ބަންގްލަދޭޝްގައި މަންމައަކާއި ދަރިފުޅު 70 އަހަރު ފަހުން ބައްދަލުވެއްޖެ

އަބްދުލް ކުއްދޫސް މުންސީ 70 އަހަރު ފަހުން އޭނާގެ މަންމައާ ބައްދަލުވީ އިންޓަނެޓުގެ ސަބަބުން. -- ފޮޓޯ: އޭއެފްޕީ

އަބްދުލް ކުއްދޫސް މުންސީ 70 އަހަރު ފަހުން އޭނާގެ މަންމައާ ބައްދަލުވީ އިންޓަނެޓުގެ ސަބަބުން. -- ފޮޓޯ: އޭއެފްޕީ

ޑާކާ، ބަންގްލަދޭޝް (ސެޕްޓެމްބަރު 28) - އުމުރުން 80 އަހަރު ފުރިފައިވާ ބަންގްލަދޭޝްގެ ފިރިހެނަކު ގާތްގަނޑަކަށް 70 އަހަރު ފަހުން އޭނާގެ 100 އަހަރުވީ މަންމައާ ބައްދަލުވެއްޖެ އެވެ.

އަބްދުލް ކުއްދޫސް މުންސީ ބޮޑުބޭބެއާ އެކު ދިރިއުޅެން ފޮނުވާލީ އުމުރުން 10 އަހަރުގަ އެވެ. ނަމަވެސް ކުއްދޫސް އެ ގެއިން ފިލުމުން އޭނާ ގެއްލުނެވެ.

"މިއަދު މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދުވަސް،" އުމުރުން 82 އަހަރުގެ ކުއްދޫސް ބުންޏެވެ. އޭނާ އުފަންވީ 1939 ގައި އިރުމަތީ ބޯޑަރު ޑިސްޓްރިކްޓު ބްރާހްމަންބާރިއާ އަށެވެ.

ކުއްދޫސް މައިންބަފައިން ހޯދަން އެހީ އަށް އެދޭ ވީޑިއޯއެއް ވިޔަފާރިވެރިޔަކު ފޭސްބުކްގައި ޕޯސްޓު ކުރީ މިދިޔަ އޭޕްރިލް މަހު އެވެ. އެ ވީޑިއޯގައި އޭނާ ވަނީ މަންމަ އާއި ބައްޕަގެ ނަމާއި އޭނާ ނިސްބަތްވާ އަވަށުގެ ނަން ބުނެފަ އެވެ.

އަވަށުގައި ދިރިއުޅޭ ތިމާގެ މީހަކަށް އެ ވީޑިއޯ ފެނި ކުއްދޫސް އަށް ގުޅުމަށް ފަހު އޭނާގެ މަންމަ، މޮންގޯލާ ނެސާ، އަދިވެސް ދިރިހުރިކަމަށް އެންގި އެވެ.

މިހާރު ތިން ފިރިހެން ދަރިންނާއި ފަސް އަންހެން ދަރިންގެ ބައްޕަ، ކުއްދޫސް ވަނީ ހުޅަނގު ރާޖްޝާހީ ސިޓީން 350 ކިލޯމީޓަރު ދަތުރުކޮށް އަވަށަށް ގޮސްފަ އެވެ.

އޭނާ އާއި މަންމަ 70 އަހަރު ފަހުން ބައްދަލުވީ ފާއިތުވި ހަފުތާ ބަންދުގަ އެވެ. މަންމަ އަށް ކުއްދޫސް ވަކި ކުރަން އެނގުނީ ކުޑައިރު އަތަށް ލިބިފައި ހުރި ޒަހަމެއްގެ ލަކުނު ފެނުމުންނެވެ.

"އަހަރެންގެ މަންމަ މިހާރު ވަރަށް މުސްކުޅި، ރަނގަޅަށް ވާހަކައެއް ވެސް ނުދެއްކޭ. އަހަރެން ފެނުނީމަ އަތުގައި ހިފަހައްޓައިގެން އިނދެ މަންމަ ވަރަށް ރުއި. އަހަރެން މަންމަ ކައިރި ބުނިން މިހުރީ އެނބުރި އައިސްފަ އޭ. ދެން އެއްވެސް ކަމަކާ މަންމަ ވިސްނާކަށް ނުޖެހޭނެ އޭ،" ކުއްދޫސް ބުންޏެވެ.

"ކުއްދޫސް އާއި އޭނާގެ މަންމަ ވަރަށް ގިނަ ވަގުތު އެއްކޮށް ތިބެ ރޮއެ ހެދި،" ކުއްދޫސް އަށް ބޮޑުބޭބެ ކިޔާ ޝަފީގުލް އިސްލާމް ބުންޏެވެ.

"އެ އުފާވެރި މަންޒަރު ބަލަން ޖަމާވި އެތައް ސަތޭކަ މީހުން ވެސް ތިބީ ރޮވިފައި."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox