ޔާމީން ރަޝީދުގެ މަރު: ހައިޝަމަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބިރު ދެއްކި ކަމުގެ ތުހުމަތު

ހައިޝަމް: އޭނާއަށް ބިރު ދައްކައި ޓޯޗާކުރި ކަމަށް ވަނީ ތުހުމަތުކޮށްފައި

ހައިޝަމް: އޭނާއަށް ބިރު ދައްކައި ޓޯޗާކުރި ކަމަށް ވަނީ ތުހުމަތުކޮށްފައި

ބްލޮގާ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުވާ ލިބޭ އިސްމާއީލް ހައިޝަމް ރަޝީދުގެ ތަހުގީގު ބަޔާން ނަގާފައިވަނީ އޭނާއަށް އަނިޔާކޮށް, ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބިރު ދައްކައިގެން ކަމަށް އޭނާ ވަކީލް މިއަދު ޝަރީއަތުގެ މަޖިލީހުގައި ބުނެފި އެވެ.

ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޔާމީން ރަޝީދުގެ މަރާ ގުޅޭ ޝަރީއަތުގައި މިއަދު އަޑުއެހުމެއް ބޭއްވީ ހައިޝަމް އާއި ދައުވާ ލިބޭ އަހުމަދު ޒިހާން އިސްމާއީލް އަދި ހަސަން ޝިފާޒާ ދެކޮޅަށް ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ.

ދެން މައްސަލާގައި ދައުވާ ލިބޭ އަނެއް ތިން މީހުން ކަމަށްވާ ހުސެއިން ޒިޔާދާއި މުހައްމަދު ދިފްރާން އަދި އިސްމާއިލް ރަޝީދުގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެ ފަރާތްތަކުން ވަނީ ދައުލަތުން ހުށަހެޅި ހެކިންނާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އުފައްދާފަ އެވެ.

ހަމަ އެފަދައިން މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި ހައިޝަމާއި ޒިހާން އަދި ޝިފާޒުގެ ވަކީލް އަހުމަދު ޔާމީން ވެސް ވަނީ ހެކިތަކާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވައި, އެ ހެކިތައް ބަލައިނުގަތުމަށް ޝަރީއަތުގައި އެދިފަ އެވެ.

ވަކީލް އެންމެ ބޮޑަށް ފާހަގަ ކުރެއްވީ ހައިޝަމަށް ތަހުގީގުގައި ބިރު ދެއްކި މައްސަލަ އެވެ.

ވަކީލް ޔާމީން ފާހަގަ ކުރެއްވި ގޮތުގައި, ތަހުގީގަށް ހައިޝަމް ހައްޔަރުކޮށް އޭނާއަށް ވަނީ ގިނަ އަނިޔާތަކެއް ކޮށްފަ އެވެ. އެގޮތުން އޭނާގެ ކަރުގައި ހިފައި އަނިޔާކުރި ކަމާއި އެ ނިޝާންތައް ވެސް ހުރި ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުގައި އެގޮތަށް ކަރުގައި ހިފައި އަނިޔާކޮށްފައިވަނީ ޔާމީން މަރާލުމަށް ހަމަލާދިނުމުގެ ތެރެއިން ހައިޝަމަށް ލިބުނު އަނިޔާތަކެއް ކަމަށް ދައްކަން ކަމަށެވެ. ނަމަވެސް, ހައިޝަމްގެ ކަރަށް ލިބުނު އަނިޔާއަކީ ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާތައް ކަމަށެވެ.

ހައިޝަމްގެ ކަރުގައި ނިޔަފަތިން ވަކި އެޅިފައިވާއިރު, އެއީ ޔާމީން ރަޝީދުގެ އަތުން އެޅުނު ވަކިތަކެއްކަން ދައުލަތުން ތުހުމަތުކުރާއިރު, އެކަން ސާބިތުކުރުމަށް ޔާމީން ރަޝީދުގެ ނިޔަފަތީގެ ތަހުލީލުކުރުމަށް ބޮޑީ އިންސްޕެކްޝަން ނުކުރާކަން ވަކީލް ވިދާޅުވި އެވެ. ވަކީލް ވިދާޅުވި ގޮތުގައި ޔާމީން ރަޝީދުގެ ބޮޑީ އިންސްޕެކްޝަން ނުހެދުމަކީ ތަހުގީގުގައި ހެދި ބޮޑު ގޯހެކެވެ.

ހައިޝަމް ތަހުގީގަށް ބަޔާން ދިނީ, ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބިރުވެރިކަމެއްގެ ތެރޭގައި ހުރެ ކަމާއި އޭނާއަށް އެންގީ ލިޔެފައި އޮތް އެއްޗެއްގައި ސޮއިކުރުމަށް ކަމަށެވެ. މިއީ ޓޯޗާގެ އަމަލުތައް ކަމަށްވާތީ, އެ މައްސަލަ މަޖިލީހާ ހަމައަށް ވެސް ގެންގޮސްފައިވާކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ވަކީލް ޔާމީން ދެން ވާހަކަތައް ކުރިއަށް ގެންދިޔައީ ހެކިތަކާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކެވެ.

މައްސަލާގައި ހެކިބަސް ދިން ފުރަތަމަ ސިއްރު ހެކިވެރިޔާއަކީ ޔާމީން މަރާލުމުގައި ބައިވެރިވި މީހެއް ކަމަށް ތުހުމަތުވާ ކަމާއި, އޭނާ ހެކިބަސް ދިންއިރު ކަންކަން ފޮރުވައި ވަންހަނާކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ހެކިބަސް ދިންއިރު އޭނާއާ ކުރި ސުވާލުތަކަށް ސީދާ ޖަވާބުދީފައިނުވާ ކަމަށެވެ.

ހެކިބަސް ވަންހަނާ ކުރާ ހެކިންނަކީ ހިތުގައި ފާފަ އޮންނަ މީހުންކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ.

ސިއްރު ހެކިވެރިޔާ އެކެއް ވަނީ ކޯޓުގައި ހެކިބަސް ދެމުން, ދައުވާ ލިބޭ މީހުން ޔާމީން މަރާލުމަށް ރޭވުންތައް ރާވަމުން ދިޔަ ކަމާއި އެމީހުން އެ މަޝްވަރާކުރިކަން އެނގޭ ކަމަށް ބުނެފަ އެވެ. ނަމަވެސް, އެކަން އޭނާ ކަމާބެހޭ އެއްވެސް ފަރާތަކަށް އަންގާފައިނުވާނެ ކަމަށް ބުނެފައި ވެ އެވެ. އެހެންކަމުން އެ ހެކިވެރިޔާއަކީ ކުށުގެ ބައިވެރިއެއް އަދި ފާސިގެއް ކަމަށް ވަކީލް ވިދާޅުވި އެވެ.

ވަކީލް ވިދާޅުވި ގޮތުގައި, ފާސިގެއްގެ ހެކިބަސް ގަބޫލުކޮށްގެން ނުވާނެ އެވެ. އޭނާއަކީ އަދުލުވެރިއެއް ނޫން ކަމާއި ހެކިބަސް ދިންއިރު އޭނާގެ ބަސްމަގު ހުރި ގޮތުން ދައުވާ ލިބޭ މީހުންނާމެދު ތަފާތު ކުރުން ގެންގުޅޭކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި, އޭނާގެ ހެކިބަހުގައި އޭނާ ވަނީ އަމިއްލަ ނަފުސާ ދެކޮޅަށް ވެސް ހެކިބަސް ދީފައިކަން ވަކީލް ފާހަގަ ކުރެއްވި އެވެ. އެހެންވެ, އެއީ ގަބޫލުކުރެވިގެންވާނެ ހެކިބަހެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.

ދެން ހުރި ސިއްރު ހެކިވެރިންނާ ގުޅޭ ގޮތުން ވެސް ސުވާލު އުފެދޭ ކަންކަން ފާހަގަކޮށް, ޔާމީން ވަނީ އެ ހެކިވެރިންގެ ހެކިބަސް ބަލައިނުގަތުމަށް އެދިފަ އެވެ. ހަމައެއާއެކު, ދައުލަތުން ތިން މީހުންނާ ދެކޮޅަށް ހުށަހެޅި ކިތާބީ ހެކިތަކާ ގުޅޭ ގޮތުން ވެސް ވަކީލް ޔާމީން ގިނަ ސުވާލުތަކެއް ފެންމަތިކުރެއްވި އެވެ.

އެގޮތުން, ސީސީޓީވީ ވީޑިއޯއިން ފެންނަ މީހުންނާއި ދައުވާ ލިބޭ ތިން މީހުން އެއްގޮތްކަން ދެނެގަތުމަށްޓަކައި ހެދި ފޮޓޯ އެނާލިސިސް ރިޕޯޓާ ގުޅޭ ގޮތުން ގިނަ ކަންތައްތަކެއް ފާހަގަ ކުރެއްވި އެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވަނީ ވީޑިއޯއިން ފެންނަ މީހާ އާއި ހައިޝަމްގެ ފޮޓޯއާ އަޅާކިޔުމުން ފަސް ސިފަ އެއްގޮތްވާ ކަމަށެވެ.

ނަމަވެސް, އެކަން ދެނެގަތުމަށް ސޮފްޓްވެއާގެ އެހީގައި ފުލުހުން ތަހުގީގުގައި ކުރި މަސައްކަތުގެ ލޮގެއް ހުށަހަޅާފައި ނެތް ކަމާއި, އެހެންވެ ސުވާލު އުފެެދޭ ގިނަ ކަންކަން އެބަހުރި ކަމަށް ވަކީލް ވިދާޅުވި އެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ޒިހާންގެ ދިމާވަނީ ދެ ސިފަ އެވެ. ވަކީލް ވިދާޅުވި ގޮތުގައި އެންމެ ދެ ސިފަ ދިމާވުމަކީ އެއީ ވަކި މީހެއް ކަމަށް ބަލާނެ މިންގަނޑެއް ނޫނެވެ. ރާއްޖޭގެ ގިނަ މީހުންގެ ދެ ސިފަ ދިމާވާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. ސީސީޓީވީ ވީޑިއޯއިން ފެންނަ މީހުންގެ މޫނު ސާފެއް ނޫނެވެ.

މި މައްސަލާގައި އަންނަ މަހަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ ވާރިސުންގެ ބަސް ހޯދުމެވެ. އެއަށްފަހު ނޮވެމްބަރު މަހު ބާއްވާ އަޑުއެހުމުގައި ހުލާސާ ބަޔާން ދެ ފަރާތުން އިއްވާނެ އެވެ. އޭގެފަހުން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލީހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox