މަސްދަރު ހާމަކުރާ މާއްދާ އުނިކުރަން މީޑިއާ ކައުންސިލުން ގޮވާލައިފި

އަބުރާ ބެހުމުގެ ގާނޫނާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ. -- ފޮޓޯ: އަވަސް

އަބުރާ ބެހުމުގެ ގާނޫނާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ. -- ފޮޓޯ: އަވަސް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، ނޫސްވެރިންގެ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭ ގޮތަށް އޮތް މާއްދާގެ ސަބަބުން ނަހަމަ ގޮތުގައި މަސްދަރު ހާމަކުރަން އެ މާއްދާ ބޭނުންކުރުމުގެ ފުރުސަތު ހުޅުވިގެންދާކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކަންބޮޑުވުން ފާޅުކޮށް އެ މާއްދާ އުނިކުރުމަށް ގޮވާލައިފި އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ ބިލުގައި ވަނީ ޝަރީއަތް މެދުވެރިކޮށް ނޫސްވެރިންގެ މަސްދަރު ހާމަކުރެވިދާނެ ހާލަތްތަކެއް ކަނޑައަޅައި ބަޔާންކޮށްފަ އެވެ. އެ މާއްދާއާ ގުޅިގެން އެމްއެމްސީ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މާއްދާއަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބޭފަދަ މާއްދާއެއް ކަމަށެވެ.

އެމްއެމްސީގެ ބަޔާނުގައި ވަނީ އެ މާއްދާ އެގޮތަށް އޮވެ، މިހާރު ބަހުސް މަރުހަލާގައި އޮތް އެ ބިލު ފާސްވެއްޖެނަމަ ގާނޫނުއަސާސީއިން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ނިގުޅައިގަނެވި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެކަމަށް ބުނެފަ އެވެ.

އަދި އެފަދަ ގޮތަކަށް ގާނޫނެއް ފާސްވުމަކީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހޯދަމުންދާ ކުރިއެރުންތައް ހުއްޓިދާނެ އަދި އެކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ބައިނަލްއަގްވާމީ އެތައް ގޮންޖެހުމެއް ކުރިމަތިވެދާނެ ކަމެއް ކަމުގައި އެމްއެމްސީގެ ބަޔާނުގައި ވެ އެވެ.

އެހެންކަމުން 2016 ވަނަ އަހަރު އައި އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ސަބަބުން ރާއްޖޭގެ މީޑިއާތަކަށް ލިބިގެންދިޔަ ގެއްލުންތަކުން ފިލާވަޅު ލިބިގަނެ، ހެއްކާބެހޭ ބިލުން ވެސް ފާހަގަކުރެވުނު ބައިތައް އުނިކުރުމަށް ކައުންސިލުން ސަރުކާރާއި ރައްޔިތުންގެ މަޖިލީހަށް ވަނީ ގޮވާލާފަ އެވެ.

އަދި އެ މައްސަލައިގަ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއާ ބައްދަލުކުރުމަށާއި އެ މާއްދާ އިސްލާހު ކުރަން ކުރަންޖެހޭ އެންމެހާ ކަމެއް ކުރުމަށް މިއަދު ބޭއްވި ކައުންސިލް ޖަލްސާގައި ފާސްކޮށްފައިވާކަމަށް ވެސް އެމްއެމްސީގެ ބަޔާނުގައިވެ އެވެ.

(ކަނާތުން ދެވަނައަށް) މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ. ސަހުބާން ވަނީ ސަރުކާރުން ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިންގެ މަސްދަރު ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭނެ ގޮތަށް އޮތް މާއްދާއާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފަ. ފޮޓޯ: މަޖިލިސް
(ކަނާތުން ދެވަނައަށް) މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ. ސަހުބާން ވަނީ ސަރުކާރުން ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިންގެ މަސްދަރު ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭނެ ގޮތަށް އޮތް މާއްދާއާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފަ. ފޮޓޯ: މަޖިލިސް

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުން. ކައުންސިލުން ވަނީ ސަރުކާރުން ހުށަހެޅި ހެއްކާ ބެހޭ ބިލުގައި ނޫސްވެރިންގެ މަސްދަރު ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭނެ ގޮތަށް އޮތް މާއްދާއާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފަ. ފޮޓޯ: މަޖިލިސް

ބިލުގަ ބުނަނީ ކީކޭ؟

ޖުމްލަ 151 މާއްދާ ހިމެނޭ އެ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ ނޫސްވެރިޔަކަށް ވަކި މައުލޫމާތެއް ދިން މީހަކީ އޭނާއަކީ ކާކުކަން ހާމަނުކުރާނެ ކަމުގައި އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިނީ ކާކުކަން ޝަރީއަތަށް ހާމަކުރަން އެ ނޫސްވެރިޔާ ނުވަތަ ނޫހުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް އެ އަކުރާ ޖެހިގެން އޮންނަ އަކުރުގައި ވަނީ އެ އިމްތިޔާޒް އިސްތިސްނާ ކުރެވިދާނެ ހާލަތެއް ބަޔާންކޮށްފަ އެވެ.

titledesc

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާފައިވާ ބިލުގައި ބޭނުމެއް ކަމަށް ބުނެފައިވަނީ 1976 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ހެއްކާބެހޭ ގާނޫނަކީ ޒަމާނާ ނުބައްދަލު ގާނޫނެއް ކަމަށްވާތީ، އޭގެ ބަދަލުގައި ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމެވެ.

ރާއްޖޭގައި ޒަމާނީ ހެއްކާބެހޭ ގާނޫނެއް ނެތް މައްސަލައަކީ ގާނޫނީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް އެކަމާއި ދޭތެރޭ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމެކެވެ.

އަބުރުގެ ގާނޫނުން ވީ ކިހިނެތް؟

މީގެ ފަސް އަހަރު ކުރިން ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމުގެ ވެރިކަމުގައި ވުޖޫދަށް އައި އަބުރާ ބެހުމުގެ ގާނޫނުގައި ވެސް ބިލުގެ މަރުހަލާގައި އެންމެ ފުރަތަމަ އޮތީ ނޫސްވެރިންގެ މަސްދަރު ޝަރީއަތް މެދުވެރިކޮށް ހާމަކުރެވޭނެ ގޮތަށެވެ. ފާޑުކިޔުންތަކާއެކު ފަހުން އެ ބިލު ފާސްވެގެން ދިޔަ އިރު އެބައި ވަނީ އުނިކޮށްފަ އެވެ.

އަބުރާ ބެހުމުގެ ގާނޫނާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ. ފޮޓޯ: އަވަސް
އަބުރާ ބެހުމުގެ ގާނޫނާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ. ފޮޓޯ: އަވަސް

އަބުރާ ބެހުމުގެ ގާނޫނާއި ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ. ފޮޓޯ: އަވަސް

މިހާރު އަބުރާ ބެހުން މަދަނީ މިންގަނޑުން ކުށެއް ގޮތަށް އޮތްނަމަވެސް އޭރުގެ ގާނޫނުގެ ދަށުން ނޫސްވެރިޔަކާ ދެކޮޅަށް އަބުރާ ބެހުމުގެ ޖިނާއީ ދައުވާ އުފުލުމަށް އެ ގާނޫނުން ތަންދެ އެވެ. އަދި ބޮޑެތި އަދަދުތަކުން ނޫސްވެރިންނާއި ނޫސްތައް ޖޫރިމަނާކޮށް ބައެއް ނޫސްތައް ވަނީ އޭރު ބަންދު ވެސް ކޮށްފަ އެވެ.

އެ ގާނޫނުގެ ދަށުން އަބުރާ ބެހުން މާނަކޮށްފައި އޮތް ގޮތަށް ވެސް ގާނޫނީ ބައެއް ފަރާތްތަކާއި ނޫސްވެރިންގެ ފަރާތުން ބޮޑެތި ފާޑުކިޔުންތަކެއް އޭރު ވަނީ އަމާޒުކޮށްފަ އެވެ. އެ ގާނޫނު އުވާލީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox