ވަކިވެގެން ހޯދޭނެ މޮޅެއް ނެތް؛ ރާއްޖޭން ގޮވައިލީ ހަމަހަމަކަމާއެކު މުޅި ދުނިޔެއަށް ކޮވިޑް ވެކްސިން ދިނުމަށް

ރައީސް ސޯލިހު 2019 ވަނަ އަހަރު އދ. ގައި ވާހަކަދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު 2019 ވަނަ އަހަރު އދ. ގައި ވާހަކަދައްކަވަނީ. --ފޮޓޯ: ރައީސް އޮފީސް

މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކޮވިޑުގެ ބަލިމަޑުކަން ދައްކުވައިދިނީ، އެއްވެސް ގައުމަކަށް ވަކިވެ އެކަހެރިވެގެން ހޯދޭ މޮޅު ނަތީޖާއެއް ނެތްކަން ކަމަށާއި، އަމާން ރައްކާތެރި ދިރިއުޅުމަށްޓަކާ އެންމެން އެއްބައިވަންތަވެ އެކުވެރިވާން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ގޮވާލައްވައިފި އެވެ.

އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވަމުން ރައީސް ވިދާޅުވީ މުޅި ދުނިޔެ ތަހައްމަލުކުރަން ޖެހުނު ކޮވިޑުގެ ބަލިމަޑުކަމަކީ ރާއްޖެ ދުށް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ފަތުރުވެރިކަމާއި، ބޭރު ފައިސާގެ އިތުރުން ވިޔަފާރިތައް ހުއްޓުމުން ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ތަހައްމަލްކުރަން ޖެހުނުކަން އެމަނިކުފާނު ދުނިޔޭގެ ސަމާލުކަމަށް ގެންނެވި އެވެ.

"ފުރަބަންދުގެ ސަބަބުން ރައްޔިތުންގެ އިޖްތިމާއީ ދުޅަހެޔޮކަން އެނދުމަތިވި. ދެލޯ ނޭދިއެދޭ އަޅުގަނޑުމެންގެ ދަރީންގެ ތައުލީމު އަހަރުތަކަކަށް ފަހަތަށް ޖެހުނު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޯޑަރު ބަންދުކުރުން ފަދަ އުނދަގޫ ނިންމުންތަކާއި، ސިއްހީ މާހިރުން ލަފަޔާއި އިރުޝާދުގެ މަތީގައި ދެމިތިބުމުގެ ނަތީޖާއެއްގެ ގޮތުން އެ ދުވަހު ގައުމު ލީ ފުންނޭވާއަށް މިވަގުތު ވަނީ ހަމަޖެހުމެއް ލިބިފަ އެވެ.

މިވަބާއިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ވެކްސިންކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ އިންސާނިއްޔަތާ ހުރިހާ ގައުމެއް ދިފާއު ވެގެން މެނުވީ ހަގީގީ ދިފާއެއް އަދި މާނަވީ ސަލާމަތެއް މިކަމަކުން ނުހޯދޭނެ ކަމަށެވެ.

"އެހެންކަމުން، ހަމަހަމަކަމާއެކު ވެކްސިން ފޯރުކޮށްދިނުމަކީ އޮތް އެންމެ މުހިންމު ހައްލު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ބަލިމަޑުކަމެއް ތަކުރާރުވިޔަ ނުދިނުމަށް މުޅިދުނިޔޭގެ ލޯތައް އަމާޒުކޮށްގެން ތިބީ މިތާ އެއްވެ މިއޮތް މަޖިލީހަށް ކަމަށާއި، ވަސީލަތްތަކާއި ހަކަތައާއި އިލްމާއި ހުނަރުގެ އިތުރުން ހޯދުންތައް އެއްތަންކޮށް ހިއްސާވުމަށް އެއްބަސްވާންޖެހޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox