ޑިސްކައުންޓާއި ބިލް ހެދި މުއްދަތު؛ ކަރަންޓު ބިލް ބޮޑުވި ސަބަބުތައް!

ކަރަންޓު ބިލް ތަކެއް. ފޮޓޯ: ސޯޝަލް މީޑިއާ

ކަރަންޓު ބިލް ތަކެއް. ފޮޓޯ: ސޯޝަލް މީޑިއާ

މިދިޔަ ޖުލައި މަހު ސްޓެލްކޯއިން ގޭބީސީތަކަށް ފޮނުވި ކަރަންޓު ބިލް ބޮޑުވުމުން އާއްމުންގެ ފަރާތުން ލިބުނު ޝަކުވާގެ މައްސަލައަކީ ސަރުކާރުން ދިން ޑިސްކައުންޓާއި އީދު ބަންދުގެ މުއްދަތު އެ މަހުގެ ބިލު ހެދުމުގައި ހިމަނާފައި ނުވާތީވެ ކުރިމަތިވި ކަމެއް ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތީރިޓީން ބުނެފި އެވެ.

ޖުލައި މަހު ސްޓެލްކޯއިން ގޭބީސީތަކަށް ފޮނުވި ކަރަންޓު ބިލް ދެގުނަ އަދި ބައެއް ގެތަކަށް ތިން ގުނަ ބޮޑުވުމުގެ ޝަކުވާތަކެއް އާއްމުންގެ ފަރާތުން ވަނީ އޭރު ފާހަގަކުރެވިފަ އެވެ.

އެހެން ނަމަވެސް ސްޓެލްކޯއިން ވަނީ އެ ބިލްތައް ހަދާފައި ވަނީ ރަނގަޅަށް ކަމަށް ބުނެފަ އެވެ. އަދި އެގޮތަށް މެދުވެރިވީ ބިލް ކުރި އިރު ސަރުކާރުން ދިން ޑިސްކައުންޓްތައް ހިމަނާފައި ނުވާތީވެ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެ މައްސަލައިގަ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަރަންޓު ބިލް ބޮޑުވުމުގެ ސަބަބުން އާއްމުންގެ ފަރާތުން ލިބުނު ޝަކުވާގެ މައްސަލަ ޖުލައި 30 ވަނަ ދުވަހު އެ އޮތީރިޓީން ބަލަން ފެށި ކަމަށެވެ.

އަދި އެ މައްސަލަ ބަލަން ކުރި ދިރާސާތަކުން ކަރަންޓު ބިލް ބޮޑުވާން މެދުވެރިވި މައިގަނޑު ދެ ސަބަބެއް އެ އޮތޯރިޓީއަށް ފާހަގަކުރެވުނުކަމަށް ބަޔާނުގައިވެ އެވެ.

titledesc

ޔުޓިލިޓީ އޮތޯރިޓީން ފާހަގަކުރި އީދު ބަންދުގެ މުއްދަތަކީ ޖުލައި 19 އިން 30 އަށެވެ.

ސަރުކާރުން 40 ޕަސެންޓްގެ ޑިސްކައުންޓެއް ދިނީ، ކޮވިޑުގެ ހާލަތު މިދިޔަ އޭޕްރިލް މޭ މަސްތެރޭ ރާއްޖޭގައި ގޯސްވުމާ ގުޅިގެން އަނެއްކާވެސް އާއްމުންގެ އުޖޫރައަށް ކޮށްފާނޭ ނޭދެވޭ އަސަރަކަށް ލުޔެއް ދިނުމުގެ ގޮތުންނެވެ.

އެ މައްސަލައިގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ހެދި ދިރާސާ ރިޕޯޓް އެ އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ޝަކުވާތަކަށްފަހު ސްޓެލްކޯއިން ވަނީ އެކި މަހު ކަރަންޓު ބިލަށް އަންނަ ބޮޑެތި ބަދަލުތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އީކުއަލް ޕޭމަންޓް ޕްލޭން އެއް ވެސް ތައާރަފްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox