"އަލީ ވަހީދު ފިލައިފި"، ޕާސްޕޯޓް ހިފަހައްޓަން އަނެއްކާވެސް ކޯޓަށް

އަލީ ވަހީދު: އޭނާ ވަނީ ފިލާފައި ކަމަށް ދައުލަތުން މިއަދު ހައިކޯޓުގައި ބުނި --

އަލީ ވަހީދު: އޭނާ ވަނީ ފިލާފައި ކަމަށް ދައުލަތުން މިއަދު ހައިކޯޓުގައި ބުނި --

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަކީ މިހާރު ފިލައިގެން އުޅޭ މީހެއް ކަމާއި އެހެންވެ އޭނާ ރާއްޖެ ގެނައުމަށް މަގު ފަހިކުރުމުގެ ޕާސްޕޯޓް ހިފަހައްޓަން އަނެއްކާވެސް ޕްރޮސެކިއުޓާ ޖެނަރަލްގެ (ޕީޖީ) އޮފީހުން ކޯޓަށް ގޮސްފި އެވެ.

މިއީ އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލާގައި ޕްރޮސިކިއުޓާ ޖެނަރަލުން ކޯޓުތަކަށް ދާ ތިންވަނަ ފަހަރެވެ.

އަލީ ވަހީދުގެ ޕާސްޕޯޓްގެ ފަސްފަހަތް

އަލީ ވަހީދުގެ މައްސަލާގައި އެންމެ ފުރަތަމަ ވެސް ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓި އެވެ. ނަމަވެސް، އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަދީ، ކުރިމިނަލް ކޯޓުން އެ އަމުރު ފަހުން ބާތިލުކުރި އެވެ.

އޭގެފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައިނުވާތީ ފުލުހުން މެދުވެރިކޮށް އަލީ ވަހީދުގެ ޕާސްޕޯޓް އަލުން ހިފެހެއްޓުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދުނެވެ. ނަމަވެސް، އެ އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށް ކުރިމިނަލް ކޯޓުން ނިންމުމުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހުށަހެޅި އެ މައްސަލަ ބަލައިނުގަތުމަށް ހައިކޯޓު އޭރު ނިންމި އެވެ. އެއީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ނުގެންދެވޭނެ ކަމަށް ބުނެ އެވެ. ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކުރުމުން, އެ ކޯޓުން ވަނީ އެ މައްސަލައަކީ ހައިކޯޓުން ބަލަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅައި, އެކަމަށް އަމުރުކޮށްފަ އެވެ.

ނަމަވެސް, ހައިކޯޓުން މައްސަލަ އަލުން ބެލުމުން ފާހަގަވީ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހިފަހައްޓަން އެދިފައިވަނީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަލީ ވަހީދުގެ އަތުގައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ކަމެވެ. އެއީ މިހާރު ކެންސަލްކޮށްފައިވާ ޕާސްޕޯޓަކަށްވާތީ އެ ހިފަހައްޓަން އަމުރު ނެރެގެން ނުކުންނާނެ ނަތީޖާއެއް ނޯންނާނެ ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.

ނަމަވެސް, އެ އަމުރު ނެރެނުދޭން ކުރިމިނަލް ކޯޓުން ދެއްކި ސަބަބުތައް ގޯސްކޮށް ކަމަށް ކަނޑައެޅި ހައިކޯޓުން އޮތީ ނިންމާފަ އެވެ.

މިފަހަރު އެދުނީ އޯޑިނަރީ ޕާސްޕޯޓް ހިފަހައްޓަން, ކުރިމިނަލް ކޯޓުން ނެރެނުދިން

ހައިކޯޓުން އެގޮތަށް ހުކުމް ކުރުމުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އަލީ ވަހީދުގެ އަތުގައި މިހާރު އޮތް އޯޑިނަރީ ޕާސްޕޯޓް ނުވަތަ ޓްރެވެލް ޑޮކިއުމެންޓްރީ ހިފަހައްޓަން ކުރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް, އެ ކޯޓުން ނިންމާފައިވަނީ އަލީ ވަހީދު މިހާރު ރާއްޖޭގައި ނެތުމުން އެ އަމުރު ނެރޭނެ ސަބަބެއް ނެތް ކަމަށެވެ.

އެހެންވެ, މައްސަލަ ހައިކޯޓަށް ވަނީ ގެނެސްފަ އެވެ. މިއަދު އެ މައްސަލާގެ އަޑުއެހުން ހައިކޯޓުގައި ބޭއްވި އެވެ.

އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި, އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ޖެހޭ ސަބަބުތައް އެބަ ހުއްޓެވެ. އެގޮތުން, ތުހުމަތުވާ މިންވަރަށް އޭނާގެ މައްޗަށް ހެކި އެބަހުރި ކަމާއި އޭނާއަކީ މީގެކުރިން ވެސް ފިލައިގެން އުޅުނު މީހެއް ކަމަށެވެ. އަދި, އޭނާ ފިލައިގެން ދާން އުޅޭ ކަމަށް ބަޔާން ކުރާ އިންޓެލް ރިޕޯޓެއް ވެސް އޮތްކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ވަކީލް ވިދާޅުވީ އަލީ ވަހީދަކީ ސިޔާސީ މީހެއް ކަމުން އޭނާގެ ނުފޫޒުތައް ވެސް އޮންނާނެ ކަމަށެވެ. އަދި, ކުރެވޭ ތުހުމަތުތަކަށް ކުރިމަތިލާން އޭނާ ފަސް ޖެހޭނެ ކަމަށް ބުއްދީ ހަމައިން ވިސްނޭ ކަމަށެވެ. މީހަކު ޖާމިނުކޮށްފައި ބޭރަށް ދިޔަ ނަމަވެސް, އެއްވެސް ކޯޓަކަށް އޭގެ ފަހުން އޭނާ ހާޒިރު ކުރެވިފައިނުވާކަން ވެސް ވަކީލް ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަލީ ވަހީދު ބޭނުން ނުވާ ގޮތަށް ޝަރީއަތްތައް ނުހިންގެ އެވެ. އޭނާ ހަމައެކަނި ހާޒިރު ވަނީ އޭނާ ބޭނުންވާ ގޮތަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދާ ކްރިމިނަލް ކޯޓަށް ކަމަށެވެ. މީގެކުރިން އެތައް ފަހަރަކު ހައިކޯޓާއި ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރުވެފައި ނެތް ކަމަށް ވަކީލް ވިދާޅުވި އެވެ.

އެހެންވެ, އޭނާއަކީ ފިލައިގެން އުޅޭ މީހެއް ކަމާއި އޭނާގެ ޕާސްޕޯޓް ހިފަހައްޓައިގެން ރާއްޖެ ގެނައުން މުހިންމު ކަމަށް ވަކީލް ވިދާޅުވި އެވެ.

އަޑުއެހުމުގައި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް ވެސް ދައުލަތާ އަމާޒުކުރި އެވެ. މައިގަނޑު ސުވާލަކަށްވީ ރާއްޖޭން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓް ހިފެހެއްޓިދާނެތޯ އާއި އޭގެން ނަތީޖާއެއް ނުކުމެދާނެ ކަމާމެދު އެވެ.

ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ރާއްޖޭން ބޭރުގައި ހުއްޓަސް ޕާސްޕޯޓް ހިފަހައްޓަން ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޭނާ ރާއްޖެ ގެނައުމަށް މަގު ފަހިވެގެންދާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި, ޕާސްޕޯޓް ހިފެހެއްޓުމުން އޭނާގެ ވިސާ ވެސް ކެންސަލް ވާނެ އެވެ. އެހެންވީއިރު, ގައުމެއްގެ ހިމާޔަތް ނެތްނަމަ, އޭނާއަށް ދާއިމީކޮށް އެ ގައުމެއް ނޫޅެވޭނެ ކަމަށާއި އެނބުރި ގައުމަށް އަންނަން މަޖުބޫރުވާނެކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

އެގޮތަށް ވެސް އަލީ ވަހީދު ރާއްޖެ ގެނެސް, އޭނާގެ މައްޗަށް ޝަރީއަތް ހިންގުން މުހިންމު ކަމަށް ވަކީލް ވިދާޅުވެ, ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެދިނުމަށް އެދުނެވެ.

މި މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ. މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ހުސެއިން މަޒީދެވެ.

އަސްއަދަށް ފިޔަވަޅު އަޅަން ވަނީ އެދިފައި

ފަނޑިޔާރުން ވަނީ އަލީ ވަހީދަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީއާމެދު ފިޔަވަޅު އެޅިތޯ ވެސް ސުވާލުކޮށްފަ އެވެ.

ވަކީލް ވިދާޅުވީ އޭނާއާމެދު ފިޔަވަޅު އެޅުމުގެ ބާރު އޮތީ ކޯޓަށް ކަމަށާއި ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ވެސް އަލީ ވަހީދު ރާއްޖެ ނައުމުން އަސްއަދަށް ފިޔަވަޅު އަޅައިދޭން ކުރިމިނަލް ކޯޓުގައި އެދުނު ކަމަށެވެ.

އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިދޭން އެދުނު ނަމަވެސް, އެކަމާ ގުޅޭ ގޮތުން ކުރިމިނަލް ކޯޓުން ގޮތެއް ނިންމާފައެއް ނުވެ އެވެ.

މީގެކުރިން ހައިކޯޓުން ވެސް ވަނީ އަސްއަދާމެދު ފިޔަވަޅު އަަޅަން ޖެހޭ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox