ސުޒޭނުގެ މާޒީން، މިހާރަށް ކުރަހައިދޭ ތަސްވީރު

ސުޒޭން ޒުވާން ދުވަސްވަރު (ވ) އަދި މިހާރުގެ ފޮޓޯއެއް. --އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

ސުޒޭން ޒުވާން ދުވަސްވަރު (ވ) އަދި މިހާރުގެ ފޮޓޯއެއް. --އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)

އަޅުގަނޑު 1990ގެ އަހަރުތަކުގެ ފަހުކޮޅު ދިވެހި ފުޓްބޯޅަ ބަލަން ފެށިއިރު ލޮލުގައި އެންމެ ބޮޑަށް އަޅައިގަތީ ވިކްޓްރީ ސްޕޯޓްސް ކްލަބުގެ 20 ނަމްބަރު ޖާޒީގައި ކުޅެމުން އައި ކުޅުންތެރިޔާ އެވެ. އިސްކޮޅުން ދިގެވެ. ޖާނުން ވަރުގަދަ އެވެ. ޖެހިލުން ކުޑަ އެވެ. ބޮލުގައި އޮތީ ވަރުގަދަ ޑްރެޑްލޮކް އިސްތަށިގަނޑެކެވެ.

އިންޑިވިޖުއަލް ހުނަރަށް ބަލާއިރު އޭނާ އަކީ އެވްރެޖް ކުޅުންތެރިއެކެވެ. ސީނިއާ ގައުމީ ޓީމުން ޖާގައެއް ނުލިބެ އެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހެދި އޭރު ވެސް އޭނާ ހާއްސަ އެވެ. އޭނާ އަކީ ޕްރޮފެޝަނަލް އުސޫލުން ނުވަތަ މުސާރައަށް ރާއްޖޭގައި އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެން ފެށި އެކެކެވެ.

އެ ކުޅުންތެރިޔަކީ، މިހާރު ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހެޑްކޯޗު އަލީ ސުޒޭނެވެ.

ވިކްޓްރީގެ ދެ ނަމްބަރު ޓީމުގެ ގޮތުގައި އޭރު އޮތް ޔުނައިޓެޑް ވިކްޓްރީގެ ޖާޒީގައި 1986 ވަނަ އަހަރު ތިން ވަނަ ޑިވިޝަނުން ކެރިއަރު ފެށި ސުޒޭން، އޭގެ ފަހުން ވިކްޓްރީ އަށް ކުޅުމަށް ފަހު، މަހު މުސާރައަށް ކްލަބް ބަދަލުކުރީ 1991 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެލެންސިއާ އަށެވެ. އޭރުގެ ތަރިން ކަމަށްވާ މޯނިންސަން މޫސާމަނިކު (ކުޑަމޫސަ) އާއި ދޮންބިލެތް އަހުމަދު ހަލީމުގެ ކުރިން، ވެލެންސިއާ އިން ސުޒޭނުގެ ސޮއި ހޯދި އެވެ.

ވެލެންސިއާގެ ރީނދޫ ޖާޒީގައި ކާމިޔާބުތަކެއް ހޯދުމަށް ފަހު ކްލަބް ލެގޫންސް އާއި އޯކިޑް ސްޕޯޓްސް ކްލަބަށް ވެސް ކުޅުމަށް ފަހު 1998 ވަނަ އަހަރު ސުޒޭން އެނބުރި ވިކްޓްރީ އަށް ދިޔަ އެވެ. އަދި އެ ޓީމާ އެކު 2000 ވަނަ އަހަރުގެ އެފްއޭ ކަޕާއި ގައުމީ މުބާރަތް ކާމިޔާބުކުރި އެވެ.

ސުޒޭން 2001 ގައި ވިކްްޓްރީ އަށް ކުޅެނީ.
ސުޒޭން 2001 ގައި ވިކްްޓްރީ އަށް ކުޅެނީ.

ސުޒޭން 2001 ގައި ވިކްްޓްރީ އަށް ކުޅެނީ.

އެކަމަކު ސުޒޭންގެ ކެރިއަރު ނިންމާލަން ޖެހުނީ ލަށްގަނޑަކާ އެކު އެވެ. 2001 ވަނަ އަހަރު އައިއެފްސީ އާއި ވިކްޓްރީގެ މެޗަކަށް ފަހު ހިނގި ހަމަނުޖެހުމުގެއްގެ ސަބަބުން އޭނާ އަށް އަދަބު ލިބުނެވެ. އެކަމަކު އެ އަޑިގަނޑުން އޭނާ އަރައިގަތީ އެހާމެ އަވަހަށެވެ. ޖެހިގެން އައި 2002 ވަނަ އަހަރު ވިކްޓްރީ ގައުމީ ތަށި ދެ ވަނަ ފަހަރަށް މިލްކުކުރަން ނުކުތްއިރު ހެޑްކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ގެ އެހީތެރިޔަކަށް ހުރީ ސުޒޭނެވެ. މާއްޓޭ އެހެން ޒިންމާތަކެއް ނަގަން ޖެހުމާ އެކު ޓީމުގެ ތަމްރީންތައް ކުރިއަށް ގެންދިޔައީ ސުޒޭނެވެ. އޭނާގެ ހިއްސާއާ އެކު ވިކްޓްރީން ތަށި މިލްކުކުރުން ވެގެންދިޔައީ ސުޒޭނުގެ ކޯޗިން ކެރިއަރުގެ ކުރީކޮޅު ލިބުނު ބޮޑު ކާމިޔާބަކަށެވެ.

މާއްޓޭ ފަހުން އައިއެފްސީ އަށް ދިއުމުން ވިކްޓްރީގެ ކޯޗުގެ ގޮނޑި ލިބުނީ ސުޒޭނަށެވެ. ބޮޑެތި އެހެން ޓީމުތަކުން ބިދޭސީ ކޯޗުންނަށް ބަރޯސާވީ ނަމަވެސް ވިކްޓްރީން ސުޒޭނަށް އިތުބާރުކުރީ އެވެ. އޭނާ ވަނީ ކޯޗިން ކެރިއަރުގައި ވިކްޓްރީ އަށް ގައުމީ މުބާރާތް ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ކާމިޔާބުކޮށްދީފަ އެވެ.

ފަހުން އައިސް ވިކްޓްރީ ހިންގުމުގައި ވެސް ސުޒޭން މަސައްކަތްކުރި އެވެ. ހަވީރު އޭނާ އަކީ ކޯޗެވެ. ރޭގަނޑު އޭނާ އަކީ ކްލަބަށް ފައިސާ ވައްދަން މަސައްކަތްކުރި ހިންގުންތެރިއެކެވެ.

އޭނާ އަކީ އޭރު ފުޓްބޯޅައިގެ ފޯރިގަދަކުރަން ނޫސްތަކަށް ވަރުގަދަ ސުރުހީތަކެއް ވެސް ދިން ކޯޗެވެ. 2006 ގެ ގައުމީ މުބާރާތުގެ ފުރަތަމަ ސެމީން ނިއުގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގުމުން ހުއްޓާލި މެޗަށް ފަހު ނިއުގެ އޭރުގެ ޗެއާމަން އަލީ އާޒިމްއާ ދެމެދު ހިނގައިދިޔަ ބަހުގެ ހަނގުރާމަ ސަޕޯޓަރުން ހަނދާން ހުންނާނެ އެވެ. ވިކްޓްރީގައި "ސަޕޯޓަރުން ނުތިބޭނެ ކަމަށް" އާޒިމް ބުނުމުން ސުޒޭން ރައްދުގައި ބުނީ "އާޒިމް ބުނީ ތެދެއް ކަމަށާއި ވިކްޓްރީގައި ދަނޑަށް ފުޅިއުކާ ސަޕޯޓަރުން ނުތިބޭނެ" ކަމަށެވެ.

2007 ގައި ނިއުގެ ޖަރުމަން ކޯޗު ގާޑް ފްރިޑްރިކްއާ އަދި ފަހުން 2009 ގައި ކަޅައިދޫ ޒުވާނުންގެ ޖަމިއްޔާގެ ކޯޗު ޓަކޯފް ޓަރަޑޯފްއާ ދެމެދު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި ފޯރިގަދަ ޒުވާބުތަކެއް ވެސް ހިނގި އެވެ. ސުޒޭނަކީ އޭރު ނޫސްވެރިންގެ ބައްދަލުވުންތަކުގެ "ތަރި"އެކެވެ. އޭނާ އަކީ ހިތުގައި އޮންނަ ކޮންމެ ވާހަކައެއް ޖެހިލުމެއް ނެތި ބުނެލާ ކޯޗެކެވެ. އޭނާގެ ހަމަލާތަކުން އެފްއޭއެމެއް، ކޯޗެއް، ކުޅުންތެރިއެއް އަދި ނޫސްވެރިއެއް އިސްތިސްނާއެއް ނުކުރާނެ އެވެ. އެހެންވެ ވިކްޓްރީ ބަލިވާން ދާ ނަމަ ޕްރެސް ބޮކްސްގެ ތެރޭ ނޫސްވެރިންގެ މެދުގައި ކުރިއަށްދާ ބަހުސަކީ "ސުޒޭން މިއަދު ރުޅިގަނޑު ބާލާނީ ކާކަށްހޭ؟" އެވެ.

ސުޒޭން (ކ-4) ވިކްޓްރީ ބެންޗުގައި.
ސުޒޭން (ކ-4) ވިކްޓްރީ ބެންޗުގައި.

ސުޒޭން (ކ-4) ވިކްޓްރީ ބެންޗުގައި.

ނޫސްވެރިންނާ ދޭތެރެ ދޭތެރެއިން ކުނި ޖެހުނަސް ސުޒޭނަކީ މީޑިއާގެ ވަރަށް ގާތް ރައްޓެސެކެވެ. އޭގެ ހެއްކަކީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފެށިގެން ކޮންމެ ބޮޑު މުބާރާތެއްގައި ޓީވީއެމްގެ މެޗު އެނަލިސްޓަކަށް އޭނާ ދާ ދިއުމެވެ. އަދި ހަމަ އެ އަހަރު ތައާރަފްކުރި "ހަވީރު އެވޯޑްސް" ގެ ފަނޑިޔާރުކަން ގަވާއިދުން އޭނާ ކޮށްދިނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔަކީ އެ އެވޯޑްސްގެ މޭސްތިރިޔާ، އޭރުގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ މުހައްމަދު ޝަހީބެވެ. ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ނެގިއިރު، ލަންކާ އަށް ފައިނަލް މެޗު ބަލަން ދިޔައީ ދެ އެކުވެރިންނެވެ.

އަދި ޝަހީބު ވެސް ހިމެނިގެން އެފްއޭއެމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އެކުލަވާލި މާކެޓިން އެންޑް މީޑިއާ ކޮމިޓީގައި އިސްކޮށް ހުރީ ވެސް ސުޒޭނެވެ. އެ މުބާރާތަށް ހާއްސަކޮށް ތައްޔާރުކޮށް ފަހުން މުޅި ރާއްޖޭގައި ވައިގައި ހިފި "މި ފަހަރު އަހަރެމެންގެ ފަހަރު" ޝިޔާރަކީ ސުޒޭނުގެ ސިކުނޑިން ނެރުނު އެއްޗެކެވެ. އަދި އެ މުބާރާތަށް ހާއްސަކޮށް ގައުމީ ޓީމުގެ ޖާޒީ ވިއްކަން ފެށުމަކީ ވެސް އޭނާގެ ހިޔާލެކެވެ.

އެ ފަހަރު ގައުމީ ޓީމު ކޭމްޕް ދިއުމަށް މެލޭޝިއާ އަށް ފުރިއިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރެއިން އޭރުގެ ޒުވާން ފޯވާޑް އަސްހަދު އަލީ (އަޑުބަރޭ) ޓީމުގެ ކިޓް މެނޭޖަރު ހަސަން ނިޒާރު (ލައްޓި ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވުމުން ބޮޑޭ އަށް ފުރޭ ގޮތް ނުވުމުން ޖެހިގެން އައި ހުކުރު ދުވަހު ބޮޑޭ އަށް ޕާސްޕޯޓް ހައްދައިދީ އެ ދުވަހުން އެ ދުވަހަށް ފުރުވައިދީ ސުޒޭނެވެ. ރަސްމީ ޒިންމާއެއްގެ ތެރެއިން ނޫނެވެ. ގައުމީ ކަމެއްގެ ގޮތުގަ އެވެ.

ސުޒޭނަކީ ކުޅިވަރުގެ ކޮންމެ ގޮވާލުމެއްގައި އަބަދުވެސް އެންމެ ކުރީ ސަފުން ފެންނަ އެކެކެވެ. އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން ކުޅުނު ފަންޑްރައިޒިން މެޗާއި ޝީގެ ފަންޑްރައިޒިން މެޗު އިންތިޒާމުކުރުމުގައި އޭނާ އަމިއްލަ ހައިސިއްޔަތުން އިސް ދައުރެއް އަދާކުރި އެވެ.

ފުޓްބޯޅައަކީ އޭނާގެ ލެޔާ ގުޅިފައިވާ ކަމެކެވެ. އެއީ އޭނާގެ އާއިލީ ސަގާފަތެކެވެ. ބައްޕަ ހަސަން އަލީ އަކީ ކްލަބް އީގަލްސްގެ މުއައްސިސެކެވެ. މާފަންނުގެ ޒުވާންކުދިންކޮޅެއްގެ އެދުމުގެ މަތިން އީގަލްސް ރަޖިސްޓްރީކޮށްދީ އެ ކްލަބަށް އެހީވެދިނެވެ. ސުޒޭނުގެ ބޭބެ އަހުމަދު ރިޔާޒް (ގާނާ) އަކީ ވިކްޓްރީގެ ރަންޒަމާނުން ފެށިގެން ކްލަބް ބަލިއެނދުގައި އޮތްއިރު ވެސް ހިދުމަތްތެރިއެކެވެ. ދެ ކޮއްކޮއިން، މުހައްމަދު ނަޒީހު އާއި އިބްރާހިމް ސިނާޒް (ސިނާ) އަކީ ވިކްޓްރީގެ ކުރީގެ މަޝްހޫރު ދެ ކުޅުންތެރިންނެވެ.

ސުޒޭން (ވ) ވިކްޓްރީގެ އޭރުގެ ކެޕްޓަން އިމްރާން (މ) އާއި ސުޒޭނުގެ ބޭބެ ގާނާއާ އެކު.
ސުޒޭން (ވ) ވިކްޓްރީގެ އޭރުގެ ކެޕްޓަން އިމްރާން (މ) އާއި ސުޒޭނުގެ ބޭބެ ގާނާއާ އެކު.

ސުޒޭން (ވ) ވިކްޓްރީގެ އޭރުގެ ކެޕްޓަން އިމްރާން (މ) އާއި ސުޒޭނުގެ ބޭބެ ގާނާއާ އެކު.

ފުޓްބޯޅައާ ވަކިނުވެވޭ ވަރުގެ ގުޅުމެއް އޮތަސް އެހެން ކުޅިވަރަކުން ވެސް ސުޒޭން ވިދާލި އެވެ. އޭނާ ވަނީ 1997 އިން 2006 އަށް ފުރަތަމަ ޑިވިޝަނުގައި ކްރިކެޓް ކުޅެފަ އެވެ. އެއީ ބާރަށް އުކާ އަދި އެހާމެ ބާރަށް ބޯޅައިގައި ޖަހާ އޯލްރައުންޑަރެކެވެ.

އެ ހުރިހާ ކަމަކީ މާޒީ އެވެ. މިވަގުތަށް އެންމެ މުހިއްމު ވާހަކައަކީ، އަންނަ އޮކްޓޫބަރު 1 ވަނަ ދުވަހު މާލޭގައި ފަށާ ސާފް ޗެމްޕިއަންޝިޕެވެ. އެ ޓީމު ގޮވައިގެން ސުޒޭން ނުކުންނައިރު މިއީ އޭނާ އަށް ވަރަށް ހާއްސަ ކަމަކަށް ވާނެ އެވެ. ގައުމީ ސީނިއާ ޓީމާ އެކު ބައިނަލްއަގްވާމީ މުބާރާތެއް ނުކުޅުނަސް ކްލަބް ލެވެލްގައި އެފަދަ ގިނަ މެޗުތަކެއް ކުޅުނެވެ. ކޯޗެއްގެ ގޮތުގައި ވެސް އެ ތަޖުރިބާ އެބަހުއްޓެވެ. ސާފް ޗެމްޕިއަންޝިޕުގެ ތަޖުރިބާ ވެސް އެބަހުއްޓެވެ. ޕާކިސްތާނުނުގައި 2005 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކީ އޭނާ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) ގެ ފުރަތަމަ ސާފް ޗެމްޕިއަންޝިޕުގައި އޭނާގެ މޮޅު ކުޅުމާ އެކު ރާއްޖޭން އަފްގާނިސްތާން 9-0 އިން ބަލިކުރި ނަމަވެސް ސެމީ ފައިނަލުން އިންޑިއާ އަތުން 1-0 އިން ބަލިވެ ރާއްޖެ ކެޓީ އެވެ.

ސުޒޭނަށް މި ފަހަރު ގައުމީ ކޯޗުކަން ލިބުމަކީ ކުޅުންތެރިއެއްގެ ގޮތުގައި، ކޯޗެއްގެ ގޮތުގައި އަދި އެނޫން ގޮތްގޮތަށް އޭނާ ފުޓްބޯޅައަށް ކުރި ހިދުމަތަށް ލިބުނު ވަރުގަދަ "އިނާމެ"ކެވެ. އެކަމަކު ސުޒޭނަށް ހަގީގީ އިނާމަކަށް ވާނީ ގައުމީ ޓީމަށް ތަށި ހޯދައިދެވިއްޖެ ނަމަ އެވެ.

ތަށި ހޯދަން ބޭނުންވާ ވަރަށް ގިނަ ކަންކަން ސުޒޭނުގެ ކިބައިގައި ފުރިހަމަވެ އެވެ. އޭނާ އަކީ ރޭވުންތެރި، ކާމިޔާބު، ތަޖުރިބާކާރު ކޯޗެކެވެ. ކުރު މުއްދަތުގައި ނަތީޖާ ނެރެން ޖެހޭ ކަޕް މުބާރާތްތަކުގައި އޭނާގެ ރޭވުންތެރިކަން ވަރުގަދަ އެވެ. އޭނާ ވަނީ ވިކްޓްރީ އާއި މާޒިޔާގައި ކާމިޔާބު ހޯދައިފަ އެވެ. ފުޓްބޯޅައިގައި ހުރިހާ ލެލެވެއްގެ ތަޖުރިބާ އެބަހުއްޓެވެ.

އެހެންވެ ކޮވިޑުގެ ސަބަބުން ފުޓްބޯޅަ ކަލަންޑަރަށް އެގޮތްމިގޮތްވެ، ކުޅުންތެރިންގެ ފޯމާއި ފިޓްނަސް އަށް އަސަރުކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި ސަފުތައް ރުކުރުވާލައި، ސަރަހައްދީ ބޮޑު މުބާރާތަށް ރަނގަޅު ޓީމެއް އެކުލަވާލައި، ދިވެހިން ކައްކުވާލަން ސުޒޭނަކީ ރަނގަޅު ޗޮއިސްއެއް ކަމަށް، އޭނާގެ މާޒީ ހެކިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox