ސްޓެލްކޯ މައްސަލައިގެ ވަރުގަދަ ރިޕޯޓު އެސްއޯއީ ކޮމެޓީން ފާސްކޮށްފި

ސްޓެލްކޯ އިންޖީނުގެތައް މަތިން ފެންނަ ފޮޓޯއެއް: ސަބް ކޮމެޓީގެ ރިޕޯޓަށް ބާ ބޮޑު ބަދަލުތަކެއް ނުގެނޭ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ސްޓެލްކޯ އިންޖީނުގެތައް މަތިން ފެންނަ ފޮޓޯއެއް: ސަބް ކޮމެޓީގެ ރިޕޯޓަށް ބާ ބޮޑު ބަދަލުތަކެއް ނުގެނޭ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

މާލެއަށް ކަރަންޓު ދިނުމަށް ސްޓެލްކޯއިން ބޭނުން ކުރަމުން އަންނަ އިންޖީނުތަކުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އަންގައި އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސާސް ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

ސްޓެލްކޯ ޖަނަރޭޓަރުތަކުގެ އަޑާއި ވަހާއި ވައިބްރޭޝަނާއި ދުމުގެ ސަބަބުން ގ. ފެހިހިރި އާއި ގ. ރަސްރޯނު އަދި އެ ސަރަހައްދުގެ އެހެން ގެތަކަށް ގެއްލުންވަމުންދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސާސް ކޮމެޓީ އަދި ތިމާވެއްޓާ ބެހޭ ކޮމެޓީގެ ފަރާތުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓުގައި، ސްޓެލްކޯގެ ޕަވާ ހައުސްތައް ސައުންޑް ޕްރޫފް ކުރުމަށާއި ދުންހޮޅިތައް އުސްކުރުން ފަދަ މަސައްކަތް ކުރުން އަންގާފައިވެ އެވެ.

Advertisement

މައި ކޮމެޓީން މިއަދު އެ ރިޕޯޓު ފާސް ކުރީ އެންމެ އިސްލާހެއް ގެނައުމަށްފަހު އެވެ. އެއީ ސްޓެލްކޯއަށް ނަގާފައިވާ، މަގުތަައް ހުޅުވުމަށް އެ ރިޕޯޓުގައި ލިޔެފައިވާ ނުކުތާ އެވެ. މާ ބޮޑު އެހެން މައްސަލަތަކެއް އެ ރިޕޯޓުން މެމްބަރުން ފާހަގަކޮށްފައެއް ނުވެ އެވެ.

ސަބް-ކޮމެޓީގެ ރިޕޯޓު މައި ކޮމެޓީއަށް ފޮނުވަން މެމްބަރުން އިއްތިފާގުން މިއަދު ފާސްކުރިއިރު ވަރަށް ގިނަ ހޯދުންތަކާއެކު ސްޓެލްކޯ އަދި ސަރުކާރަށް ރައްދުވާ ގޮތަށް ޖުމްލަ ހަތް ރިކޮމެންޑޭޝަން ފާސްކޮށްފައިވެ އެވެ. އެއީ:

  1. ބެކަޕް ޖަނަރޭޓަރުތައް ސައުންޑް ޕްރޫފް ކުރުމާއި ވައިބްރޭޝަން ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމާއެކު ދުންހޮޅިތައް އުސްކުރުން. އަދި ބެކަޕް ޖަނަރޭޓަރުތައް އަޕްގްރޭޑް ކުރާނެ ގޮތުގެ ޕްލޭނެއް 45 ދުވަހުގެ ތެރޭގައި އެކުލަވާލުން.
  2. ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ޕޮލިސީ ލެވެލްގައި ގޮތްތަކެއް ނިންމުމަށް އެދުން.
  3. ސްޓެލްކޯ އިންޖީނުގެތައް ހިންގަނީ ގަވާއިދާ އެއްގޮތައްތޯ ބެލުމަށް މޮނީޓާ ކުރުމަށް ޔުޓިލިޓީ ރެގިއުލޭޝަން އޮތޯރިޓީއަށް އެންގުން. އަދި ވައިގެ ކޮލިޓީ އާއި ވައިބްރޭޝަން އަސަރު ދަނެގަނެވޭނެ ލެބޯޓަރީ ސާމާނު ހޯދައި އެކަމަށް މުވައްޒަފުން ތަމްރީނު ކުރުން.
  4. މުސްތަގްބަލުގައި މާލެއަށް ކަރަންޓުދޭން ނިންމާފައި ވަނީ ތިލަފުށި އަދި ހުޅުމާލެއިން ކަމަށްވާތީ އެ ޕްރޮޖެކްޓުތައް ސުންގަޑިތަކަށް ނިންމުމަށް ސަރުކާރުގެ އިދާރާތައް ގުޅިގެން، ބަދަހިކޮށް މަސައްކަތް ކުރުން.
  5. ސްޓެލްކޯގެ ތެޔޮ ރައްކާ ކުރާ ތާނގީތަކުން ނުރައްކާތެރި ހާދިސާއެއް ނުހިނގާނެކަން ކަށަވަރުކޮށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުން.
  6. ވަގުތީ ގޮތުން ބޭނުން ކުރުމަށް ސްޓެލްކޯއާ ހަވާލުކޮށްފައިވާ މަގުތައް އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލުން.
  7. އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

އެ މައްސަލައިގައި ސްޓެލްކޯއިން އަބަދުވެސް ބުނަމުންދިޔައީ އުނދަގޫ ވަނީ އަދި ގަވާއިދާ ހިލާފަށް ގެތަކާ 200 ފޫޓު ކައިރިން ބަހައްޓާފައި ހުރި ޖަނަރޭޓަރުތަކަކީ މާލެއަށް ބޭނުންވާ ކަރަންޓު ދިނުމަށް އެމަޖެންސީކޮށް ބަހައްޓާފައިވާ ޖަނަރޭޓަރުތަކެއް ކަމަށެވެ. އަދި ހުޅުމާލޭގައި ގާއިމްކޮށްފައި ހުރި 50 މެގަވޮޓްގެ ބިޔަ ޖަނަރޭޓަރު މާލެއާ މިހާރު ގުޅާލާފައި އޮތުމުން ކުދި ޖަނަރޭޓަރުތައް ބަންދުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

ސްޓެލްކޯ ޖަނަރޭޓަރުތަކުގެ މައްސަލަ ސަބް-ކޮމެޓީން ނިންމާފައި މި ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމާފައި އޮއްވަ އެވެ. އަދި އެ ގެތަކުގެ މީހުންނަށް ހުޅުމާލެއިން ގޯތި ދޫކުރުމަށް އެ ކައުންސިލުން ވަނީ ރައީސް އޮފީހުގައި އެދިފަ އެވެ.

"ތޮއްޖެހިފައި އޮތް މާލޭ ތެރޭގައި މިހާ ބޮޑު ބިމެއްގައި އެހާ މީހުންނަށް ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުން އުނދަގޫވާ ތަނެއް ހުރުމަށްވުރެ، މާލެއިން ބޭރަށް ތިލަފުއްޓަށް ނޫނީ އެހެން ތަނަކަށް ނަމަވެސް ބަދަލުވުމަކީ ލޯންގް ޓާމްގައި ހަގީގަތުގައި ޓެކްނިކަލީ އެންމެ ރަނގަޅު ގޮތް ކަމަށްވާނީ ސްޓެލްކޯ ރިލޮކޭޓްވުން،" މަޖިލީހުގައި ވާހަކަ ދައްކަވަމުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް, ސަރުކާރުގެ ވިސްނުމަކީ ސްޓެލްކޯގެ ކުދި ޖަނަރޭޓަރުތައް ހުޅުމާލެއަށް ބަދަލު ކުރުމަށް މިހާރު ކުރަމުންދާ ޕްރޮޖެކްޓު ނިމުމުން މައްސަލަ ހައްލުވީ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމާމެދު ސީދާ ރައީސް އޮފީހުން އެއްޗެއް ބުނަފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަމުން ސްޓެލްކޯ ސަރަހައްދުގައި ދިރިއުޅޭ މީހުން ވަނީ އެމީހުންނަށް ލިބޭ ގެއްލުންތަކާއި ވަމުންދާ އުނދަގޫތައް ހިއްސާކޮށްފަ އެވެ. އަދި އެދިފައި ވަނީ ދާއިމީ ހައްލެއް ހޯދައިދީ އެހެން ސަރަހައްދަކަށް އެމީހުން ބަދަލުކޮށްދިނުމަށެވެ.

"އެމީހުން ނުވިސްނާނެ ދޯ އަޅުގަނޑުމެން އެ ސަރަހައްދުގައި އުޅޭ ވިއްސަކަށް މީހުންނަކަށް؟ އެމީހުން ވިސްނަވާނީ މުޅި މާލެއަށް ކަަރަންޓު ދެވޭތޯ. އެއީ ޖަނަރޭޓަރުތައް އެބަ ހިންގަންޖެހޭ އެ ސަރަހައްދުގައި. ކަރަންޓު ވެސް ދޭންޖެހޭ އެބަ. އެހެންވީމަ އެތަން އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ބާއްވާފައި އަޅުގަނޑުމެން މޫވްކޮށްލަދޭށޭ (މި ދަންނަވަނީ)،" އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox