ސްކޫލްތަކުގެ ސަޕޯޓް ސްޓާފުންނަށް ޕީޕީއީ ހޯދަނީ

އިސްކަންދަރު ސްކޫލަށް ދަރިވަރުން ވެއްދުމުގެ ކުރިން ސެނިޓައިޒް ކުރަނީ: ސްކޫލްތަކުގެ ސަޕޯޓް ސްޓާފުންނަށް ބޭނުންވާ ޕީޕީއީ ހޯދަން އެޑިޔުކޭޝަނުން ވަނީ އިއުލާނުކޮށްފަ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

އިސްކަންދަރު ސްކޫލަށް ދަރިވަރުން ވެއްދުމުގެ ކުރިން ސެނިޓައިޒް ކުރަނީ: ސްކޫލްތަކުގެ ސަޕޯޓް ސްޓާފުންނަށް ބޭނުންވާ ޕީޕީއީ ހޯދަން އެޑިޔުކޭޝަނުން ވަނީ އިއުލާނުކޮށްފަ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރާއްޖޭގެ 200 އަށް ވުރެ ގިނަ ސްކޫލްތަކުގައި މަސައްކަތް ކުރަމުންދާ ސަޕޯޓް ސްޓާފުންނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމެންޓް (ޕީޕީއީ) ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޖުމްލަ 212 ސްކޫލަކަށް 1،500 ޕީޕީއީ ފޯރުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑަށް ހުށަހަޅަން މިއަދުން ފެށިގެން ހުޅުވާލައިފަ އެވެ.

އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް ބިޑު ހުށެހެޅޭއިރު، ބިޑް ސެކިއުރިޓީގެ ގޮތުގައި 30,000 ރުފިޔާ (1،945 ޑޮލަރު) ހުށަހަޅަން ޖެހެ އެވެ.

އެ އިއުލާނާ ގުޅޭގޮތުން، އެޑިއުކޭޝަން މިނިސްޓްރީގެ މީޑިޔާ އޮފިޝަލް މި ނޫހާ ވާހަކަ ދައްކަމުން ބުނީ ޕީޕީއީ ބޭނުންވަނީ ސްކޫލްތަކުގައި މަސައްކަތްކުރާ ސަޕޯޓް ސްޓާފުންނަށް އެކަނި ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ސްކޫލްތަކުގެ ކޮންމެ ޝެޝަނެއް ނިމުމުން ކްލާސްތައް ޑިސްއިންފެކްޓް ކުރާއިރު، މުވައްޒަފުން ޕީޕީއިން އަޅަން ޖެހޭނެ ކަމަށް މީޑިއާ އޮފިޝަލު ބުންޏެވެ. އަދި ފާހަނާތައް ސާފުކުރާއިރު ވެސް ޕީޕީއީ އެޅުން ލާޒިމު ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން، ސްކޫލްގައި ހުއްޓައި، ހުން އައިސްގެން ކުއްޖަކު އައިސޮލޭޝަން ރޫމާ ހަމައަށް ވެސް ގެންދެވޭނީ ޕީޕީއީ އަޅައިގެން ކަމަށެވެ.

މި ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވާލްޑް ބޭންކުގެ އުސޫލް ކަމަށް އެޑިއުކޭޝަނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox