ތާލިބާނުން އަންހެނުންގެ މުޒާހަރާ ރޫޅާލީ ބަޑި ޖަހައިގެން

މުޒާހަރާގެ ތެރެއިން އަންހެނަކާއި ތާލިބާން ހަނގުރާމަވެރިއަކާ ދެމެދު ކުރިމަތިލުމެއް ހިނގަނީ. -- ފޮޓޯ: އޭއެފްޕީ

މުޒާހަރާގެ ތެރެއިން އަންހެނަކާއި ތާލިބާން ހަނގުރާމަވެރިއަކާ ދެމެދު ކުރިމަތިލުމެއް ހިނގަނީ. -- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 30) - އަންހެނުންގެ ހައްގުތަކަށް ގޮވާލައި ބުރާސްފަތު ދުވަހު ކާބުލްގައި ބޭއްވި ކުޑަ މުރާހަރާއެއް ރޫޅާލަން ތާލިބާނުން ބަޑި ޖަހައިފި އެވެ.

އިރުމަތީ ކާބުލްގައި ހުންނ ހައި ސްކޫލެއްގެ ބޭރުގައި މުޒާހަރާ ކުރި ހަ އަންހެން މީހުން ޑިމާންޑު ކުރަމުން ދިޔެއީ ސެކަންޑަރީ ސްކޫލުތަކުގައި އަންހެން ކުދިންގެ ކިޔެވުން އަލުން ފެށުމަށެވެ.

އަންހެން ކުދިންގެ ހައި ސްކޫލުތައް ހުޅުވަން ތާލިބާނުން ހުއްދަ ދީފައެއް ނުވެ އެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ފިރިހެން ކުދިންގެ ހައި ސްކޫލުތައް ވަނީ ހުޅުވާފަ އެވެ.

"އަހަރުމެންގެ ގަލަންތައް ބިންދާ ނުލާ، އަހަރުމެންގެ ފޮތްތައް އަންދާ ނުލާ، އަހަރުމެންގެ ސްކޫލުތައް ބަންދު ނުކުރޭ" ޖަހާފައި ހުރި ބެނާއެއް ހިފައިގެން އެ މީހުން އުޅެން ފެށުމުން ތާލިބާން ގާޑުން ވަނީ އެ ބެނާ ޖަހައި ގަނެފަ އެވެ.

މުޒާހަރާގައި ބައިވެރިވި ތިން އަންހެނަކު އެ ތަނުން ދާން ދެކޮޅު ހެދުމުން އެ މީހުން ފަހަތަށް ޖައްސާ ހެދި އެވެ. އެ ތަނުގައި ހުރި ބޭރު ނޫސްވެރިއެއްގެ ގައިގައި ބަޑިން ޖަހައި، ވީޑިއޯ ކުރުން ހުއްޓުވި އެވެ.

އޭގެ އިތުރުން ހަނގުރާމަވެރިއަކު އޮޓޮމެޓިކް ބަޑިއަކުން ވައިގެ ތެރެއަށް ބަޑި ޖަހަމުން ދިޔަ މަންޒަރު ވެސް ނޫސްވެރިންނަށް ފެނިފައި ވެ އެވެ.

"ސްޕޮންޓެނިއަން މޫވްމަންޓް އޮފް އަފްގާން ވިމެން އެކްޓިވިސްޓްސް" ގްރޫޕުގައި ހިމެނޭ މުޒާހަރާ ކުރި އަންހެން މީހުން ސަލާމަތް ވާން ވަނީ ސްކޫލުގެ ތެރެއަށެވެ.

ތާލިބާން ގާޑު މައުލާވީ ނަސްރަތުﷲ ބުނީ މުޒާހަރާ ކުރަމުން ދިޔަ މީހުން ގާޑުންނަށް އެއްބާރުލުން ނުދިން ކަމަށާއި ހަރުކަށި ވާން ޖެހުނީ އެހެންވެ ކަމަށެވެ.

"އެހެން ހުރިހާ ގައުމަކާ އެއް ގޮތަށް މި ގައުމުގައި ވެސް މުޒާހަރާ ކުރުމުގެ ހައްގު އެބަ އޮތް. އެކަމަކު މުޒާހަރާ ކުރުމުގެ ކުރިން ގާޑުންނަށް އަންގަން ޖެހޭނެ،" އޭނާ ބުންޏެވެ.

މިދިޔަ އޯގަސްޓު މަހު ތާލިބާނުން ވެރިކަމަށް އައުމާއެކު އަފްގާނިސްތާނުގެ އެކި ކަންކޮޅުތަކުގައި އަންހެނުންގެ އިސް ނަގައިގެން ވަކިވަކި މުޒާހަރާތައް ބޭއްވި އެވެ.

ހިރާތު ސިޓީގައި ބޭއްވި މުޒާހަރާގެ ތެރެއިން ތާލިބާނުން ދެ މީހެއްގެ ގަޔަށް ބަޑި ޖަހައި މަރާލި އެވެ. ނަމަވެސް ހުއްދަ ނެތި އެއްވާ ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން އެންގުމުން، މުޒާހަރާތައް ބޭއްވުން ވަނީ މަދުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox