އަމީންގެ މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވުނު

އަމީން މިއަދު ސުޕްރީމް ކޯޓުގައި: އަޑުއެހުން ކުރިއަށް ނުގެންދެވުނު

އަމީން މިއަދު ސުޕްރީމް ކޯޓުގައި: އަޑުއެހުން ކުރިއަށް ނުގެންދެވުނު

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ދޫކޮށްލި މައްސަލާގެ އިސްތިއުނާފު ޝަރީއަތް މިއަދު ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވުނެވެ.

ކުރިމިނަލް ކޯޓަށް ޝަރީއަތް ފެށުމުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުމެއްގައި އެ ކޯޓުން ކާމިޔާބު ނުވުމުން, ހައިކޯޓަށް ހުށަހެޅުމުން އޭނާގެ ކޮޅަށް މައްސަލަ ނިމި, ހައިކޯޓުން ވަނީ އަމީނަށް ކުރާ ދައުވާއަކީ ބާތިލް ދައުވާއެއް ކަމަށް ކަނޑައަޅާފަ އެވެ.

އެހެންވެ, ހައިކޯޓުގެ ހުކުމާއެކު އަމީން މިހާރު ބަންދުން ދޫކޮށްލާފައިވާއިރު, އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ވަނީ ހައިކޯޓުން ނެރެފަ އެވެ.

Advertisement

ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އިސްތިއުނާފު ކޮށްފައިވާތީ, މިއަދު ހެނދުނު ވަނީ އެ ކޯޓުގައި އަޑުއެހުމެއް ބާއްވާފަ އެވެ. ނަމަވެސް, އެ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތް ނުވީ އަމީންގެ ވަކީލަކު ނެތުމުންނެވެ.

އެންމެ ފުރަތަމަ އަމީންގެ ވަކީލެއްގެ ގޮތަށް އައްޔަންވެފައިވަނީ ދަށު ކޯޓުގައި އޭނާ ވެސް ތަމްސީލު ކުރާ ވަކީލް އަހުމަދު ޔާމީނެވެ. ނަމަވެސް, ފަހުން އޭނާގެ ބަދަލުގައި ވަކީލް އިސްމާއިލް ވިޝާމް އައްޔަން ކުރުމަށް މިއަދު ކޯޓަށް ވަނީ ފޯމް ހުށަހަޅާފަ އެވެ. އެ ފޯމްގައި ވަކީލް ވިޝާމްގެ ސޮޔާއި އިނގިލީގެ ނިޝާނެއް ނެތް ކަމަށް އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު މުހުތަސިމް އަދުނާން ވިދާޅުވި އެވެ.

އޭގެއިތުރުން އަމީން ވަނީ އޭނާގެ ބަލި ހާލަތު ރަނގަޅު ނޫން ކަމަށް ބުނެ އަޑުއެހުމުގައި ވާހަކަ ދައްކާފަ އެވެ. އަމީން ބުނި ގޮތުގައި, ރޭ ދަންވަރު ވެސް އޭނާ އުޅުނީ އައިޖީއެމްއެޗްގެ އީއާރްގަ އެވެ. އެހެންވެ, ސުޕްރީމް ކޯޓަށް މެޑިކަލް ސެޓްފިކެޓް ފޮނުވާފައިވާނެ ކަމަށް އަމީން ބުންޏެވެ.

މި މައްސަލައަކީ ހަތް ދުވަސް ތެރޭ ސުޕްރީމް ކޯޓުން ނިންމަން ޖެހޭ މައްސަލައެކެވެ.

އެހެންވެ, އިތުރު އަޑުއެހުމެއް މާދަމާއަށް ތާވަލު ކުރެއްވި އެވެ. އަދި, އަމީންގެ ވަކީލުން މާދަމާގެ އަޑުއެހުމަށް ހާޒިރުވެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އުއްތަމަ ފަނޑިޔާރު އެންގެވި އެވެ. އަދި ވަކީލުން ހާޒިރު ނުވާނަމަ, އެއީ މަގުބޫލު އުޒުރެއްކަން އެނގޭނެ ފަދަ ލިޔުންތައް ހުށަހަޅަން ވެސް އެންގެވި އެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރެއްގެ އަގުލަބިއްޔަތުން އަމީން ދޫކޮށްލަން ދެއްކެވި ސަބަބަކީ, އޭނާގެ މައްޗަށް ދެ ގާނޫނެއްގެ ދަށުން އިޖުރާއަތް ހިންގާފައިވުމެވެ. އެއީ ހާއްސަ ގާނޫނެއް ކަމަށްވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ޖިނާއީ އަދުލުގެ ނިޒާމުގެ އާންމު އިޖުރާއަތުތައް ބަޔާންކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނެވެ.

އަމީންގެ މައްޗަށް ބަންދު ޖަހާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް, ދައުވާ ކުރުމަށް މުއްދަތު ގުނާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ. ހައިކޯޓުން ކަނޑައެޅީ, ބަންދު ޖެހުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކޮށްފައިވާނަމަ, ދައުވާ ކުރުމުގައި ވެސް ގުނަން ޖެހޭނީ އެ ގާނޫނުގައިވާ މުއްދަތުތައް ކަމަށެވެ.

އެގޮތުގެ މަތިން އަމީންގެ މައްޗަށް ހައްޔަރުކުރިތާ 30 ދުވަސް ތެރޭ ދައުވާ ކުރަން ޖެހެ އެވެ. ނަމަވެސް, އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ 30 ދުވަސް ހަމަވިފަހުންނެވެ. ދައުވާކޮށްފައިވަނީ ޓެރަރިޒަމް ގާނޫނުގެ ދަށުން ލިބޭ 45 ދުވަސްވުމުގެ ކުރިންނެވެ.

އެހެންވެ, ދައުލަތުން އަމީންގެ މައްޗަށް ކުރި ދައުވާތަކަކީ ގާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އުފުލާފައިވާ ދައުވާތަކެއް ކަމުގައި ބެލެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައި އެ ދައުވާތައް ބާތިލުކުރީ އެވެ.

އަމީންގެ މައްޗަށް އޮތް ދެ ދައުވާ ބާތިލްކުރިއިރު އެއީ ސީރިއަސް ތުހުމަތުތަކެއް އޮތް ދެ ދައުވާ އެވެ.

އެގޮތުން ދައުވާގައި ބުނާ ގޮތުގައި، އައިއެސްގެ ރާއްޖޭގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ދީނީ ވަކި ވިސްނުމެއް ފެތުރުމަށް މަސައްކަތްކޮށްފައިވާތީ އެވެ. އަދި ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

މީގެ އިތުރުން ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމާ އެކު، އަފްގާނިސްތާނުގައި އޮތް އައިއެސް ޖަމާއަތުގެ ބައިގަނޑަކަށް، ރާއްޖޭގެ ސެލް ލީޑަރެއްގެ ގޮތުގައި މީހަކު ފޮނުވި ކަމުގެ ތުހުމަތު ވެސް ދައުލަތުން އަމީންގެ މައްޗަށް ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox