ހަބަރުތައް ގެންނަ ގޮތުން އިސްހާގުގެ ހައްގު ގެއްލޭ ކަމަށް ބުނެ ޝަރީއަތް ސިއްރުކުރަން އެދިއްޖެ

އިސްހާގު މިރޭ ކޯޓުން ނެރެގެން ގެންދަނީ: އޭނާގެ ޝަރީއަތް ސިއްރުކުރަން ވަނީ އެދިފައި - ފޮޓޯ: އަދަދު

އިސްހާގު މިރޭ ކޯޓުން ނެރެގެން ގެންދަނީ: އޭނާގެ ޝަރީއަތް ސިއްރުކުރަން ވަނީ އެދިފައި - ފޮޓޯ: އަދަދު

އެންމެ އެކަށީގެންވާ ގޮތަށް މީޑިއާތަކުން ހަބަރުތައް ނުގެނެސްދޭ ކަމަށް ބުނެ, ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އަވަހާރަހަކޮށްލަން ބޮމުގެ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުވާ މ. ކުދެހިގެ, އިސްހާގުގެ ޝަރީއަތް ސިއްރުކޮށްދޭން އޭނާ އެދިއްޖެ އެވެ.

ކާރަށް އަރާވަޑައިގަންނަވަނިކޮށް, ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖުމްލަ ހަތް މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. އެމީހުންގެ ޝަރީއަތްތައް މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން, ދައުވާތަކަށް އިއުތިރާފުވެފައިވާ އަދުހަމް އަހުމަދު ރަޝީދުގެ ބައި ވަކިން ގެންދިޔުމަށްފަހު, އޭނާއާއެކު ދެން ދައުވާ އުފުލި މުޖާޒު އަހުމަދާއި އަލީ ހާޝިމް އަދި ތަހުމީން އަހްމަދުގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިޔަ އެވެ. އަދި, އޭގެފަހުން ފަހުން ދައުވާކުރި ތިން މީހުން ކަމަށްވާ ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީ އާއި އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް އަދި މ. ކުދެހިގެ، އިސްހުގެ ބަންދު މަޖިލިސް ބޭއްވި އެވެ.

އެ މަޖިލީހަށް ވަކީލަކާއެކު އިސްހާގު ހާޒިރުވެ އިންއިރު, އޭނާ ފަރާތުން އެންމެ ފުރަތަމަ ވެސް ވަކީލް ޝަރީއަތުގައި އެދުނީ, އިސްހާގުގެ ޝަރީއަތް އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށެވެ.

އިސްހާގުގެ ބައި ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށް އެދެނީ ވަކީލް އަހުމަދު ޔާމީން ވިދާޅުވި ގޮތުގައި, އޭނާއަށް ވެސް އަދުލުވެރި ޝަރީއަތެއް ހައްގުވާތީ އެވެ. ޝަރީއަތާ ގުޅޭ ހަބަރު ބައެއް މީޑިއާތަކުން ބައެއް ފަހަރަށް ރިޕޯޓްކުރާއިރު އެންމެ އެކަށީގެންވާ ގޮތުގައި އެކަން ނުކުރާކަން ޔާމީން ފާހަގަކުރެއްވި އެވެ.

އެކަމުގެ ސަބަބުން އިސްހާގަށް ބިރު ދެއްކުމާ ކުރިމަތިވެ, ޝަރީއަތަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ, ޝަރީއަތަށް ނޭދެވޭ ނުފޫޒު ވަނުމަށް އޮތް ފުރުސަތެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި, އަޑުއެހުންތައް ސިއްރުކޮށްގެން އަންނާނެ ގޯހެއް ނެތެވެ. އޭގެ ބަދަލުގައި އިސްހާގުގެ ހައްގުތައް ކަށަވަރުވެގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިކަމުގައި ދައުލަތުން ދެކޭ ގޮތެއް މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުން ނުހޯދަ އެވެ. ނަމަވެސް, ގާޒީން ނިންމެވީ އިސްހާގުގެ ފަރާތުން ހުށަހެޅި ހުށަހެޅުމާއެކު ގާޒީންގެ މެދުގައި މަޝްވަރާކުރުމަށްފަހު ފަހުން ނިންމުމެއް ނިންމަވާށެވެ.

އިސްހާގުގެ ބަންދު މަޖިލީހުގެ ކުރިން ބޭއްވި އަދުހަމްގެ މައްސަލާގެ އަޑުއެހުން ވަކި ހިސާބަކުން ދައުލަތުން ވެސް އެދިގެން ސިއްރުކުރި އެވެ. ދައުވާތަކަށް ޝަރީއަތުގައި އަދުހަމް އިއުތިރާފުވެފައިވާއިރު އެ ޝަރީއަތް ހުޅުވާލައިގެން ކުރިއަށް ނުގެންދަން ގާޒީން ނިންމެވީ, އޭގެ ސަބަބުން މުޖުތަމައުއަށް ނުރައްކަލެއް ވެދާނެތީ އެވެ.

ދައުވާ އުފުލާފައިވާ ފަހުމީ: އޭނާގެ ބަންދަށް 30 ދުވަސް ޖެހި - ފޮޓޯ: އަދަދު
ދައުވާ އުފުލާފައިވާ ފަހުމީ: އޭނާގެ ބަންދަށް 30 ދުވަސް ޖެހި - ފޮޓޯ: އަދަދު

ދައުވާ އުފުލާފައިވާ ފަހުމީ: އޭނާގެ ބަންދަށް 30 ދުވަސް ޖެހި - ފޮޓޯ: އަދަދު

އިސްހާގާއެކު, ދެން ދައުވާ އުފުލާފައިވާއިރު ނާޒިމާއި ފަހުމީ އަޑުއެހުންތައް ސިއްރުކޮށްދޭން އެދިފައެއް ނުވެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި, އެ އޮފީހުން އެދޭ ގޮތަކީ މި މައްސަލަ ވީހާވެސް ބޮޑަކަށް ހުޅުވާލައިގެން ޓީވީން ލައިވްކޮށްގެން ވެސް ކުރިއަށް ގެންދިޔުމަށެވެ. ނަމަވެސް, މިހާތަނަށް އެފަދަ ކަމަކަށް ދައުލަތުން އެދިފައެއް ނުވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްދޭން އެދުނު

ދައުލަތުން ވަނީ އިސްހާގާއި ފަހުމީ އަދި ނާޒިމް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފަ އެެވެ. ނަމަވެސް, އެ އަމުރު ގާޒީންގެ ބެންޗުން މިއަދު ނެރެނުދިނެވެ.

އެއީ, އިސްހާގުގެ ފަރާތުން ކުރިން ބަންދާމެދު ނިންމާފައި އޮތް ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް ބޭނުންވާ ކަމާއި, އެ މައްސަލާގައި ނިމޭ ގޮތަކުން އިތުރަށް އެކަމުގައި ވާހަކަ ދައްކަން ބޭނުންވާތީ އެވެ. އަދި, މައްސަލާގެ ލިޔުންތައް ދިރާސާކުރުމަށް ވެސް ބޭނުންވާ ކަމަށް ބުނެފައިވާތީ އެވެ.

ދައުވާ އުފުލާފައިވާ ނާޒިމް: އޭނާގެ ބަންދަށް 30 ދުވަސް ޖެހި - ފޮޓޯ: އަދަދު
ދައުވާ އުފުލާފައިވާ ނާޒިމް: އޭނާގެ ބަންދަށް 30 ދުވަސް ޖެހި - ފޮޓޯ: އަދަދު

ދައުވާ އުފުލާފައިވާ ނާޒިމް: އޭނާގެ ބަންދަށް 30 ދުވަސް ޖެހި - ފޮޓޯ: އަދަދު

އޭގެއިތުރުން ނާޒިމާއި ފަހުމީ ވަކީލަކު ބޭނުންވާ ކަމަށް ބުނެފައިވާތީ, އެ ދެ މީހުންނަށް އެ ފުރުސަތު ދިނުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރެއް ނެރެން ގާޒީން ބޭނުންވާތީ އެވެ. ގާޒީން މިއަދު ތިން މީހުންގެ މައްޗަށް ނެރުނީ ޝަރީއަތް ނިމެންދެން ބަންދުގެ އަމުރެއްގެ ބަދަލުގައި 30 ދުވަހުގެ ބަންދު އަމުރެކެވެ.

އަދި, އެ ތިން މީހުން ވެސް ރިމާންޑް ޖަލަކަށް ބަދަލުކުރުމަށް އަމުރު ކުރެއްވި އެވެ. ފަހުމީ ވަނީ އޭނާ ހުންނަ ހުޅުމާލޭ ޖަލުގެ ގޮޅިއަށް އެއްވެސް އަލިކަމެއް ނުލިބޭކަން ވެސް ފާހަގަކޮށްފަ އެވެ. ގާޒީ ވިދާޅުވި ގޮތުގައި ރިމާންޑް ޖަލަކަށް ބަދަލު ކުރުމުން އެކަން ވެސް ހައްލުވެގެންދާނެ އެވެ.

މައްސަލާގައި ހިމެނޭ ލިޔުންތައް ފުލުހުން ވެހިކަލްއަށް އަރުވަނީ
މައްސަލާގައި ހިމެނޭ ލިޔުންތައް ފުލުހުން ވެހިކަލްއަށް އަރުވަނީ

މައްސަލާގައި ހިމެނޭ ލިޔުންތައް ފުލުހުން ވެހިކަލްއަށް އަރުވަނީ

މި މައްސަލާގެ ބެންޗުގައި ތިއްބަވަނީ ގާޒީ އާދަމް މުހައްމަދާއި ސޮފްއަތު ހަބީބުގެ އިތުރުން މުހައްމަދު މިސްބާހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox