ނަޒާހާއަށް ކާމިޔާބެއް: އޭނާގެ އަޑުއިއްވަން ސުޕްރީމް ކޯޓުން ހުއްދަ ދީފި

ނަޒާހާ ސުޕްރީމް ކޯޓުގައި: އޭނާގެ އިސްތިއުނާފަށް ސުޕްރީމް ކޯޓުން ވަނީ ހުއްދަ ދީފައި

ނަޒާހާ ސުޕްރީމް ކޯޓުގައި: އޭނާގެ އިސްތިއުނާފަށް ސުޕްރީމް ކޯޓުން ވަނީ ހުއްދަ ދީފައި

ކުރީގެ ފިރިމީހާ ގަޔަށް ވަޅި ޖަހައި އޭނާ މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ މަރިޔަމް ނަޒާހާގެ އިސްތިއުނާފު މައްސަލައަށް ހުއްދަ ދޭން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

ވަރަށް ޒުވާން އުމުރުގައި ކައިވެނިކޮށް ދަރިއަކު ލިބުނު ނަޒާހާގެ މައްޗަށް ސާބިތުވެފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު)ގެ ބުރަކައްޓަށް ފަސް އިންޗީގެ ތިލައެއް ހުރި ވަޅިއެއް ހެރިކަމުގެ ކުށެވެ. އެކަން ކުރި ކަމަށް ނަޒާހާ ކުރިމިނަލް ކޯޓުގައި ވެސް ހައިކޯޓުގައި ވެސް އިންކާރެއް ނުކުރެ އެވެ.

އެކަމަކު, ޝާޑަށް ހަމަލާދެވުނީ ޝަރީއަތުގެ މަޖިލީހުގައި ނަޒާހާ ބުނެފައިވާ ގޮތުގައި އޭރު ތަހައްމަލު ކުރަން ޖެހިފައިވާ އަނިޔާގެ ސަބަބުން ނަފްސާނީ ހާލަތެއްގައި ހުރެގެންނެވެ. ނަމަވެސް, ހައިކޯޓުން ވެސް ނިންމާފައިވަނީ އެކަން ނަޒާހާއަށް ސާބިތުކޮށް ނުދެވޭ ކަމާއި އެކަމަކު ގަސްދުގައި މީހަކު މަރާލުމުގެ ހުރިހާ ރުކުނެއް ސާބިތުވާ ކަމަށެވެ.

ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް, އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިނުވަނީ ޝާޑުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައިވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ, ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ (25 އަހަރު) ގެ ޖަލު ހުކުމެއް އިއްވީ އެވެ.

ކުރިމިނަލް ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން ނަޒާހާގެ މައްޗަށް ހުކުމް އައީ 2015 ވަނަ އަހަރު އެވެ. އޭރު އޮންނަ ގޮތުންނަމަ, ހައިކޯޓުގެ ހުކުމެއް އިސްތިއުނާފުކުރަން ބޭނުންވާނަމަ, 60 ދުވަހުގެ ތެރޭ އެކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް, ނަޒާހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހަ އަހަރު ފަހުން, މިދިޔަ ޖުލައި މަހުގެ ތެރޭ އެވެ.

އެހެންވެ, ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލި އެވެ. އެ ނިންމުން ނަޒާހާގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކޮށްފައިވާތީ, މިއަދު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. އަޑުއެހުމުގައި ނަޒާހާ ވަނީ އިސްތިއުނާފީ ހައްގު އޭރު ދޫކޮށްލި ސަބަބުތައް ކިޔައިދީފަ އެވެ.

ޝަރީއަތުގައި މަޖިލީހުގައި ނަޒާހާ ބުނި ގޮތުގައި, އޭނާގެ މައްޗަށް ޝަރީއަތް ހިންގައި އެކަން މީޑިއާތަކަށް އަރަމުންދާތީ އާއިލާއަށާއި ހާއްސަކޮށް އޭނާގެ ފިރިހެން ދަރިފުޅަށް އޭގެ ސަބަބުން ފުރައްސާރަތައް ކުރިމަތިވެ, ނަފްސާނީ އަސަރުތައް ކުރަމުންދިޔަ ކަމަށެވެ. ސްކޫލުގައި ވެސް ދަރިފުޅަށް އެކަމާ ގުޅޭ ސުވާލުތައް އަމާޒުވަމުން ދިޔަ ކަމަށް ބުންޏެވެ.

އެހެންވެ, ސްޕްރީމް ކޯޓަށް ހުށަހަޅައިގެން އިތުރަށް ދަރިފުޅަށް އެ ވާހަކަތައް އަޑުއަހަން ޖެހޭނެ ގޮތްވުން ނަޒާހާ ބޭނުން ނުވީ އެވެ. އެކަމަކު, ކްލެމެންސީ ބޯޑަށް ހުށަހަޅައިގެން ހުކުމަށް ލުޔެއް ހޯދުމަށް އޭނާ މަސައްކަތް ކުރި އެވެ. ހައިކޯޓުން ވަނީ ނަޒާހާ އެދިއްޖެނަމަ އޭނާގެ ހުކުމް ލުއިކޮށްދެވިދާނެ ކަމަށް ކަނޑައަޅާފަ އެވެ.

އެގޮތުގެ މަތިން ނަޒާހާގެ ޖަލު ހުކުމުން ފަސް އަހަރު އުނި ކުރުމަށް ކްލެމެންސީ ބޯޑުން އޮތީ ނިންމާފަ އެވެ.

ނަޒާހާ ބުނި ގޮތުގައި, މިހާރު އޭނާގެ މައްސަލަ ސުޕްރީމް ކޯޓުގައި ގެންދަން ބޭނުންވާ ސަބަބަކީ ދަރިފުޅު ބޮޑުވެފައިވުމާއި ގާނޫނަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އޭނާއަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ. އޭނާ އެދުނީ ލަސްވިޔަސް, އެންމެ ފަހަރަކު ނަމަވެސް އަޑު ސުޕްރީމް ކޯޓުން އެހުމަށެވެ.

ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު "އަދަދު"އަށް މިއަދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ މިއަދު ވަނީ މައްސަލައަށް ހުއްދަ ދޭން ނިންމަވައި, އެކަން ނަޒާހާގެ ވަކީލުންނަށް އަންގާފަ އެވެ.

ސުޕްރީމް ކޯޓުން ނިންމި އެ ނިންމުމުގައި ބުނެފައިވަނީ ނަޒާހާގެ ހައްގުތައް ގެއްލޭ ފަދަ ސަބަބުތަކެއް ދަށުގެ ހުކުމް ބިނާވެފައިވުމުގެ އިހްތިމާލު ފާޅުކަން ބޮޑުކޮށް އެބަ އޮތް ކަމަށެވެ. އެހެންވެ, އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމަން ޖެހޭ ކަމަށެވެ.

ނަޒާހާގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ އުއްމީދަކީ ކުރިއަށް އޮތް ތަނުގައި ކަންކަން އިންސާފުވެރިކަމާއެކު ބެލި, ނަޒާހާގެ އަޑު ވެސް ޝަރީއަތުން އަޑުއެހުން ކަމަށެވެ.

ނަޒާހާގެ މައްސަލައަށް ސުޕްރީމް ކޯޓުން ހުއްދަ ދީފައިމިވަނީ އެކަމަށް ދައުލަތުން އިއުތިރާޒުކޮށްފައިވަނިކޮށެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ވަކީލް ފާތިމަތު ޝިފާޒާ ވިދާޅުވި ގޮތުގައި, އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތުގެ ބޭރުން މައްސަލައެއް ބަލައިގަނެވޭނީ އަމިއްލަ ބާރު ނުހިނގާ ފަދަ މަގުބޫލު ސަބަބެއް އޮންނަ ހާލަތްތަކުގައި އެކަނި ކަމަށެވެ. ނަމަވެސް, ނަޒާހާ ދައްކާ ސަބަބުތަކަކީ އެފަދަ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މީގެކުރިން ވެސް ސުޕްރީމް ކޯޓުން އިސްތިއުނާފު މުއްދަތު ހަމަވި ފަހުން ހުށަހެޅި ބައެއް މައްސަލަތަކަށް ހުއްދަ ދީފައި ވެ އެވެ. އެގޮތުން ދީބާޖާ މައްސަލައަކީ ފާހަގަ ކުރެވޭ މައްސަލައެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަނާކުރިތާ ފަސް އަހަރުވީ ޕްލާސްޓިކް ހޮޅި ހުއްދަކޮށްފި

ރާއްޖެއަށް އެތެރެކުރުން މަނާކޮށްފައިވާ ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި، 2031 ވަނަ އަހަރާ ހަމައަށް އެތެރެކުރެވޭ ގޮތަށް ސަރުކާރުން އަލުން ހުއްދަ ދީފި. މީގެ އިތުރުން، ވަކި ސައިޒުތަކެއްގެ ފެންފުޅި އާއި ބުއިންތައް ބަންދުކުރާ ޕްލާސްޓިކް ފުޅި މަނާކުރުމަށް ކަނޑައަޅާފައިވާ ތާރީހުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ.

ޕްރެސްތަކަށް އަދަދުގެ ނޫސްވެރިން ނުވައްދާ މައްސަލަ ކޯޓަށް

ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް "އަދަދު" ނޫހުގެ ނޫސްވެރިންނަށް ނުވަދެވޭ ގޮތަށް ނިންމި ނިންމުން ބާތިލުކުރުމަށް އެ ނޫހުން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދުމުގެ ހައްގަށް އުނިކަން އަންނަ، ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށެވެ.

އިންޑިއާއަށް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން އެދުނު

ކުރީގެ ސަރުކާރުން ނެގި ދަރަންޏެއްގެ ބާކީ އޮތް 50 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދޭން ދިވެހި ސަރުކާރުން އެދުނު ނަމަވެސް، އިންޑިއާއިން އެކަމަށް އިންކާރުކުރި. މީގެ ކުރިން އެކި ފަހަރުމަތިން މި ދަރަނި ރޯލްއޯވާކޮށްދީފައިވާއިރު، މިހާތަނަށް އިންޓްރެސްޓުގެ ގޮތުގައި އެރި 49 މިލިއަން ޑޮލަރު ވެސް ދ

ޔޭޔޭ ޕެކެޓަށް އަޅައިގެން ބޭރު ފައިސާ ބޭރުކުރަން އުޅުނު މައްަސަލައ

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ހިންގި އޮޕަރޭޝަނެއްގައި، 3.8 މިލިއަން ރުފިޔާގެ ބޭރު ފައިސާއާއެކު ހަ ބިދޭސީއަކު އެއާޕޯޓުން ހައްޔަރުކުރި. ސީރިއަލް ޕެކެޓްތަކުގައި ފޮރުވައިގެން ރާއްޖެއިން ބޭރުކުރަން އުޅުނު މި ފައިސާތަކުގެ ތެރޭގައި 18 ގައުމެއްގެ ފައިސާ ހިމެނޭ.

ޔާމީނުގެ ވެރިކަމުގައި ޝަރުއީ ދާއިރާ މިނިވަނެއް ނޫން: މުއިއްޒު

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން ހައްޔަރުކޮށް، ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވެ ރައީސް މުއިއްޒު އެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ވިލިމާލެއިން ދުވަސްވީ ނިކަގަސް ވަގަށް ކެނޑި މައްސަލަ ނުބަލާ

ވިލިމާލޭގެ ކުޑަކުދިންގެ ޕާކެއްގައި ހުރި ދުވަސްވީ ބިޔަ ނިކަގަހެއް ވަގަށް ކަނޑާލި މައްސަލަ ފުލުހުން ބަލަމުން ނުދާކަން އެ މުއައްސަސާއިން ބުނި. ސިޓީ ކައުންސިލުން އެ ގަސް ކަނޑާލި ބަޔަކު ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެފައިވާއިރު، މި ހާދިސާ ހިނގާފައިވަނީ ވިލިމާލޭގައި ފްލެޓް އެޅުމާއި ގަސް ކެނޑުމާ މެދު އާންމުންގެ މެދުގައި ހިޔާލުތަފާތު.

ހުލާސާކޮށް އިއްޔެ: ބޭންކިން ނިޒާމުގެ ޑޮލަރުގެ ދަތިކަން

ބޭންކިން ނިޒާމުގެ ތެރެއިން ޑޮލަރު ޓްރާންސްފާ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އިންޑިއާއަށް ދައްކަންޖެހޭ ބައެއް ދަރަނިތައް ސަރުކާރުން ވަނީ އަދާކޮށްފައެވެ. ސިޔާސީ ގޮތުން ޕީއެންސީން 2028 ގެ ރިޔާސީ ކެންޑިޑޭޓަކާ މެދު އެއްބަސްވުމަކަށް އައިސްފައިވާއިރު، ކުރީގެ ރައީސް ޔާމީން ވަނީ މިހާރުގެ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މީގެ އިތުރުން، ހާބަރު ސަރަހައްދު ތަރައްގީކުރުމަށް އެތަނުގައި ހުރި ފުޑް ކޯޓުތައް ހުސްކުރުމަށް އެސްޓީއޯއިން ވަނީ އަންގާފައެވެ.

Newsletter

Get the latest news delivered straight to your inbox