މަހުލޫފަށް ވާދަކުރެވުނަސް، އެ ނިންމުމާމެދު ޗެއާޕާސަންގެ ނުރުހުން

އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް: މަހުލޫފާ ގުޅޭ ނިންމުމަށް ފާޑުވިދާޅުވި - ފޮޓޯ: އަދަދު

އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފް: މަހުލޫފާ ގުޅޭ ނިންމުމަށް ފާޑުވިދާޅުވި - ފޮޓޯ: އަދަދު

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާއި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމުގައި ފުށުއެރުންތަކެއް ހުރި ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގެ ފަހުގެ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވަނީ ބައެއް ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ނިންމުމުން އެކަމާއި ހިންހަމަނުޖެހުން ފާޅުކުރައްވައި, އެ ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.

ކަން ހިނގާ ދިޔަ ގޮތް

އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ކުރިމަތިލެއްވި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި، މާލޭ ދާއިރާގެ ރައީސް ކަމަށް ކުރިމަތިލެއްވި ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީންގެ ކެންޑިޑެންސީ އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީއިން ބާތިލްކުރީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ދެބޭފުޅުނަށް ވެސް އަމާޒުވެފައި ވާތީ އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އިންތިހާބުތަކުގައި ވާދަކުރުމުގެ ޝަރުތަކަކީ އެ ޕާޓީގެ މެންބަރަކަށްވުން އެކަންޏެވެ. އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަންޖެހެނީ ގާނޫނުއަސާސީ އާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައިވާނަމަ، އެ ޝަރުތަކަށެވެ.

ނަމަވެސް، ގައުމީ މަޖިލީހުގެ އިންތިހާބަށް ހުޅުވާލައި، ބައެއް ކެންޑިޑޭޓުން ފޯމް ވެސް ހުށަހެޅި ފަހުން ގައުމީ ހިންގާ ކޮމެޓީން ވަނީ އާ ޝަރުތަކެއް މަތިކޮށް އެކަން ފާސްކޮށްފަ އެވެ. އެއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނާއި މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓެއްގައި ކުށެއް ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ވާދަ ނުކުރެވުމެވެ.

އެ ޝަރުތުގެ މަތިން މަހުލޫފަށާއި، އަކްރަމްއަށް ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިިއިރު، ރިޔާސީ ކޮމިޝަނުން އެކުލަވައިލި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ލިސްޓުގައި އެ ދެބޭފުޅުންގެ ނަން އެބައޮތެވެ.

އެ ނިންމުން ޝަކުވާ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީއިން ވެސް ނިންމީ އަކުރަމަށް ވާދަ ކުރެވޭނެ ކަމާއި މަހުލޫފަށް ވާދަ ނުކުރެވޭނެ ކަމަށެވެ. އެ މައްސަލަ މަހުލޫފު އިލެކްޝަނަށް ހުށަހެޅުމުން, އެ ކޮމިޝަނުން އެމްޑީޕީއަށް އެންގީ އަސާސީ ގަވައިދުގައި ނެތް ޝަރުތެއް ކަނޑަނޭޅޭނެ ކަމަށެވެ. އެ ކޮމިޝަންގެ އެ އެންގުމާއެކު މަހުލޫފު އެމްޑީޕީގެ ޝަކުވާތައް ބެލުމުގެ އެންމެ މަތީ ގުނަން ކަމަށްވާ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅި އެވެ.

އެ މަޖިލީހުން ނިންމީ މަހުލޫފަށް ވާދަ ކުރެވޭނެ ކަމަށެވެ. އެއީ, އޭނާގެ ޝަކުވާ ބެލި ގޮތް ގޯސްވުމުންނެވެ. ނަމަވެސް, އާ ޝަރުތެއް ކަނޑައެޅުމަކީ ގޯހެއް ނޫން ކަމަށް އެ މަޖިލީހުން ވެސް ދެކެވެ އެވެ.

އެހެންވެ, ހިންގާ ކޮމިޓީން ފާސްކޮށްފައި އޮތް ޝަރުތު އެގޮތުގައި ދެމި އޮވެ, އެ ޝަރުތު ކަނޑައެޅުން ގޯސް ނޫން ކަމަށް އިސްތިއުނާފު މަޖިލީހުން ނިންމާފައިވީ ނަމަވެސް, އެ ޝަރުތަށް ނުފެތޭ މަހުލޫފަށް އިންތިހާބުގައި ވާދަ ކުރެވެ އެވެ. އޭނާގެ ނަން މިހާރު ލިސްޓްގައި ވެސް އެބަ އޮތެވެ.

މި ނިންމުން އެމްޑީޕީގެ ޗެއާޕާސަން ބަލައިނުގަތް

ހަސަން ވިދާޅުވީ އިސްތިއުނާފް ފަނޑިޔާރުންގެ ކޮމިޓީގެ ނިންމުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުން ބަދަލުކުރުމަކީ އިންތިހާބީ ކޮމިޓީއަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް, އެމްޑީޕީގެ ގައުމީ މަޖިލީހަށާއި، ޕާޓީގެ ހިންގާ ކޮމިޓީއަށް އެ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާކަން ފާހަގަކުރެއްވި އެވެ.

އަޅުގަނޑު 6 ފަހަރު ކިޔައިފިން އިސްތިއުނާފް ފަނޑިޔާރުންގެ ނިންމުން، އަޅުގަނޑަކަށް އަދިވެސް ގަބޫލެއް ނުކުރެވޭ އަދި ނުވެސް ވިސްނޭ، އޭގައި އެ ވިދާޅުވާ ސަބަބެއް، ކީއްވެގެން ކަމެއް ވާދަކުރެވެންވީ އެ ބޭފުޅުންނަށް.

ހަސައިން ލަތީފް ވިދާޅުވީ ކޮމިޓީން އެކުލަވައިލި ލިސްޓުގައި ވާދަކުރެވޭ ކެންޑިޑޭޓުން ކަނޑައަޅާފައި ވަނީ ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކަށް ސިޓީން ދަންނަވައިގެން ކަމަށެވެ. ކެންޑިޑޭޓުންގެ ލިސްޓު އެ އިދާރާތަކަށް ހިއްސާކުރުމަށްފަހު، އިންތިހާބުގައި ވާދަނުކުރެވޭނެ ފަރާތްތައް ވަކިކުރީ އެމްޑީޕީގެ ތެރެއިން ނޫން ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އިސްތިއުނާފް ފަނޑިޔާރުންގެ ނިންމުމަކީ ނިންމުމެއް ކަމަށް ބަލާ އަޅުގަނޑުމެން އިންތިހާބައިގެން ކުރިއަށް މިދަނީ. އެއީ އެ ނިންމުން މިއަދާ ހަމައަށް ބަދަލުކޮށްފައި ނެތީމައި

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހަކީ ކޮބާ؟

އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން ބޮޑުވެފައި އޮތްވައި، ޕާޓީގެ ބާރުގަދަ ގުނަން ކަަމަށްވާ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ޕާޓީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތާއިދު ކުރެއްވި ކެންޑިޑޭޓުން އިންތިހާބުވެފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހެވެ.

އަނަސް އަބްދުއްސައްތާރު، މއ. ބަޑިކުޅިމާލެ، މާލެ

އަހުމަދު ރިޝްވާން، އާލަމް، ހއ. ދިއްދޫ

އިބްރާހިމް މުހައްމަދު ދީދީ، ލެގޫން ވިއު، ސ. ހިތަދޫ

އަހުމަދު މައުރޫފު، ނިއު ލައިޓް، ލ. ކަލައިދޫ

ފާތިމަތު އިނާޝާ، ހ. ގްރީން ފެހި، މާލެ

ހުސައިން ރަޝީދު، ތިބުރޯޒުގެ، ތ. އޮމަދޫ

އާދަމް މާހިރު، މެޑޯޒް، ރ. އަލިފުށި

އަހުމަދު ނިޝާދު، ނޫރު، މ. ދިއްގަރު

ނައުޝާދު އަބްދުލް އަޒީޒު، ސުވޭދާ މަންޒިލު، އއ. ރަސްދޫ

އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ޒިންމާއަކީ އެމްޑީޕީގެ އަސާސީ ގަވާއިދުގެ އެއްވެސް ކަމަކާ މެދު މެމްބަރަކު ޝަކުވާއެއް އިސްތިއުނާފްކުރަން ބޭނުންވާ ނަމަ އެ ޝަކުވާ ބެލުމެވެ. މީގެ އިތުރުން އަސާސީ ގަވާއިދު މާނުކުރުމާ މެދު އުފެދޭ ހުރިހާ ދެބަސްވުންތަކުގެ ހައްލަށް ވެސް އެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށް އަސާސީ ގަވާއިދުގައިވެ އެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގައި ފަސް އަހަރުގެ ދައުރަކަށް ހޮވާ އެ މަޖިލިސް އެކުލެވިގެންވާނީ ރައީސާއި އަށް މެމްބަރުންގެ މައްޗަށެވެ.

ފަސް އަހަރުގެ ދައުރު ހަމަވުމުން، އިތުރު ދައުރަކަށް އެ މެމްބަރަކު އިންތިހާބު ވެސް ކުރެވެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނަށް އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގައި ނުތިބެވޭނެ އެވެ. ގައުމީ މަޖިލީހަށް ހޮވިއްޖެ ނަމަ އެ މީހެއްގެ މަގާމް ގެއްލޭނެ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox