އުތުރު ކޮރެއާއިން ޓެސްޓު ކުރީ ހައިޕާސޮނިކް މިސައިލެއް

އުތުރު ކޮރެއާ އިން މިސައިލް ފޮނުވި މަންޒަރު ޓީވީއަކުން ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

އުތުރު ކޮރެއާ އިން މިސައިލް ފޮނުވި މަންޒަރު ޓީވީއަކުން ދައްކަނީ. -- ފޮޓޯ: އޭއެފްޕީ

މިދިޔަ އަންގާރަ ދުވަހު އުތުރު ކޮރެއާގެ އިރުމަތީ އައްސޭރިފަށުން ފޮނުވާލި މިސައިލަކީ މުޅިން އަލަށް އުފެއްދި ހައިޕާސޮނިކް މިސައިލެއް ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާ، ކޭސީއެންއޭ އިން ރިޕޯޓުކޮށްފި އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނީ އުތުރު ކޮރެއާގެ މިސައިލް ފޮނުވާލީ އިރުމަތީ އައްސޭރިފަށުން ކަނޑާ ދިމާލަށް ކަމަށެވެ. މިސައިލް ޓެސްޓު ކުރުމަށް ފަހު އުތުރު ކޮރެއާ އިން ބުނީ ހަތިޔާރު ޓެސްޓު ކުރުމުގެ ހައްގު އެ ގައުމަށް ލިބިގެންވާ ކަމަށެވެ.

ކޭސީއެންއޭ އިން ރިޕޯޓު ކުރި ގޮތުގައި މުޅިން އަލަށް އުފެއްދި ހައިޕާސޮނިކް މިސައިލް ސިސްޓަމާއެކު އުތުރު ކޮރެއާގެ ދިފާއީ ބާރު ވަރުގަދަ ވާނެ އެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން މިސައިލް ޓެސްޓު ކުރިއިރު އިންސްޕެކްޓު ނުކުރައްވާ ކަމަށް އެ ނޫހުން ބުންޏެވެ.

"ފުރަތަމަ ޓެސްޓު ލޯންޗުގައި ގައުމީ ދިފާއީ ސައިންޓިސްޓުން ވަނީ މިސައިލު ދަތުރު ކުރާ ގޮތް ކޮންޓްރޯލް ކުރުން ފަދަ ކަންކަން ކަށަވަރުކޮށްފައި،" އެ ނޫހުން ބުންޏެވެ. ހްވަސޮންގް-8 ގެ ނަން ދީފައިވާ މިސައިލް ފުރިހަމަ އަށް މަސައްކަތް ކުރި ކަމަށް ވެސް ނޫހުން ރިޕޯޓުކުރި އެވެ.

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ހަތިޔާރުގެ ވާދަވެރިކަމުގެ ތެރެއިން ސެޕްޓެމްބަރު 15 ވަނަ ދުވަހު އެ ދެ ގައުމުން ވެސް ބެލިސްޓިކް މިސައިލް ޓެސްޓު ކުރި އެވެ. އެ ދެ ގައުމުގެ ދެމެދުގައި ކުރި ހަނގުރާމަ ރަސްމީކޮށް ނިމުމަކަށް ގެނެސްފައި ނުވާތީ، ހަތިޔާރުގެ ވާދަވެރިކަން ވެސް ވަރަށް ބޮޑަށް އޮވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox