ކޮންޓްރޯލް އޮތް ބޭފުޅެއް ވަޒަންކުރަން ގިނަ މެންބަރުން ވޯޓުލާން ނުކުންނާނެ؟

އެމްޑީޕީގެ އިންތިހާބު ކުރިއަށްދަނީ: މުޅި ރާއްޖޭގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި ވަނީ ބަހައްޓާފައި -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އެމްޑީޕީގެ އިންތިހާބު ކުރިއަށްދަނީ: މުޅި ރާއްޖޭގައި 200 އަށް ވުރެ ގިނަ ވޯޓު ފޮށި ވަނީ ބަހައްޓާފައި -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

މިހާރު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބު, އެ ޕާޓީއަށް ވަރަށް މުހިންމެވެ. އެއް ބަޔަކު ބުނަނީ ޕާޓީގެ އަސާސްތައް ދަމަހައްޓައި ކޮރަޕްޝަނުން މިންޖުކުރަން ވެއްޖެ ކަމެވެ. އަނެއް ބައެއްގެ ޝިއާރަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމެވެ.

މި އިންތިހާބު, އެމްޑީޕީއާ އައިސް ލައިގަތީ ޕާޓީގެ އިސް ލީޑަރު, ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ހިޔާލު ތަފާތު ފާޅުގައި ބިޔަ ބޮޑު ދެ ފެކްޝަން އުފެދިފައިވަނިކޮށެވެ.

އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަން, ގައުމީ މަޖިލިސް އިންތިހާބު ކުރަން ގިނަ ބަޔަކު ވޯޓުލާން މި ފަހަރު ނުކުންނާނީ ވެސް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވާ ގޮތުގައި, އެ ސަބަބަށްޓަކަ އެވެ.

Advertisement

"ޕާޓީއަށް ވެފައި އޮތް ގޮތާއި، އަދި ވަމުންދާ ގޮތް އެއީ ކީ މި ޕާޓީގެ މެމްބަރުން ބަލަން ތިބޭނެ ކަމެއް ނޫން އެކަމުން އަރާގަތުމަށް ޕާޓީގެ މެންބަރުން ނިކުންނާނެ." ހަސަން ލަތީފް ވިދާޅުވި އެވެ.

މިއަދު ހެނދުނު 9:00 ޖަހާއިރުން ފެށިގެން އެމްޑީޕީގެ އިންތިހާބު ކުރިއަށް ދާއިރު ވޯޓު ލުމުގެ ހައްގު ލިބިފައިވާ 90،000 އަށް ވުރެ ގިނަ މެމްބަރުން އެބަ ތިއްބެވެ. އެކަމަކު, ސުވާލަކީ އެ އެންމެން ވޯޓުލާން ނުކުންނާނެތޯ އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ބަލާއިރު، އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުން ވޯޓުލަން ނިކުމެފައި ނުވާކަން އެ ޕާޓީގެ އިސްބޭފުޅުން ފާހަގަކުރައްވަ އެވެ. އެއީ, އެ ޕާޓީގެ އަމާޒެއް ނެތި އެ އިންތިހާބުގައި މަސައްކަތް ކުރުމުން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެހެންކަމުން ޕާޓީ އެތެރޭގެ މަޝްރަހު ހޫނުވެފައިވާ ދަނޑިވަޅުގައި އާންމު މެމްބަރުން ވޯޓުލާން ނިކުންނާނެތޯކަމާމެދު ސުވާލު އުފައްދަނީ އެހެންވެ އެވެ.

އަންދާޒާ ކުރަނީ ތަފާތު މަންޒަރަކަށް، ގިނަ ބަޔަކު ވޯޓުލާނެ ކަމަށް!

ޕާޓީގެ ޗެއާޕާސަން އަދި އިންތިހާބު ކޮމިޓީގެ މުގައްރިރުކަން ކުރައްވަމުން ގެންދަވާ ހަސަން ލަތީފް ވިދާޅުވީ މި އިންތިހާބަށް މެމްބަރުންގެ ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ.

އެހެން ވިދާޅުވާ ސަބަބުތައް އޭނާ ދެއްކެވި އެވެ.

ހަސަން ލަތީފް ވިދާޅުވި ގޮތުގައި ވޯޓުލާން ގިނަ އަދަދެއްގެ މެމްބަރުން ނިކުންނާނެ ކަމަށް ގަބޫލުކުރެވުނީ އޮފިޝަލުން ހޯދަން ކުރި މަސައްކަތުގެ ތެރެއިންނެވެ. އޮފިޝަލުންގެ ގޮތުގައި ނަގާފައި ވަނީ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި މާ ބޮޑަށް ނޫޅޭ މެމްބަރުންނެވެ.

އޭނާ ވިދާޅުވީ ކޮންމެ މެމްބަރަކުވެސް ކޮންމެވެސް ކެންޑިޑޭޓަކަށް ތާއީދުކުރާތީ ނުވަތަ، އެ ކެންޑިޑޭޓެއްގެ ކެމްޕެއިންގްގައި ކޮންމެވެސް ސިފައެއްގައި ބައިވެރިވާތީ އެ މަސައްކަތުގައި ދަތިތަކެއް ދިމާވި ކަމަށެވެ. އަދި އޮފިޝަލުން ލިބުނު މިންވަރު މަދުވި ކަމަށެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ހަސަން ލަތީފްއަކީ ރައީސް ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ބަރުލަމާނީއަށް ތާއީދުކުރައްވާ ކަމަށް އެ ދުވަހުގެ ބައްދަލުވުމުގައި ތަކުރާރުކޮށް ވިދާޅުވެ، ނުސީދާ ގޮތެއްގައި ރައީސް ނަޝީދުގެ ފެކްޝަންގެ ކެންޑިޑޭޓުންނަށް ވޯޓުދޭން އެދިވަޑައިގެންނެވި އެވެ.

އެމްޑީޕީ ދެ ފެކްޝަންގެ ވާދަވެރި އިންތިހާބު ފަށައިގެން ކުރިއަށް!

ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލޭގެ 15 ސްކޫލަކާއި، ސޯޝަލް ސެންޓަރުގެ އިތުރުން، މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގެ ތެރެއިން ތިން ރަށް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ސްކޫލުގަ އެވެ.

ޖުމްލަ 284 ވޯޓު ފޮށި ބަހައްޓާއިރު ރާއްޖޭގެ މީހުން ހުރިހާ ރަށެއްގައި ވޯޓުލުން ކުރިއަށްދާނެ އެވެ. އޭގެ ތެރެއިން 94 ފޮށި ބަހައްޓާފައިވަނީ މާލޭގަ އެވެ. އަދި 190 ފޮށި ބަހައްޓާފައި ވަނީ އެހެން ރަށްތަކުގަ އެވެ.

މި އިންތިހާބުގައި ޖުމްލަ 97 ދާއިރާއަކަށް 730 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ، 87 ދާއިރާގެ ރައީސުންގެ މަގާމާއި ހަ ޕްރޮވިންސް ރައީސުންގެ މަގާމުގެ އިތުރުން ހަތަރު ސިޓީއެއްގެ ރައީސުންގެ މަގާމެވެ. މި އިންތިހާބުގެ ވޯޓުލުން ނިންމާނީ ހަވީރު 5:00 ޖަހާއިރެވެ.

ކޮންޓްރޯލް އޮތް ބޭފުޅާމެދު ބޮޑު ސުވާލެއް

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ އަގުލަބިއްޔަތު އޮތީ ރައީސްއަށެވެ. މިހާރު ހިނގަމުންދާ ގައުމީ މަޖިލީހުގެ ކޮންޓްރޯލް ވެސް ރައީސްއަށް އެބަ އޮތެވެ. އެކަން ގައުމީ މަޖިލީހުން ފާސްކުރާ ގަރާރުތަކަށް ވޯޓު ލިބޭ ގޮތާއި އެންމެ ފަހުން ބޭއްވި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ އިންތިހާބުން ހާމަވި އެވެ.

އެ ޕާޓީގެ އިސްތިއުނާފް ކޮމެޓީއަށް، ގައުމީ މަޖިލިސްގެ މެމްބަރުންގެ ވޯޓުން ނުވަ މެންބަރުން އިންތިހާބުކުރިއިރު، ވާދަ ކުރި 18 މީހުންގެ ތެރެއިން ކާމިޔާބު ކުރީ ވެސް ރައީސް ސޯލިހުގެ ކެންޑިޑޭޓުންނެވެ. އެހެންކަމުން މިއީ ޕާޓީގެ އެންމެ ބާރުގަދަ ގުނަވަން ކަމަށްވާ ގައުމީ މަޖިލިހުގެ ކޮންޓްރޯލް ރައީސް ސޯލިހުގެ އަތުގައި އޮތް ކަމުގެ ޝައްކެއް ނެތް މިންވަރުގެ ހެކި ކަމަށް އެމަނިކުފާނަށް ތާއީދު ކުރާ ފަރާތްތަކުން ބުނެ އެވެ.

"ރޭގައި ހޮވުނު ނުވަ ކެންޑިޑޭޓުންނަކީ ވެސް ރައީސް ސޯލިހުގެ ކެންޑިޑޭޓުން. ރައީސް ނަޝީދު ވެސް ނުވަ ކެންޑިޑޭޓުން ނެެރުއްވި، އެކަމަކު އެކަކު ވެސް ނުހޮވުން. މީގެން މި ބުނެދެނީ ވަރަށް ބޮޑު ވާހަކައެއް. އަދި މި ޔަގީންވީ ޕާޓީ ތެރޭގައި ތާއީދު ކުރީ ކޮން ބޭފުޅަކަށްކަން،" އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވެފައިވެ އެވެ.

އެ އިންތިހާބުގެ ކުރިން ޕާޓީގެ އެތެރޭގެ ކޮންޓްރޯލް ކުރެއްވުމުގެ މަސައްކަތް ރައީސް ސޯލިހާއި ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އެމްޑީޕީގެ އެންމެ ގިނަ ދުވަސްވީ އެއް މެމްބަރު ހަސަން އަފީފް ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހަކީ އަދާލަތު ޕާޓީގެ މެމްބަރެއްތޯ ސުވާލު ކުރެއްވުމުން އެ މައްސަލަ ބަލައިދިނުމަށް އެމަނިކުފާނު ވަނީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ހުށަހަޅުއްވައިފަ އެވެ.

އޭގެ ކުރިން، ކުއްލި ނުރައްކާ ގަރާރު ފާސް ކުރަން ޖަލްސާ ބޭއްވި ރޭ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްއާ ރައީސް ސޯލިހު ބައްދަލު ކުރެއްވި އެވެ. އަދި އެންމެ ބޮޑު ކަމެއްގައި ފާހަގަ ކުރެވުނީ، ވެރިކަން ހިންގުމުގެ ކަންކަމުގައި ނަޝީދާ މަޝްވަރާ ކުރައްވަންޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމުންނެވެ.

"ސިޔާސީ ބައެއް ކަންތައްތަކުގައި ރައީސް ނަޝީދާ އަޅުގަނޑާ ބައެއް ފަހަރު ހިޔާލު ތަފާތުވޭ. އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުގައި ވެސް އެމަނިކުފާނު ނިންމަވާ ބައެއް ނިންމުންތަކަށް އަޅުގަނޑަށް ކަމުނުގޮސް އަޅުގަނޑު ހުންނާނެ އަޅުގަނޑަށް ފެންނަ ގޮތް ހާމަކޮށްފަ. އެހެންނަމަވެސް ވެރިކަމުގައި އެމަނިކުފާނު ހުންނެވިއިރުގައި އަމަލު ކުރައްވާނީ ވަރަށް ބޮޑަށް ވިސްނަވައިފަ. ވަށައިގެން ހުރި ހުރިހާ ކަންތައްތަކަށް ބައްލަވާފަ. ބައެއް ފަހަރު އަޅުގަނޑު ވިސްނުމާ އިދިކޮޅަށް، އަޅުގަނޑު ހުށަހަޅާ ހިޔާލުތަކާ އެއްގޮތްނުވާ ގޮތަށް ކަންތައްތައް ނިންމަވާ. އެއީ މައްސަލައެއް ނޫން،" ރައީސް އޯގަސްޓު 11، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް, އާންމު މެންބަރުންގެ މެދުގައި މަގްބޫލްކަން އޮތީ ނަޝީދަށް ކަމަށް އެ ޕާޓީގެ ބައެއް އިސް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. މިއަދު ވޯޓު ފޮށިތައް ދޮށަށް އެ ނުކުންނަނީ ޕާޓީގެ އާންމު މެންބަރުންނެވެ. އެހެންވީއިރު މި އިންތިހާބަކީ އަނެއްކާ ވެސް ޕާޓީގެ ކޮންޓްރޯލް އޮތީ ކޮން ބޭފުޅެއްގެ އަތުގައިތޯ ވަޒަން ކުރަން ލިބޭ ފުރުސަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox