އަފްގާނިސްތާނުގެ ހައި ސްކޫލުތައް ހުޅުވީ ހަމައެކަނި ފިރިހެން ކުދިންނަށް!

އަފްގާނިސްތާނުގެ އަންހެން ކުދިންތަކެއް.

އަފްގާނިސްތާނުގެ އަންހެން ކުދިންތަކެއް.

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 18) - އަފްގާނިސްތާނުގައި އަންހެން ދަރިވަރުންނާއި އަންހެން ޓީޗަރުން ބައިވެރި ނުކޮށް، ސާނަވީ ތައުލީމް ދޭ ސްކޫލުތައް ހުޅުވަން ތާލިބާން ސަރުކާރުން އަންގައިފި އެވެ.

މިދިޔަ މަހު ތާލިބާނުން ވެރިކަމަށް އައުމަށް ފަހު ބުނީ އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް އިހްތިރާމް ކުރާނެ ކަމަށެވެ. ނަމަވެސް އެ ވައުދާ އެއް ގޮތަށް އަމަލު ކުރާ މަންޒަރު އަދި ނުފެނެ އެވެ.

މީގެ ކުރިން 1990 ގެ އަހަރުތަކުގައި ތާލިބާނުން ވެރިކަން ކުރިއިރު ވެސް އަންހެން ކުދިން ސްކޫލަށް ދިޔުން އޮތީ މަނާކޮށްފަ އެވެ. އަދި އަންހެނުން ވަޒީފާ އަދާ ކުރުން ވެސް އޮތީ މަނާކޮށްފަ އެވެ.

"ހުރިހާ ފިރިހެން ޓީޗަރުންނާއި ދަރިވަރުން ތައުލީމު ދޭ އިދާރާތަކަށް ނުކުންނަން ޖެހޭނެ،" ހޮނިހިރު ދުވަހު ކްލާސްތައް އަލުން ފެށުމާ ގުޅޭ ގޮތުން ރޭ ނެރުނު ބަޔާނެއްގައި ބުންޏެވެ.

އަންހެން ދަރިވަރުންނާއި އަންހެން ޓީޗަރުން އަމަލު ކުރަންވީ ގޮތުގެ އެއްވެސް ވާހަކައެއް ބަޔާނުގައި ނެތެވެ.

އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދު ކުދިން ކިޔަވަން ދާ ސާނަވީ ތައުލީމު ދޭ ސްކޫލުތައް އާއްމު ގޮތެއްގައި އަފްގާނިސްތާނުގައި ހިންގަނީ ދެ ޖިންސުގެ ކުދިންނަށް ވަކިންނެވެ.

ކޮވިޑް ބަލިމަޑުކަމާ ހެދި ސްކޫލުތައް ވަރަށް ގިނައިން ބަންދުކުރަން ޖެހެ އެވެ. އަދި މިދިޔަ މަހު ތާލިބާނުން ވެރިކަމަށް އައުމަށް ފަހު އިއްޔެއާ ހަމައަށް ވެސް ސްކޫލުތައް ބަންދެވެ.

މީގެ ކުރިން އޮތް ތާލިބާން ވެރިކަން 2001 ގައި ވެއްޓުމާއެކު އަފްގާނިސްތާނުގެ ތައުލީމީ ދާއިރާ ވަނީ ކުރިއެރުންތަކެއް ހޯދާފަ އެވެ. އެގޮތުން އަންހެން ކުދިންގެ ސްކޫލުތައް ތިން ގުނަ އިތުރުވެ، އަންހެނުން ލިޔަންކިޔަން ދަންނަ ނިސްބަތް 30 ޕަސެންޓަށް މައްޗަށް ޖެހުނެވެ. ނަމަވެސް އެ ބަދަލު ބޮޑަށް އައީ ސިޓީތަކަށެވެ.

އދ. އިން ބުނީ އަންހެން ކުދިންގެ ތައުލީމަށް އަފްގާނިސްތާނުގައި ވާނެ ގޮތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"އެއްވެސް ލަސް ކުރުމެއް ނެތި، ފުރާވަރު އުމުރުގެ ކުދިން ހިމެނޭހެން، ހުރިހާ އަންހެން ކުދިންނަށް ވެސް ތައުލީމު އަލުން ފެށުން ވަރަށް މުހިއްމު. އެކަން ކުރެވޭނީ އަންހެން ޓީޗަރުން މަސައްކަތަށް ނެރިގެން،" ޔުނިސެފުން ބުންޏެވެ.

ޕްރައިމަރީ ސްކޫލުތައް ހުޅުވާފައި ވަނީ ދެ ޖިންސުގެ ކުދިންނަށެވެ. ނަމަވެސް އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ކުލާސްތައް ބާއްވަނީ ވަކިންނެވެ. ޕްރައިމަރީ ސްކޫލުތަކުގައި ބައެއް އަންހެން ޓީޗަރުން ވަނީ ވަޒީފާއަށް ނުކުންނަން ފަށާފަ އެވެ.

ތާލިބާން ސަރުކާރުން ވަނީ އަންހެނުންނަށް ޔުނިވާސިޓީއަށް ދެވޭނެ ކަމަށް ވެސް ބުނެފަ އެވެ. ނަމަވެސް ހެދުން އެޅުމާއި، ޔުނިވާސިޓީއަށް ވަދެ ނުކުތުމުގައި ގިނަ ފިޔަވަޅުތަކަކަށް ބޯލަނބަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox