ޖާބިރާމެދު މަތިވެރީ ރައްޔިތުން ނުރުހުން ފާޅުކުރުމުން ފުލުހުން ރައްކާތެރިކަން ދީފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. -- ފޮޓޯ:ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. -- ފޮޓޯ:ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރިއަށް ވަޑައިގަތުމުން އެރަށުގެ ބައެއް ރައްޔިތުން ނުރުހުން ފާޅުކޮށްފި އެވެ.

ގެސްޓްހައުސްތައް ގިނަ މަތިވެރީއަށް ޖާބިރު ވަރަށް ގިނައިން ވަޑައިގަންނަވަ އެވެ. އާންމުކޮށް ޗުއްޓީއަށް ވެސް ޖާބިރު މަތިވެރީއަށް ވަޑައިގަންނަވަ އެވެ.

ނަމަވެސް, މިއަދު އިރުއޮއްސުނު ގަޑީ, ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމާއެކު އެ ރަށުގެ ބައެއް ރައްޔިތުން ވަނީ އޭނާއާ ދެކޮޅަށް އަޑުއުފުލައި, ރަށުން ފޭބުމަށް ޑިމާންޑްކޮށްފަ އެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރަށް ފުލުހުން ރައްކާތެރިކަން ފޯރުކޮށްދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި, ޖާބިރު މަތިވެރިއަށް ވަޑައިގަތުމުން އެ ރަށުގެ ބައެއް ރައްޔިތުން ނުކުމެ ނުރުހުން ފާޅުކުރުމާ ގުޅިގެން ޖާބިރަށް ފޯރުކޮށްދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން އެއިދާރާއިން ފޯރުކޮށްދެމުންދެ އެވެ.

ޖާބިރު އަދިވެސް ހުންނެވީ އެ ރަށުގަ އެވެ.

މަތިވެރިއަށް މިފަހަރު ވަޑައިގެންނެވުމުން އެ ރަށުގައި ހިތްހަމަނުޖެހުން އުފެދުނު ސަބަބެއް ސާފެއް ނޫނެވެ. މިކަމާ ގުޅިގެން އެ ރަށުގެ ކައުންސިލްގެ ބަހެއް ވެސް ނުލިބުނެވެ.

މިފަހުން ޖާބިރުގެ ފަރާތުން ވަނީ ތަފާތު މަންޒަރުތަކެއް ފެނިފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ގޭޓް ކުރިމަތީ އޮށޯވެ އޮންނަވައި, ހަޑި ހުތުރުން ބަހުން މުހާތަބުކޮށްފައިވެ އެވެ. އަދި, މިފަހުން ގަދަކަމުން ސްޓެލްކޯއަށް ވަދެގަތުމަށް މަސައްކަތްކޮށް, މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ ކެމްޕެއިން ޖަލްސާއަކަށް ވެސް ވަދެގަނެ, ހަމަނުޖެހުން ހިންގާފައިވެ އެވެ.

މިފަހުން ޖާބިރު އެމެރިކާއަށް ވެސް ވަޑައިގެންނެވި އެވެ.

ބައެއް ފަރާތްތަކުން އަންނަނީ ޖާބިރުގެ އަމަލުތައް ބަލައި, އޭނާއާމެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox