ރާއްޖެ, އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ނަގައިފި

ވެލާނާ އެއާޕޯޓް: ޔޫކޭ ރެޑް ލިސްޓުން ރާއްޖެ ވަނީ އުނިކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ވެލާނާ އެއާޕޯޓް: ޔޫކޭ ރެޑް ލިސްޓުން ރާއްޖެ ވަނީ އުނިކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އިނގިރޭސި ވިލާތު ރައްޔިތުންނަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގައުމުތަކުގެ ލިސްޓުން އެންމެ ފަހުން ރާއްޖެ އަރައިފި އެވެ.

އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޓްރާންސްޕޯޓް ގްރޭންޓް ޝެޕްސް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ ގޮތަށް އަށް ގައުމެއް އިނގިރޭސި ރެޑް ލިސްޓުން އަންނަ ބުދަ ދުވަހު އުނިކުރާނެ ކަމަށެވެ.

އަދި އޮކްޓޯބަރު 4 ގެ ފަހުން މި ގައުމުތަކުން ވެކްްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކުން އިނގިރޭސިވިލާތަށް ދަތުރުކުރާނަމަ، ދަތުރުކުރުމުގެ ކުރިން ކޮވިޑްގެ ޕީސީއާރު ޓެސްޓެއް ފުރިހަމަކުރާކަށް ނުޖެހޭނެ ކަމަށް ޝެޕްސް ވިދާޅުވި އެވެ.

އަދި އަންނަ މަހުން ފެށިގެން ޕީސީއާރަށް ވުރެ އަގުހެޔޮ ޓެސްޓުތައްވެސް އެގައުމުން ގަބޫލުކުރާނޭ ކަމަށް ޝެޕްސް ޓްވިޓާގައި ވިދާޅުވި އެވެ.

ރާއްޖެ އިނގިރޭސިވިލާތުގެ ރެޑް ލިސްޓަށް އިތުރުކުރީ ކޮވިޑްގެ ހަތަރުވަނަ ރާޅު ރާއްޖެއަށް ބިންދާލި މޭ މަސް ތެރޭގަ އެވެ. އޭގެ ފަހުން ރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާ ގޮތަށް އެގައުމުން ވަނީ ނިންމައިފަ އެވެ. މޭ މަސްތެރޭގައި ރާއްޖެއިން ވަނީ ދުވާލެއްގެ މައްޗަށް 1،000 ވުރެ ގިނަ ކޭސް ގިނަ ދުވަސްތަކެއް ވަންދެން ފެނިފަ އެވެ.

އެހެންނަމަވެސް ކޮވިޑްގެ ހާލަތު ރާއްޖޭގައި މިފަހުން އައިސް ރަނގަޅުވާން ފެށުމާއެކުގައި ވެސް ބައެއް ކަހަލަ ކަންކަން ފުރިހަމަ ނުވެ ހުރުމުން، ޔޫކޭ އިން ރާއްޖެ ރެޑް ލިސްޓުން އުނިކޮށްފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ ބައެއް ފަރާތްތަކުން ވަނީ މީގެ ކުރިން ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

މިހާރު ކޮވިޑުގެ ހާލަތު ރާއްޖޭގައި ރަނގަޅުވެފައިވާއިރު، ރާއްޖޭގެ ޕޮޒިޓިވިޓީ ރޭޓް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހުރީ ތިން ޕަސެންޓްގަ އެވެ. އަދި ދުވާލެއްގެ މައްޗަށް ފެންނަ ކޭސްތަކުގެ އަދަދު ވެސް މިވަނީ 100 އިން ދަށަށް ދާން ފަށާފަ އެވެ. އެކްޓިވް ކޭސްތައް ހުރީ 1،774 ގަ އެވެ.

ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް މިހާރު ވެކްސިން ފުރިހަމަކޮށްފައިވާއިރު، ވެކްސިން ފުރިހަމަ ކުރި މީހުންގެ ޖުމްލަ އަދަދު ރެއާއި ހަމަޔަށް ހުރީ 328،630 ގަ އެވެ.

އިނގިރޭސި ވިލާތަކީ ރާއްޖޭގެ ޓޫރިޒަމަށް މުހިންމު މާކެޓެކެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި އެ ގައުމު ހިމެނެ އެވެ. ނަމަވެސް ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެ މި އަހަރުގެ މެއި މަހު ރަތް ލިސްޓަށް އެރި ފަހުން އެ ގައުމުން އަންނަ ޓޫރިސްޓުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.

މިއީ ރާއްޖޭގައި ކޮވިޑް ނަމްބަރުތައް ކޮންޓްރޯލް ކުރެވުނު ފަހުން މި ލިސްޓު އަޕްޑޭޓް ކުރި ތިން ވަނަ ފަހަރެވެ. މި ލިސްޓު މުރާޖާކުރަނީ ކޮންމެ ތިން ހަފުތާއަކުންނެވެ.

ފުރަތަމަ ދެ ފަހަރު ރާއްޖެ, ރެޑް ލިސްޓުގައި ހިމެނުމުން ސަރުކާރަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox