މަތިވެރީގައި ތިބީ ޓެރަރިސްޓުން ކަމަށް ޖާބިރު ވިދާޅުވުމުން މެމްބަރު ރަތަށް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި. -ފައިލް ފޮޓޯ: މަޖިލިސް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޖަލްސާއެއްގައި. -ފައިލް ފޮޓޯ: މަޖިލިސް

އއ. މަތިވެރީގައި ތިބީ ޓެރަރިސްޓުން ކަމަށް ބުނެ އެ ރަށުން މީހުން ބާލަން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލެއްވުމުން، އޭނާއާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެ ދާއިރާގެ މެމްބަރު ހަސަން ޒަރީރު މިއަދު މަޖިލީހުގައި ގޮވާލައްވައިފި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން، އެ ރަށު ރައްޔިތުން ނުކުމެ އަޑުއުފުލީ، އޭނާ އެ ރަށުގައި ހިންގާ ގެސްޓްހައުސަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ ހިތްހަމަނުޖެހުން ބޮޑުވެގެންނެވެ.

ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ އެ ބިމުގެ ކުލީގެ ގޮތުގައި ޖާބިރު 4.7 މިލިއަން ރުފިޔާ ދައްކަން އެބައޮތް ކަމަށް މަތިވެރީ ރައްޔިތުން ބުނެ އެވެ. ތުހުމަތު ކުރާ ގޮތުގައި 2017 ވަނަ އަހަރުން ފެށިގެން އެ ބިމަށް ކުލި ނުދައްކަ އެވެ.

މިފަހުން ޖާބިރު މަތިވެރި ކައުންސިލް ރައީސްއަށް އިންޒާރުތަކެއް ދިނުމަށް ފަހު ހުތުރުބަހުން މުއާމަލާތު ކުރައްވާ އޯޑިޔޯއެއް ވެސް އާންމުވެފައިވެ އެވެ. އެ ރަށަށް ޖާބިރު ވަޑައިގެންނެވުމުން ހަމަނުޖެހުން ހިނގީ އެ އޯޑިޔޯ ލީކްވުމަށްފަހު އެވެ.

މަތިވެރީ ރައްޔިތުންގެ ތެރެއިން ބަޔަކު ޖާބިރާ ދެކޮޅަށް އަޑުއުފުލައި، އޭނާއަށް ހަމަލާ ދިނުމުން ޖާބިރު އެންމެ ފުރަތަމަ ވަޑައިގެން ހިމާޔަތް ހޯއްދެވީ ޕޮލިސް ސްޓޭޝަނުންނެވެ.

ފަހުން އެސްއޯ ފުލުހުންގެ ފައުޖެއްވެސް ވަނީ އެ ރަށަށް އަރާ މެމްބަރަށާއި އާއިލާއަށް ހިމާޔަތް ދީފަ އެވެ. ޖާބިރާއެކު އޭނާ ބޭފުޅެއް ވެސް އެ ރަށުގައި ހުއްޓެވެ.

އެ މައްސަލަ ހޫނުވުމާ ގުޅިގެން، ޖާބިރަށް އިންޒާރުތައް ދެމުންދާކަމަށް ބުނެ އޭނާއަށް ސެކިއުރިޓީ ދޭން މަޖިލީހުން އެމްއެންޑީއެފްއަށް ވަނީ އަންގައިފަ އެވެ.

މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވަނީ ވިޔަފާރިވެރިންނަށް ރައްކާތެރި މާހައުލެއް ރާއްޖޭގައި މިހާރު ނެތް ކަމަށާއި ރާއްޖެއަކީ އިންވެސްޓަރުންނަށް އޮތް ރިސްކެއް ކަމަށް ވިދާޅުވެފަ އެވެ.

".ހާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގައި ވިޔަފާރިކުރެވެން ނެތް ވާހަކައާއި އަދި ޓޫރިޒަމަށް އިންވެސްޓް ނުކުރަން އަޅުގަނޑު މި ގޮވާލަނީ. ހަމަ މިހާރުން މިހާރަށް ރާއްޖޭގައި ޓެރަރިޒަމް ހުރި ރަށްތަކުގައި ގެސްޓްހައުސް. މަތިވެރި ކަހަލަ ރަށްރަށުން ގެސްޓްހައުސް ވިޔަފާރިތައް ހުއްޓައި، މީހުން ބާލައި ފަޅުކުރަންޖެހޭ ރަށްރަށް އެއީ،" ޖާބިރު އިއްޔެގެ ޖަލްސާގައި ވިދާޅުވި އެވެ.

ޖާބިރުގެ ވާހަކަތަކާ ގުޅިގެން، މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު މިއަދުގެ ޖަލްސާގައި ވަނީ ވަރަށް ބޮޑަށް ހިތްހަނުޖެހުން ފާޅުކުރައްވައިފަ އެވެ.

ޒަރީރު
ޒަރީރު

މަޖިލިސް މެމްބަރު ޒަރީރު

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގެ ބަހުސްގެ ތެރެއިން ޒަރީރު ވިދާޅުވީ މަތިވެރީގައި ޖާބިރު ހިންގަވާ ގެސްޓްހައުސަށް ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން އެއް މިލިއަން ރުފިޔާ ވަގުތުން ދައްކާނެ ކަމަށާއި، ބާކީ ހުރި ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކާނެ ކަމަށް ވިދާޅުވެ، ޖާބިރު އެ ރަށު ކައުންސިލަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

"އަދި މިހާތަނަށް އެއްވެސް ފައިސާއެއް ނުދައްކާ. މިއޮތީ ހެކި. މިއޮތީ ކާފީ ހެކި،" އެ ސިޓީ އަތްޕުޅަށް ނަންގަވައިގެން ޒަރީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ރައްޔިތުންނަކީ ޓެރަރިސްޓުންނަށް ހަދައި، އެ ރަށުން ރައްޔިތުން ބާލަންޖެހޭ ކަމަށް ޖާބިރު ވިދާޅުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

"އަޅުގަނޑު ސަރުކާރުގެ އެންމެހާ މުއައްސަސާތަކަށް ގޮވާލަން، އެފަދަ ވާހަކަތައް އެ ބޭފުޅާ [ޖާބިރު] ދައްކާތީ، އެ ބޭފުޅާއާމެދު ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅަން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox