ފައިސަލް: ބޮޑު ފުރުސަތުގެ ބޭނުން ހިފައި ސަރަަހައްދުގެ އެންމެ އުހަށް

Sep 30, 2021, 1:12 PM
ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް.-- ފޮޓޯ: ހުސެއިން ޝަޔާހު/ އަދަދު

ރާއްޖެ އާއި ސްރީ ލަންކާގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅެން ތައްޔާރު ވަމުންދިޔައިރު، އޭރު އުމުުރުން 19 އަހަރުގެ މުހައްމަދު ފައިސަލަކީ އަރަމުން އައި ހުނަރުވެރި ގޯލްކީޕަރެކެވެ. އޭރު އޭނާ ހުރީ ވަރަށް ފިޓްކޮށެވެ. އެކަމަކު އެންމެ ފަހު ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލް ސްކޮޑު ނެގިއިރު، ފައިސަލަށް ޖާގަ ގެއްލުނެވެ.

ފައިސަލް ޓީމަށް ނުނެގި ސަބަބަކީ ފިޓްނަސް ދަށްވުމެެވެ. އެ ފަހަރު ގައުމީ ޓީމުގެ އެ ނިންމުން ގަބޫލުކުރަން ފައިސަލަށް އުނދަގޫވި ސަބަބަކީ އެއީ އޭނާގެ ކެރިއަރުގައި ވެސް އެންމެ ފިޓްކޮށް ހުރި އެއް ދުވަސްވަރު ކަމަށްވާތީ އެވެ. ފައިސަލަށް އެ ފަަހަރު ގައުމީ ޓީމުން ފުރުސަތު ނުލިބުނަސް ގައުމީ ޓީމުން ސަރަހައްދުގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދުމުން އެ އުފާ ފައިސަލަށް ވެސް އޮތެވެ.

ފަހުން ޗެލެންޖެއްގެ ގޮތުގައި ނަގައިގެން ފައިސަލް ފެށީ އެހެން އުއްމީދެއް ހާސިލްކުރުމުގެ މަސައްކަތެވެ. އެއީ، ފައިސަލް ރާއްޖޭގެ ގޯލު ބަލަހައްޓަން ހުއްޓައި ރާއްޖެ އަށް ރަން ވަނަ އެއް ލިބުމެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލިއިރު، ފައިސަލަކީ މުބާރާތުގެ މޮޅު ކުޅުންތެރިޔާ އެވެ. ފައިސަލްގެ އުފާ ދެގުނަ އިތުރުވީ އެވެ.

"އެއްވެސް ވަރަކަށް އުއްމީދު ނުކުރާ މަގާމެއް ލިބުނީ. އަހަރެން ނުކުތީ ދިވެހި ރާއްޖޭގެ ފަސްގަނޑަށް ތަށި ގެންނަން. ކުރިން އިންޓަވިއުއެއްގައި ވެސް އެހެން ބުނެފައި އިންނާނެ. އަހަރެންގެ އެންމެ ބޮޑު ހުވަފެނަކީ ވެސް އެންމެ ބޭނުންވާ ކަމަކީ ވެސް ގައުމީ ޓީމުގެ 11 ގައި ގޯލު ބަލަހައްޓަން ހުރެ ތަށްޓެއް ގެނައުން. އެ އުއްމީދުގައި ކުޅުނީ ކޮންމެ ހެން މަގާމު ހޯދާކަށް ނޫން. ވަރަށް މަސައްކަތް ކުރަން ކުޅޭ ކޮންމެ މެޗަކަށް ނުކުންނައިރު އެ ދުވަހު މޭން އޮފް ދަ މެޗަކީ އަހަންނަށް ވާން،" ފައިސަލް ބުންޏެވެ.

ފައިސަލް 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން.-- ފޮޓޯ: އިމޭޖަސް،އެމްވީ

މިހާރު އުމުރުން 33 އަހަރުގެ ފައިސަލް ބުނީ 2008 ގައި ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ލިބިފައި 10 ވަރަކަށް އަހަރު މިވީ މުބާރާތް ނުލިބި ދިއުމުން އެންމެން ވެސް ތިބީ ވަރަށް ބޮޑަށް އެ ކާމިޔާބީ އަށް އެދިއެދި ކަމަށެވެ.

"ބޭނުންވެގެން ކަމަކަށް ހުރެފިއްޔާ އެކަމެއް ވުން ގާތްވާނީ. އެއީ މަސައްކަތް ކުރުން މި އޮތީ. ހުރިހާ މީހުން ވެސް ވަރަށް މަސައްކަތްކުރި،" ފައިސަލް ބުންޏެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ވަނީ މަހެއްހާ ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. ފައިސަލް ބުނީ ޓްރެއިނިން ކޭމްޕްގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށާއި ކާމިޔާބު ލިބުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް އެއީ ކަމަށެވެ.

ފައިސަލް ބުނީ ޓްރެއިނިން ކޭމްޕްގެ ކަންކަން ރަނގަޅަށް ދިޔަ ނަމަވެސް މުބާރާތުގެ ފުރަތަމަ ދެ މެޗުގައި ނަތީޖާ ދަށްވުމުން އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ އެހީއާ އެކު މޮޅު ކުޅުން ދައްކަން އެހީތެރިކަން ލިބުނު ކަމަށެވެ.

"ސަޕޯޓަރުން ވެސް މެސެޖްކޮށް ގުޅާ ހަދާ މީހުން ވެސް އުޅޭ. ކުޅުންތެރިންގެ ވަރަށް ބޮޑު ސަޕޯޓެއް އަސްލު މީގެ އޮތީ. ދެން މެނޭޖްމަންޓް ވެސް 100 ޕަސެންޓް އިތުބާރުކުރި އެ ޔަގީންކަން ދިނީމަ. ފްރީޑަމްއާ އެކު ކުޅެން ލިބުނީމަ އެހާ މޮޅަށް ކުޅެވުނީ،" ފައިސަލް ބުންޏެވެ.

ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯދީ ތަޖުރިބާކާރު ކުޅުންތެރިން ގިނަ ޓީމަކާ އެކު އެވެ. އެއާ ހިލާފަށް 2018 ވަނަ އަހަރު ތަށި ގެނައި ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ. ޒުވާން ޓީމެއް އެ ކާމިޔާބު ހޯދުމުގެ ފަހަތުގައި ޓީމު ލީޑުކުރުމުގައި ފައިސަލްގެ އިތުރުން ތިބީ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި މުހައްމަދު އާރިފް (ބަކާ) ފަދަ ކުޅުންތެރިންނެވެ.

އިންޑިއާއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ފަށައިގެން މާގިނަ އިރެއް ނުވެ އަކޫ އަށް އަނިޔާވެގެން ބަދަލު ކުރަން ޖެހުނުއިރު، ދެން ދަނޑުމަތީގައި ޓީމު ލީޑުކުރުމުގެ ކަންކަމުގައި ތަފާތެއް ދައްކަން ޖެހުނީ ފައިސަލް އާއި ދެން ތިބި ކުޅުންތެރިންނަށެވެ.

"ހާފް ޓައިމްގައި އެ ދުވަހު އަކޫ ވެސް ވަރަށް ވާހަަކަ ދެއްކި. އަހަރެމެންނަށް ވާނައޭ ކިޔާފައި. ދެން އެންމެން ވެސް ތިބީ ވަރަށް ބޭނުންވެފައި. 2018 ގައި ތަށި ވަރަށް ބޭނުންވެފައި ތިބި ވަރު އެއީ ކަންނޭނގެ އެންމެ ބޮޑު އެއްޗަކީ،" ފައިސަލް ބުންޏެވެ.

ފައިސަލްގެ އިތުރުން ސާފްގެ މުބާރާތެއްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 2013 ވަނަ އަހަރު އަފްގާނިސްތާން ޓީމުގައި މޮޅު ކުޅުމެއް ދެއްކި މަންސޫރު ފަގީރްޔާރް އެވެ.

ފައިސަލް މި ފަހަރުގެ މުބާރާތަށް ނުކުންނަނީ ހާއްސަ އަޒުމަކާ އެކު އެވެ. އޮކްޓޫބަރު 1-16 އަށް މާލޭގައި އަމިއްލަ ފަސްގަނޑުގައި ކުޅޭ މުބާރާތް ކާމިޔާބުކޮށް ތަށި ދިފާއުކުރުމުގެ އަމާޒުގަ އެވެ. އެކަން ކާމިޔާބު ކުރަން މުޅި ޓީމު އޮތީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށް ފައިސަލް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox