މުސްތަގުބަލަށް ޓާގެޓެއް ކަނޑައަޅައި އަންހެން ޓީމު ތަޖިކިސްތާނަށް

Sep 18, 2021, 8:12 AM
ތަޖިކިސްތާނަށް ފުރި ގައުމީ އަންހެން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ތަޖިކިސްތާނަށް ފުރި ގައުމީ އަންހެން ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިގެން.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރަން ގައުމީ އަންހެން ޓީމު މިއަދު ތަޖިކިސްތާނަށް ފުރިއިރު، ޓީމަށް އޮތީ ނަތީޖާ ނެރުމެކޭ އެއްވަރަށް މުސްތަގުބަލަށް ކަނޑައަޅާފައިވާ ޓާގެޓެއް ކަމަށް ޓީމުގެ ހެޑް ކޯޗުގެ ޒިންމާއާ ހަވާލުވެހުރި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަހުމަދު ޝަރީފް (ޑުންގާ) ވިދާޅުވެއްޖެ އެވެ.

އެގާރަ ވަރަކަށް އަހަރަށް ފަހު ގައުމީ އަންހެން ޓީމުން އޭޝިއާ މުބާރާތުގެ ކޮލިފައިން އަށް ނުކުންނައިރު، މި ފަހަރުގެ އަންހެން ޓީމުގައި އޮތީ ނިސްބަތުން ޒުވާން ސްކޮޑެކެވެ. މިހާރު އޮތް އަންހެން ޓީމުގެ އެވްރެޖް އުމުރު އުޅެނީ 21 އަހަރުގަ އެވެ.

ކޮލިފައިިން މެޗުތަކަށް ފުރުމުގެ ކުރިން ދިން އިންޓަވިއުއެއްގައި، ޑުންގާ ވިދާޅުވީ ނަތީޖާ ނެރުން ވެސް މުހިއްމު ކަމަށާއި އެކަމަކު މި ވަގުތުގެ ހާލަތަށް ބަލާއިރު އެންމެ ބޮޑު އެއް ބޭނުމަކީ މި އޮތް ޒުވާން ސްކޮޑަށް ކުރިއަށް ދެވޭނެ މަގެއް ދައްކައިދީ ދުރުރާސްތާގައި ހާސިލްކުރެވޭނެ ޓާގެޓްތަކަކަށް މަސައްކަތް ކުރުން ކަމަށެވެ.

އަންހެން ޓީމުން ކޮލިފައިންގައި ވާދަކުރަން ޖެހޭ ގްރޫޕްގައި އެންމެ ފުރަތަމަ ރާއްޖެ އާއި ތަޖިކިސްތާންގެ އިތުރުން ވިއެޓްނާމް އަދި އަފްގާނިސްތާން ހިމެނުނެވެ.

އެކަމަކު، ފަހުން ސިޔާސީ ހަލަބޮލިކަމާ ހުރެ އަފްގާނިސްތާނަށް ޖެހުނީ މުބާރާތުން ވަކިވާށެވެ. މިހާރު ކޮލިފައިން މެޗުތައް ތިން ޓީމުގެ މެދުގައި ކުރިއަށްދާއިރު، ރާއްޖެ ކުޅޭ މެޗުތައް އޮންނާނީ 23 ވަނަ ދުވަހު ވިއެޓްނާމާ ދެކޮޅަށާއި 26 ވަނަ ދުވަހު ތަޖިކިސްތާނާ ދެކޮޅަށެވެ.

ޑުންގާ އަށް އެހީތެރިވުމުގެ ގޮތުން އެސިސްޓަންޓް ކޯޗުންނަށް ތިބީ ގައުމީ އަންހެން ޓީމުގެ ކެޕްޓަނެއްގެ ޒިންމާ މީގެ ކުރިން އަދާކުރި ދެ ކުޅުންތެރިން ކަމަށްވާ ފަދުވާ ޒާހިރު އާއި މަރިޔަމް މިރުފަތު އެވެ. މިރުފަތާއި ފަދުވާ އަކީ ގައުމީ އަންހެން ޓީމަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ދެ ކުޅުންތެރިންނެވެ. ގައުމީ އަންހެން ޓީމުގައި މުސްތަގުބަލު މަސައްކަތްކުރާނީ މުޅިން ވެސް އަންހެން އޮފިޝަލުންނަށް ހެދުމުގެ އަމާޒުގައި އަންނަ އަހަރު އެފްއޭއެމުން ބަދަލުތަކެއް ގެންނާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ގައުމީ އަންހެން ޓީމުން ވަނީ ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ބ. އޭދަފުށީ ޓީމަކާ ދެކޮޅަށް މެޗެއް ކުޅުމުގެ އިތުުރުން ޔޫއޭއީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށް އެ ޓީމާ ދެކޮޅަށް މެޗުތަކެއް ކުޅެ ކުރިއެރުންތަކެއް ހޯދައިފަ އެވެ.

އޭޝިއަން ވިމެންސް ޗެމްޕިއަންޝިޕްގެ ކޮލިފައިންގައި ރާއްޖޭން، 2008 އާއި 2014 އަދި 2018 ވަނަ އަހަރު ކުޅެފައެއް ނުވެ އެވެ. ރާއްޖޭން ވާދަކުރީ 2006 އާއި 2010 ވަނަ އަހަރު ވިމެންސް އޭޝިއަން ކަޕް ކޮލިފައިންގަ އެވެ.

ކޮލިފައިންގައި ވާދަކުރާ ގައުމީ އަންހެން ސްކޮޑު:

އައިޝަތު ސިއުނާ، އައިމިނަތު ލީޒާ، އައިމިނަތު ޝަފްނާ، އަރީފާ އަބްދުﷲ، ފާތިމަތު އަފްޒާ، ފާތިމަތު ސައިނާ، ފާތިމަތު ސާލިޔާ، ފާތިމަތު ތާނީ ލަތީފް، ފާތިމަތު ތީބާ، ހައްވާ ހަނީފާ، މަރިޔަމް ރިފާ، މަރިޔަމް ވިޝާޔާ ވިލްދާން، ރާނިޔާ އިބްރާހިމް، މަރިޔަމް ނޫރާ، ފަރާ އަހުމަދު، ސައިގާ ހުސެއިން، ޝިޔާނާ އަހުމަދު ޒުހެއިރު، ޝަހުލާ ތައުފީގު، އައިޝަތު އީމާން އަހުމަދު ޒައީމް، އައިމިނަތު ސަފާ، ސުމާ މުހައްމަދު، ޒުލައިހާ ހަބީބް

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox