ރައީސް ސޯލިހު އާއި ގުޓާރޭޒުގެ ބައްދަލުވުން: ހާލަތު ހިއްސާކުރެއްވި، ރާއްޖެއަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި

Sep 21, 2021, 12:28 AM
ރައީސް ސޯލިހު، އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒުއާ މިއަދު ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު، އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒުއާ މިއަދު ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތު ހިއްސާ ކުރައްވައިފި އެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިހު އެމެރިކާގެ ނިއު ޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކޮވިޑް 19 އާ ގުޅޭ ގޮތުންނާއި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ.

ރާއްޖޭގައި ކޯވިޑް 19 ކޮންޓްރޯލްކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންގެންދާ މަސައްކަތްތަކާއި ރާއްޖޭގައި ވެކްސިން ދެވޭ އާބާދީގެ އެންމެންނަށް ވެކްސިން ދިނުމަށް ކުރަމުންގެންދާ މަސައްކަތުގެ މައުލޫމާތު ސެކްރެޓަރީ ޖެނެރަލްއާ ހިއްސާކުރެއްވެވި އެވެ. ކޯވިޑް 19ގެ ބަލިމަޑުކަން ކޮންޓްރޯލްކުރުމުގައި ރާއްޖެއިން ކާމިޔާބީއާ ހަމައަށް އާދެވިފައިވާކަން ފާހަގަކުރައްވަމުން، މި ބަލި ކޮންޓްރޯލްކުރުމަށް ސަރުކާރުން އެޅަންޖެހުނު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ވަރަށްބޮޑު ގެއްލުމެއް ލިބިގެންދިޔަކަމަށާއި، ދައުލަތުގެ އާމްދަނީގެ ބޮޑުބައެއް ސިއްހީ ކުއްލި ހާލަތު މެނޭޖުކުރުމަށް ހޭދަކުރަންޖެހުނުކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ކޮވިޑުގެ ގެއްލުމުން އަރައިގަތުމަށް ގައުމުތަކަށް އެހީތެރިވުމަށް އދ. އިން ކުރަމުން ގެންދާ މަސައްކަތް ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށްދިނުމަށް ފަށާފައިވާ ކޯވެކްސް ޕްރޮގްރާމް ފަދަ މުހިންމު މަސައްކަތްތަކަށް އެއްބާރުލުންދީ، ހުރިހާ ގައުމުތައް އެކުގައި މަސައްކަތްކޮށް، ކޯވިޑް 19 ޕެންޑެމިކް ނިމުމަކަށް ގެނައުމަށް މަސައްކަތްކުރުމުގެ މުހިންމުކަމާއި އދ. އިން އުފައްދާފައިވާ ކޯވިޑް 19 ރެސްޕޮންސް އެންޑް ރިކަވަރީ ފަންޑުގެ ސަބަބުން ދުނިޔޭގެ އެކި ގައުމުތަކަށް އަދި ވަކިން ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް ވިދާޅުވީ މައިގަނޑު ގޮތެއްގައި ފާހަގަ ކުރެއްވީ، މުޅިދުނިޔެއިން މިހާރު ކުރިމަތިލާން ޖެހިފައިވާ ކޯވިޑް 19ގެ ޕެންޑަމިކްގެ ތެރޭގައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ލުއި ފަސޭހަގޮތްތަކެއް ހޯދައިދިނުން މުހިންމު ކަމަށެވެ.

އަދި ކޯވިޑް 19ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެ ގައުމު އަލުން އާރާސްތްކުރުމަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެކަމަށް ވެސް ގުޓާރޭޒް ވިދާޅުވި އެވެ.

ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒްއާއެކު ބޭއްވެވި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކުގެ ނުރައްކަލާ ބެހޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ މި ނުރައްކާ އެންމެބޮޑަށް ހުށަހެޅިފައިވާ ކުދި ޖަޒީރާ ގައުމުތަކަށް، މިކަމުން އަރައިގަތުމަށް ބައިނަލްއަގުވާމީ މުޖްތަމައުގެ އެހީތެރިކަމަށް ބޭނުންވެފައިވާކަން ވަރަށް ސާފުކަމަށެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ރައީސް ސޯލިހު ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ލީޑަރޝިޕްގެ ދަށުން ކޯވިޑް 19ގެ ބަލިމަޑުކަމާ ދެކޮޅަށް އެޖަމާއަތުން ކުރަމުންގެންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، އދ. އާއި ރާއްޖެއިން އިސްކަންދޭ މުހިންމު މައްސަލަތަކާބެހޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި ވަގުތުކޮޅެއް ހުސްކޮށްދެއްވީތީ ސެކްރެޓަރީ ޖެނެރަލްއަށް ޝުކުރު އަދާކުރައްވާފައެވެ.

އދ. އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ސޯލިހުގެ ދެކަނބަލުން އެމެރިކާގެ ނިއު ޔޯކަށް ފުރާވަޑައިގަތީ ހޮނިހިރު ދުވަހު އެވެ. އދ. ގައި ރައީސް ތަގުރީރުކުރައްވާނީ މިއަދު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox