އޮކްޓޯބަރުން ފެށިގެން އިންޑިއާއިން ވެކްސިން އެކްސްޕޯޓްކުރާނެ

އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިން.

އިންޑިއާގައި އުފައްދާ ކޮވިޝީލްޑް ވެކްސިން.

ނިއު ދިއްލީ، އިންޑިއާ (ސެޕްޓެމްބަރު 20) - ކޮވިޑުގެ ނުރައްކާތެރި ރާޅެއް ކުރިމަތިވުމާއެކު މީގެ ފަސް މަސް ކުރިން އެކްސްޕޯޓް ކުރުން ހުއްޓާލި ކޮވިޑް ވެކްސިން، އޮކްޓޯބަރު މަހުން ފެށިގެން އަލުން އެކްސްޕޯޓް ކުރަން އިންޑިއާ އިން ނިންމައިފި އެވެ.

ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދޭން ހިންގާ ކޯވެކްސް ޕްރޮގްރާމަށް އެންމެ ގިނައިން ވެކްސިން ލިބެނީ "ދުނިޔޭގެ ފާމަސީ"ގެ ގޮތުގައި މަޝްހޫރު އިންޑިއާ އިންނެވެ. ނަމަވެސް މިދިޔަ އޭޕްރިލް މަހު އިންޑިއާ އިން ވެކްސިން ހުސްވެ، އެކްސްޕޯޓް ކުރުން މެދުކަނޑާލި އެވެ.

ހެލްތު މިނިސްޓަރު މަންސުކް މަންޑާވިޔަ ވިދާޅުވީ އޮކްޓޯބަރު މަހު 300 މިލިއަނަށް ވުރެ ގިނަ ޑޯޒް އުފައްދާނެ ކަމަށާއި އަހަރުގެ އެންމެ ފަހު ތިން މަހުގެ ތެރޭގައި ބިލިއަނަކަށް ވުރެ ގިނަ ޑޯޒް އިންޑިއާގައި އުފައްދާނެ ކަމަށެވެ.

Advertisement

"އިންޑިއާގެ ވެކްސިން އެކްސްޕޯޓް ކުރުން އަލުން ފަށާނެ. އެއީ ކޯވެކްސް ޕްރޮގްރާމާއެކު އެއްބަސްވެފައިވާ ކަންކަމަށް އިހްތިރާމް ކުރުމުގެ ގޮތުން،" ހެލްތު މިނިސްޓަރުގެ ބަޔާނެއްގައި ވިދާޅުވި އެވެ.

"އިންޑިއާގައި ބޭނުން ކުރުމަށް ފަހު ބާކީވާ "ސާޕްލަސް" ސަޕްލައި ފޯރުކޮށްދޭނީ ދުނިޔެއިން ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އަޅުގަނޑުމެންގެ ދައުރު އަދާ ކުރުމަށް."

މިދިޔަ ޖެނުއަރީ މަހު ފެށި އިންޑިއާގެ ވެކްސިން ޕްރޮގްރާމަށް އެންމެ ފުރަތަމަ މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ. ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް 5-8 މިލިއަން ޑޯޒް ޖަހަމުން ދެ އެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ އުފަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު ރިކޯޑް އަދަދަށް ކޮވިޑް ވެކްސިންގެ ޑޯޒް ދީފައި ވެ އެވެ. އެ ދުވަހު 22 މިލިއަން މީހުންނަށް ވެކްސިން ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox