ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލަ މަޖިލީހަށް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

ސިވިލް ސާވެންޓުންގެ މުސާރަ ބޮޑުކުރުމަށް ގޮވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖު ކުރަމުންދާއިރު، އެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ސިވިލް ސާވަންޓުންގެ އެސޯސިއޭޝަނުން އިސްވެ އިއްޔެއިން ފެށިގެން އިހުތިޖާޖެއް ފަށާފައިވާއިރު، ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، އެއްހަމަ ކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.

އެ މައްސަލަ 30 މެމްބަރުންގެ އިއްތިފާގުން ބަލައިގެންފައިވާއިރު، އެ މައްސަލައިގެ ބަހުސްގައި އަހުމަދު ހަލީމް ވިދާޅުވީ ސިވިލް ސާވަންޓުގެ މުސާރައިގެ މައްސަލަ ހައްލުކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ.

އެހެންކަމުން، މުސާރަތައް މުރާޖައާކޮށް، އެއްހަމަ ކުރުމުގެ އިތުރުން މިނިމަމްވޭޖެއް ކަނޑައެޅުމުގެ މަސައްކަތް އަވަސް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ސިވިލް ސާވެންޓު އެސޯސިއޭޝަނުން އިސްނަގައިގެން މުޅި ރާއްޖޭގައި ކުރިއަށްގެންދާ އިހުތިޖާޖަކީ މުވައްޒަފުންގެ މުސާރައިގެ މައްސަލަތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ފަށާފައިވާ ހިމޭން އިހުތިޖާޖެކެވެ. ކަޅުހެދުމުގައި އިއްޔެ އޮފީސްތަކަށް ނުކުތްއިރު މިއަދު މަސައްކަތް ނުކުރަން އެ މުވައްޒަފުން ވަނީ ނިންމައިފަ އެވެ.

އެއާއެކު ޕޭ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުސާރައިގެ އާ އޮނިގަނޑާއެކު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާމެދު ހުރި ގިނަ ކަންބޮޑުވުންތަކަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ.

އެގޮތުން ދައުލަތުގެ ހުރިހާ ފަންނުތަކެއް ހިމެނޭގޮތަށް ޕޭ ކޮމިޝަނުން އެކުލަވާލާ އެއްހަމަ ޕޭ ފްރޭމްވޯކްގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި އެ މަސައްކަތް މިއަހަރު ނިމޭނެ ކަމަށް ބުންޏެވެ.

"މި އާ ޕޭ ފްރޭމްވޯކްގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލެވި، އެއްހަމަ މިންގަނޑަކުން މުސާރައާއި އިނާއަތްތައް ކަނޑައެޅިގެން ދާނެ. މި ޕޭ ފްރޭމްވޯކްގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި ފަންތިތައް ކަނޑައަޅައި، ކޮންމެ ފަންނަކަށް ވެސް އެކަށޭނަ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅިގެން ދާނެ،" ބްރީފިންގައި ބުނެފައިވެ އެވެ.

އޭރަށް މުސާރަ ކަނޑައަޅާއިރު މަގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އިލްމާއި ގާބިލްކަމާއި މަސައްކަތުގެ ބުރަކަމުގެ އިތުރުން މަސައްކަތު މާހައުލުގައި ކުރިމަތިލާން ޖެހޭނެ ބުރަތަކަށް ރިއާޔަތް ކުރާނެ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

މިނިމަމް ވޭޖެއް ކަނޑައަޅައި މިއަހަރު އިއުލާން ކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެ އެވެ. އޭރަށް ސިވިލް ސާވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ވެސް ކޮމިޝަނުން ބުނެ އެވެ.

އިހުތިޖާޖު ކުރަމުން އަންނަ ސިވިލް ސާވިސް މުވައްޒަފުން އަންނަނީ ގިނަ ކަންތައްތަކަކަށް ޑިމާންޑް ކުރަމުންނެވެ.

ސިވިލް ސާވިސް މުވައްޒަފުން އެދޭ ބައެއް ކަންކަމުގެ ތެރޭގައި:

  • ސެޓެފިކެޓަށް ވަޒީފާގެ ކުރިއެރުން ދިނުން.
  • ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ލިވިން އެލަވެންސް ދޭ ގޮތަށް ސިވިލް ސާވިސް މުވައްޒަފުންނަށްވެސް ލިވިން އެލަވެންސް ދިނުން.
  • ދަށް ފަންތީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން.
  • އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން އަވަސްކުރުން.
  • ސުކޫލުތަކުގެ އިދާރީ މުވައްޒަފުންނަށް އިތުރު އެލަވެންސް ދިނުން.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox