ފަހު ވަގުތު ބާސެލޯނާ ބަލިނުވެ ސަލާމަތްވެއްޖެ

Sep 21, 2021, 4:22 AM
ގޯލު ޖެހުމަށް ފަހު ބާސެލޯނާގެ އަރައުހޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގޯލު ޖެހުމަށް ފަހު ބާސެލޯނާގެ އަރައުހޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (ސެޕްޓެމްބަރު 21) - ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އިން ފަހު ވަގުތު ޖެހި ގޯލާ އެކު ގްރަނާޑާ އަތުން ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

ބާސެލޯނާ ދަނޑުގައި ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. ޖުމްލަކޮށް ބަލާއިރު މި މެޗުގައި ބާސެލޯނާގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

ރޭގެ ނަތީޖާއާ އެކު ބާސެލޯނާ ލީގުގައި މި ފަހަރު މިހާތަނަށް ބަލިނުވެ އޮތްއިރު، އެ ޓީމު އޮތީ ހަތް ވަނައިގަ އެވެ. އެއީ ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާގެ ފަރާތުން ސީޒަން ފަށައިގެން މިހާތަނަށް އާދައިގެ ކުޅުމެއް ފެނުނުއިރު، އެ ޓީމުގެ ކޯޗުގެ މަގާމުގައި ހުރި ރޮނާލްޑް ކޫމަންގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ރޭގެ މެޗަށް ފަހު ކޫމަން ބުނީ އޭނާގެ ވަޒީފާއާ ގުޅޭ ސުވާލުތަކަށް ދެން ޖަވާބު ދޭން ޖެހޭނީ ކްލަބްގެ ވެރިން ކަމަށެވެ.

"އަހަރެމެންގެ ޓީމު މި އޮތް ހާލަތު ފެނިފައި ތި ބުނާ މޮޅު ފުޓްބޯޅަ ކުޅެވޭނެތޯ އެއީ ސުވާލުކޮށްލުން ރަނގަޅު ކަމެއް. އަހަރެން މީގެ ކުރިން ގިނަ ސުވާލުތަކަކަށް ޖަވާބު ދިން ކަމުގައި ވިޔަސް ކުރިއަށް އޮތްތަނުގައި އަހަރެންގެ މުސްތަގުބަލާ ގުޅޭ ގޮތުން ކުރާ ސުވާލަށް ޖަވާބެއް ނުދޭނަން. އޭގެ ޖަވާބު ދޭން ޖެހޭނީ ކްލަބްގެ އެެހެން މީހުން،" ހިތްހަމަނުޖެހިފައި ހުރެ ކޫމަން ބުންޏެވެ.

ގްރަނާޑާ އިން ރޭގެ މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ލީޑުނެގީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ޑޮމިންގޯސް ޑުއާޓޭ ބޮލުން ޖެހި ގޯލުންނެވެ. ނަތީޖާ ހަމަހަމަ ކުރަން ބާސެލޯނާ އިން ގިނަ މަސައްކަތްތަކެއް ކުރިއިރު، މެމްފިސް ޑިޕާއި އޭރިއާތެެރެއިން ޖެހި ބޯޅައެއް ވަނީ ހުރަސްދަނޑިމަތިން ގޮސްފަ އެވެ. އަދި ފަހުން ލޫކް ޑި ޔޯން އަށް ވެސް ރަނގަޅު ބޯޅަތަކެއް ލިބުނެވެ.

ދެ ވަނަ ހާފްގައި ހިލޭ ޖެހުމަކުން އޭރިއާތެރެއަށް އައި ބޯޅައެެއް ރޮނާލްޑް އަރައުހޯ ބޮލުން ޖެހުމުން ގްރަނާޑާގެ ކީޕަރު ލުއިސް މެކްސިމިއާނޯ ވަނީ މަތަކޮށްފަ އެވެ. އެކަމަކު، މެޗުގެ އިތުރު ވަގުތުގައި އަރައުހޯ ޖެހި ބޯޅަ ހުއްޓުވަން ކީޕަރު މެކްސިމިއާނޯ އަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެެތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox