ޖަރުމަނުގައި 16 އަހަރު ވަންދެން އޮތް ސިޔާސީ ހަމަޖެހުމަށް ލޮޅުން އަރައިފި!

ޖަރުމަނު އިންތިހާބުން ކުރި ހޯދީ ސޯޝަލް ޑިމޮކްރެޓުން. -- ފޮޓޯ: އޭއެފްޕީ

ޖަރުމަނު އިންތިހާބުން ކުރި ހޯދީ ސޯޝަލް ޑިމޮކްރެޓުން. -- ފޮޓޯ: އޭއެފްޕީ

ބާލިން، ޖަރުމަން ވިލާތް (ސެޕްޓެމްބަރު 27) - ޖަރުމަނުގެ އިންތިހާބުގައި ސޯޝަލް ޑިމޮކްރެޓުން ހަނި ގޮތަކަށް ކުރި ހޯދުމާއެކު 16 އަހަރު ވަންދެން އެ ގައުމުގައި އޮތް ސިޔާސީ ހަމަޖެހުމަށް ލޮޅުން އަރައިފި އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ސޯޝަލް ޑިމޮކްރެޓް (އެސްޕީޑީ) އަށް ލިބިފައި ވަނީ ވޯޓުގެ 25.7 ޕަސެންޓެވެ. ޗާންސެލަރު އެންޖެލާ މާކަލްގެ ސީޑީޔޫ-ސީއެސްޔޫ އަށް ލިބުނު ވޯޓު ވަނީ މީގެ ކުރިން ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް 24.1 ޕަސެންޓަށް ވެއްޓިފަ އެވެ.

އެސްޕީޑީން ޗާންސެލަރު ކަމަށް ކަނޑައެޅި ކެންޑިޑޭޓް، މިހާރުގެ ފިނޭންސް މިނިސްޓަރު އަދި ވައިސް ޗާންސެލަރު އޯލާފް ޝޯލްޒް ވިދާޅުވީ އެ ޕާޓީއަށް އެންމެ ބޮޑު ޕަސެންޓޭޖެއް ލިބުމުން، ސަރުކާރެއް ހެދުމުގެ ބާރު ލިބިފައިވާ ކަމަށެވެ.

ފާއިތުވި 16 އަހަރު ޗާންސެލަރު ކަމުގައި މާކަލް ހުންނެވިއިރު، ޖަރުމަނުގައި ސިޔާސީ ހަމަޖެހުން ގާއިމްވެފައި އޮތް ނަމަވެސް، މި އިންތިހާބަށް ފަހު އެ ގައުމުގެ ސިޔާސީ ކުރިމަގާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

އުމުރުން 63 އަހަރުގެ ޝޯލްޒް ވިދާޅުވެފައި ވަނީ އަމާޒަކީ އަންނަ ޑިސެމްބަރު މަހުގެ ކްރިސްމަސް ޗުއްޓީ ފެށުމުގެ ކުރިން ސަރުކާރެއް އުފެއްދުން ކަމަށެވެ.

ޝޯލްޒްގެ އެސްޑީޕީއަށް އެންމެ ބޮޑު ޕަސެންޓޭޖެއް ލިބުނު ނަމަވެސް، ސީޑީޔޫ-ސީއެސްޔޫ ކޯލިޝަނުން ވެސް ބޭނުން ވަނީ އެހެން ޕާޓީތަކާއެކު ކޯލިޝަނެއް ހަދާށެވެ.

ތިން ވަނަ އަށް އެންމެ ބޮޑު ތާއީދެއް އޮތީ 11.5 ޕަސެންޓު ވޯޓާއެކު އެފްޑީޕީ އަށެވެ. އެހެންކަމުން އެ ޕާޓީއާއެކު ކޯލިޝަން އެއްބަސްވުމަކަށް އައިސް ޕާލިމެންޓުގެ މެޖޯރިޓީ ކަށަވަރު ކުރެވޭ ޕާޓީއަކަށް ސަރުކާރު ހެދުމުގެ ފުރުސަތު ލިބޭނެ އެވެ.

އެސްޕީޑީ އަށް 206 ގޮނޑި ލިބިފައި ވާއިރު، ސީޑީޔޫ-ސީއެސްޔޫ އަށް ލިބިފައި ވަނީ އެއަށް ވުރެ 10 ގޮނޑި މަދުންނެވެ. ޑިސެމްބަރު މަހުގެ ކުރިން ސަރުކާރެއް ގާއިމް ނުކުރެވިއްޖެ ނަމަ މާކަލް ވެގެން ދާނީ ޖަރުމަނުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ޗާންސެލަރަށެވެ.

ފަސް ވަނަ ދައުރަކަށް ޗާންސެލަރު ކަމަށް ކުރިމަތިލައްވަން ބޭނުންވެވަޑައިނުގެންނެވި މާކަލް އަކީ އަދިވެސް ޖަރުމަނުގައި އެންމެ މަގްބޫލު ސިޔާސީ ލީޑަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox