާޅުވެ, ޔާމީން ކަންބޮޑުވުން ފާޅު ކުރެއްވި އެވެ.

އެކަން ކުރިމިނަލް ކޯޓުގައި ވެސް ފާހަގަ ކުރިކަން ޔާމީން ވިދާޅުވި އެވެ. އަދި, އެގޮތަށް ހަބަރުތައް ނުގެންނަން މައްސަލަ ބެއްލެވި އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް އިލްތިމާސް ކުރެއްވިކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, އަމީންގެ މައްޗަށް އޮތް ދައުވާތައް ބާތިލްވުމުން ވެސް އޭނާއާ ގުޅޭ ގޮތުން ހަބަރުތައް މީޑިއާއިން ގެނައީ ކަންބޮޑުވާ ގޮތަކަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ ދަންނަވާނެ އެއްޗެއް ނެތް ކަމަށެވެ. އުއްތަމަ ފަނޑިޔާރު މުހުތަސިމް އަދުނާން ވިދާޅުވި ގޮތުގައި, އެކަމާ ގުޅިގެން ފަނޑިޔާރުން މަޝްވަރާ ކުރެއްވުމަށްފަހު މިއަދު ގޮތެއް ނިންމަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox