ވެމްކޯ ދޮރުމައްޗަށް ކުނި ޕިކަޕު އޮއްސާލުމަކީ ނާތަހުޒީބު އަމަލެއް ކަމަށް އެއްބަސްވެ ކައުންސިލުން މައާފަށް އެދެފި

ވެމްކޯ ސައިޓް ދޮރުމައްޗަށް ސިޓީ ކައުންސިލުން ކުނި އަޅަނީ: އެކަމާ މައާފަށް އެދޭ ކަމަށް ކައުންސިލުން ބުނޭ--  ފޮޓޯ: ޝީނާ ޝަރީފް

ވެމްކޯ ސައިޓް ދޮރުމައްޗަށް ސިޓީ ކައުންސިލުން ކުނި އަޅަނީ: އެކަމާ މައާފަށް އެދޭ ކަމަށް ކައުންސިލުން ބުނޭ-- ފޮޓޯ: ޝީނާ ޝަރީފް

މާލޭ މަގުމަތައް މަތީ މިއަދު ބަހައްޓާފައި ހުރި ކުނި ނެގުމަށްފަހު ބޮޑު ޑަމްޕަރު ޕިކަޕެއްގައި ގޮސް ވެމްކޯ ކުނިއެއްކުރާ މަރުކަޒު ދޮރުމައްޗަށް އޮއްސާލީ "އެރި އޮޅުންތަކެއްގެ" ސަބަބުން ކަމަށާއި އެއީ ނާތަހުޒީބީ އަމަލެއްކަން ގަބޫލުކުރާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ކޮވިޑް-19 އާއެކު މާލޭގެ ކުނި ނެގުމުގެ ހިދުމަތްދެމުން އަންނަ ވެމްކޯއިން ވަނީ މިދިޔަ އަހަރު ގޭގެއަށްވަދެ ކުނި ނެގުމުގެ ހިދުމަތް ހުއްޓާލައިފަ އެވެ. އަދި ވެއެތުވެދިޔަ އަހެރެއްހާ ދުވަހު ކުނި ގެންގޮސްފައި ވަނީ ގޭބީސީތަކުން މަގުމައްޗަށް ކުނި ނެރުމުންނެވެ.

އެކަމަކު، މާލޭގެ މަގުތައް މތީ ކުނި ނުބެހެއްޓުމަށް ކައުންސިލުން އެންގުމުން ވެމްކޯއިން ނިންމާފައި އޮތީ އިއްޔެ އިން ފެށިގެން ގޭގެއަށް ވަދެ ކުނި ނަގާ ގޮތަށެވެ. އަދި ބޭރުގައި ބަހައްޓާ ކުނި ވެމްކޯއިން ނުނަގާނެ ކަމަށް ވެސް އެ ކުންފިން ވަނީ ބުނެފަ އެވެ.

Advertisement

އެހެން ކަންތައް އޮއްވާ އިއްޔެ ވެސް ބައެއް ގޭބީސީތަކުން ވަނީ މަގު މައްޗަށް ކުނި ނެރެފަ އެވެ. އެ ކުނިތަކެއް ވެމްކޯއިން ނުގެންދެ އެވެ. އަދި ބައެއް ގޭބީސީތަކަށް އިއްޔެ ކުނި ނަގަން ވެމްކޯއިން ނާންނާތީވެ، ކުނި ކޮތަޅު މަގުމައްޗަށް ނެރެންޖެހުނެވެ.

އެގޮތަށް މަގުމަތީ ބަހައްޓާގައި ހުރި ކުނި ކޮތަޅުތައް ބޮޑު ޕިކަޕަކަށް އެއްކޮށް މާލޭ ސިޓީ ކައުންސިލުން ވެމްކޯގެ ކުނި އެއްކުރާ މަރުކަޒަށް އޮއްސާލާފައި ވަނީ މިއަދު ހެނދުނު 10:00 ޖަހާކަންހާއިރެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ އެއީ ނާތަހުޒީބު އަމަލެއް ކަމަށާއި އެ ކަމަށް މައާފަށް އެދޭ ކަމަށެވެ.

"މިސްކޮމިއުނިކޭޝަންތަކެއް ހިނގައިގެން އަޅުގަނޑުމެންގެ ޑަމްޕް ލޮރީ ދުއްވަން އިން ޑުރައިވަރަށް އަޅުގަނޑުމެންގެ އެކޮޅަށް ދިޔަ ސްޕަވައިޒަރުންނާ ހިނގި މިސްކޮމިއުނިކޭޝަންއަކާ ގުޅިގެން ވެމްކޯގެ ދޮރުމައްޗަށް ކުނިތައް ބަންޑުން ކޮށްލި މަންޒަރު އަޅުގަނޑުމެންނަށް ވީޑިއޯތަކުން ފެނިގެން ނޫސްވެރިން ސުވާލު ކުރަމުން ދިޔަ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުނި އެޅި މައްސަލަ ވަގުތުން ބަލަން ފަށައި އެ ކުނިތައް ނެގުމުގެ މަސައްކަތް އެވަގުތު ފެށި ކަމަށެވެ. އަދި މިހާރު ސިޓީ ކައުންސިލްގެ ޕިކަޕުތައް ވެމްކޯ ސައިޓަށް ވައްދަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަރީޝް ވިދާޅުވީ މާލޭން ކުނި ނެގުމަށް ވެމްކޯއާ ހަވާލުކޮށް ސިޓީ ކައުންސިލުން މަހެއްގެ މައްޗަށް 3.1 މިލިއަން ރުފިޔާ ދައްކަމުން އަންނަ ކަމަށެވެ. އެހެންކަމުން އާއްމު ރައްޔިތުން މަގުތަކަށް ނެރޭ ކުނިވެސް ވެމްކޯއިން ނަގަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ޔަގީނުންވެސް މާލޭ ސިޓީ ކައުންސިލާ އެކު ހަދާފައިވާ އެގްރިމެންޓް ބުނާ ގޮތުން މާލޭ ސިޓީގެ އެއްވެސް މަގެއްގައި ކުންޏެއް ހުރެގެން ނުވާނެ. އެ ކުނިތައް ނަގަން ޖެހޭނެ،" ނަރީޝް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox