މަސްތުވެ ހުރެ ގައިދީންނަށް ބިރު ދެއްކި ލަންކާ މިނިސްޓަރު އިސްތިއުފާ ދީފި

އިސްތިއުފާ ދިން މިނިސްޓަރު ލޯހަން ރަޓްވައްޓެ.

އިސްތިއުފާ ދިން މިނިސްޓަރު ލޯހަން ރަޓްވައްޓެ.

ކޮލަމްބޯ، ސްރީ ލަންކާ (ސެޕްޓެމްބަރު 15) - މަސްތުވެ ހުރެ ގައިދީންތަކަކަށް ބިރު ދެއްކި ކަމަށް ތުހުމަތު ކުރެވޭ ސްރީ ލަންކާގެ ޖަލުތަކާ ބެހޭ ޖޫނިއާ މިނިސްޓަރު އިސްތިއުފާ ދެއްވައިފި އެވެ.

ލޯހަން ރަޓްވައްޓެގެ މައްޗަށް ތުހުމަތު ކުރެވެނީ ރާ ބޮއެގެން މަސްތުވެ ހުރެ، ތަމަޅަ ގައިދީއެއްގެ ބޮލަށް ބަޑި ދިއްކޮށް ގަދަކަމުން އިއުތިރާފުގެ ބަޔާނެއް ނަގަން އުޅުނު ކަމަށާއި އިތުރު ގައިދީންތަކެއް މަރަން އިންޒާރު ދިން ކަމަށެވެ.

ރަޓްވައްޓެގެ އިސްތިއުފާގެ ސިޓީގައި އެ ތުހުމަތަކީ ތެދެއް ނުވަތަ ދޮގެއް ކަމަށް ވެސް ވިދާޅެއް ނުވެ އެވެ.

"އަޅުގަނޑު އިސްތިއުފާ ދޭން ނިންމީ، މިހާރު ފެތުރެމުންދާ މީޑިއާ ރިޕޯޓުތަކުގެ ސަބަބުން ސަރުކާރަށް ލަދަކާ ކުރިމަތިލާން ޖެހިދާނެތީ," އޭނާ ވިދާޅުވި އެވެ.

ލަންކާގައި 78 ތަމަޅައިން ބަންދުކޮށްފައި ތިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ. އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ އެ މީހުން މިނިވަން ކުރުމަށް ނުވަތަ ޝަރީއަތް ހިންގުމަށް ބާރު އަޅާފަ އެވެ.

"އޭނާ [ރަޓްވައްޓެ] ވަނީ އަށް ގައިދީންގެ ގޮޅީގެ ތެރެއިން ނެރި ކުޑަކަކޫ މައްޗަށް ތިރިކޮށްފައި،" ޑެރަނަ ޓީވީން ރިޕޯޓު ކުރި އެވެ.

"އޭގެ ފަހުން ގައިދީއެއްގެ ބޮލުގައި ފިސްތޯލައެއް ތިން ފަހަރު ޖައްސާ ބިރު ދެއްކި. އެ މީހުން ކައިރީ އޭނާ ބުނީ މިނިވަން ވާނެ ބަޔަކު ނިންމާނެ އަހަރުމެން [ސަރުކާރު] ކަމަށް."

ތަމަޅަ ސިޔާސީ ޕާޓީތަކުން ބުނީ ރަޓްވައްޓެ މަސައްކަތް ކުރީ ލަންކާގެ ދާހިލީ ހަނގުރާމައިގައި ތަމަޅަ ޓައިގަރުންނާއެކު އެ މީހުން ބައިވެރިވި ކަމަށް އެއްބަސްކުރުވަން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮލަމްބޯގެ އުތުރުން އޮންނަ އަނޫރާދަޕޫރާގެ ޖަލަށް ގޮސް ރަޓްވައްޓެ އެ އަމަލު ހިންގީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ޑެރަނަ ޓީވީން ބުނީ އޭގެ ހަފުތާއެއް ކުރިން ކޮލަމްބޯގައި ހުންނަ ވެލިކަޑަ ޖަލަށް ގޮސް، އެ ތަނުގެ ގާޑުންނާ ވެސް އޭނާ ހަޑި ހުތުރު ބަހުން މުއާމަލާތް ކުރި ކަމަށެވެ.

މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި ދެ ހާދިސާ ހިނގިއިރު ވެސް ރަޓްވައްޓެ ހުރީ މަސްތުގެ ހާލަތުގަ އެވެ.

ރައީސް ގޮތަބަޔަ ރާޖަޕަކްސަގެ އޮފީހުން ބުނީ ވެލިކަޑަ އަދި އަނޫރާދަޕޫރާ ޖަލުގައި ހިންގި ކަންކަމުގެ ޒިންމާ ނެގުމުގެ ގޮތުން ރަޓްވައްޓެ އިސްތިއުފާ ދިން ކަމަށެވެ.

ރަޓްވައްޓެގެ ތަރުޖަމާނަކު ބުނީ ޖަލުތަކާ ބެހޭ ޖޫނިއާ މިނިސްޓަރު ކަމުން އިސްތިއުފާ ދިން ނަމަވެސް ޖަވާހިރާ ގުޅޭ ސިނާއަތުގެ ސްޓޭޓް މިނިސްޓަރުގެ ގޮތުގައި އޭނާ ދެމިހުންނާނެ ކަމަށެވެ.

ލަންކާގެ މައިނޯރިޓީ ތަމަޅައިން ރަމްޒު ކުރާ އެންމެ ބޮޑު ޕާޓީ، ޓެމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އިން ވަނީ ރަޓްވައްޓެ ހައްޔަރުކޮށް "ގައިދީން މަރަން އިންޒާރު ދިން މައްސަލަ ތަހުގީގު ކުރަން" ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox