ކުދި ގައުމުތަކުގެ މޫސުމީ މަޝްރޫއުތަކަށް ފައިސާ ހަމަޖައްސަން ރައީސް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް އާ އެކުގައި. -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް އާ އެކުގައި. -- ފޮޓޯ: ރައީސް އޮފީސް

މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމަށްޓަކައި ކުދި ގައުމުތަކުން ހިންގާ މަޝްރޫއުތަކަށް ލުއި ގޮތެއްގައި ފައިސާ ލިބޭނެ ގޮތެއް ހަމަޖައްސައިދީ، އެފަދަ މަޝްރޫއުތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ނައްތާލަން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ރައީސް ސޯލިހު އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އަދި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ރޭ އދ. ގެ މައި އިދާރާގައި ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަށް އަހުލުވެރިވުމަށްޓަކައި ކުދި ގައުމުތަކުން ރާވައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ މިންވަރަށް ލުއި ގޮތަކަށް ފައިސާ ލިބޭނެ ގޮތްތަކެއް ފަހިވެފައި އޮތުން މުހިއްމު ކަމަށެވެ.

ކްލައިމެޓް މޮމެންޓްގެ ނަމުގައި ބޭއްވި އެ ބައްދަލުވުމުގައި، ރައީސް ސޯލިހު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ގެއްލުން ކުޑަކުރަން ހިންގާ މަޝްރޫއުތަކަކީ އަގުބޮޑު އަދި ނަފާ ކުޑަ މަޝްރޫއުތަކެއް ކަމަށެވެ. އެފަދަ މަޝްރޫއުތަކަށް ފައިސާ ހޯދުމަކީ ގޮންޖެހުން ބޮޑު ކަމެއް ކަމަށް ކަމަށް ވިދާޅުވި އެވެ.

"[އެހެންވެ] ކުދި ގައުމުތަކަށް އެ ގައުމުތަކުގެ ކްލައިމެޓް ޕްލޭން ތަންފީޒުކުރުމުގައި ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކާއި މަލްޓިލެޓްރަލް ބޭންކުތައް މެދުވެރިކޮށް އެޑެޕްޓޭޝަންގެ މަޝްރޫއުތަކަށް ބޭނުންވާ މިންވަރަށް ރައުސުލްމާލު ހަރަދު ކުޑަކޮށް ހަމަޖެހޭ ގޮތަށް ކަންކަން ފަހިވެފައި އޮތުމުގެ މުހިންމު،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޕެރިސް އެގްރިމެންޓް އަމަލުން ނުފެނޭ: ރައީސް

މީގެ އިތުރުން ވެސް ރައީސް ސޯލިހް ވަނީ ގްރީން ކްލައިމެޓް ފަންޑުގެ ތެރެއިން ނާޒުކު ތިމާވެއްޓެއް އޮތް ގައުމުތަކަށް އެހީތެރިވެދިނުމުގެ ޔަގީންކަން ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން ދިނުމަށް ގޮވާލައްވާފަ އެވެ. އަދި ތަރައްގީވެފައިވާ ގައުމުތަކުން، ފޮސިލް ފިއުލް ސަބްސިޑީއާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ ކުރިޔަށް އޮތް ކޮޕް-26 ތިމާވެށި ސަމިޓަށް ރަނގަޅު ފާލެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އަކީ މި ޖީލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އެވެ. އަދި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ބައިނަލްއަގްވާމީ މުޖުތަމައުން ކަނޑައާޅާފައިވާ އަމާޒަށް ވާސިލުވުމުގެ ފުރުސަތު ހަނިކަމަށެވެ. އަދި ޕެރިސް އެގްރިމެންޓުގެ ދަށުން މީގެ ހަ އަހަރު ކުރިން ކަނޑައެޅުނު އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުމަށް ރައީސް ސޯލިހު ގޮވާލެއްވި އެވެ.

"ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އަވަސް މުސްތަގުބަލެއްގައި މަދުނުކޮށްފިނަމަ ޕެރިސް އެގްރިމެންޓްގެ ބޭނުން ނެތިދާނެކަމުގެ ބިރު އެބަ އޮތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޕެރިސް އެގްރިމެންޓް ބިނާވެފައި އޮތީ އަމިއްލައަށް ޒިންމާދާރު ފިޔަވަޅު އަޅަމުން ގެންދިއުމަށް ކަމުގައިވިޔަސް، އެކަން އަމަލުން ނުފެންނަ ކަމަށާއި، އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަމާޒާ ގާތަށްވެސް ވާސިލްވެވިފައި ނުވާކަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އެއާއެކު ރާއްޖެއިން 2030 ވަނަ އަހަރަށްވާންވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރުގެ ހަތަރިބައިކުޅަ އެއް ބައި ނައްތާލުމަށް ހިފާފައިވާ އަމާޒު، އެއާ އެއްގޮތަށް ކުރިއަށްދާ ކަމަށާއި އަދި ބައިނަލްއަގުވާމީ އެހީތެރިކަން ލިބިއްޖެ ނަމަ "ނެޓް ޒީރޯ އެމިޝަން" ގެ އަމާޒު ވެސް ރާއްޖެއަށް ހާސިލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox