ޔާމީނަށް ނަސޭހަތްދީ މައްސަލަ ނިންމާލައިފި

ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ގެ ކުޑަދޮރަކުން އެމަނިކުފާނު އާންމުންނަށް ހަނާއަޅުއްވަނީ. -- ފޮޓޯ: މާޖިދު އިސްމާއިލްގެ ޓްވިޓާ

ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ގެ ކުޑަދޮރަކުން އެމަނިކުފާނު އާންމުންނަށް ހަނާއަޅުއްވަނީ. -- ފޮޓޯ: މާޖިދު އިސްމާއިލްގެ ޓްވިޓާ

ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިދިޔަ ހުކުރު ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ހިނގާލުމުގައި، ގެކޮޅުގައި ހުންނަވައިގެން "ނުސީދާ" ކޮށް ބައިވެރިވި މައްސަލައިގައި ނަސޭހަތްދީ މައްސަލަ ނިންމައިފި އެވެ.

އިދިކޮޅުން ބޭއްވި "އިންސާފު ކޮބާ؟" ހިނގާލުން ނިންމާލުމުގެ ތެރެއިން ސަޕޯޓަރުން ޕީޕީއެމް އޮފީސް ކައިރިޔަށް އެއްވި ވަގުތުކޮޅުގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު މިހާރު ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހި ގެ ކުޑަދޮރަކުން އާންމުންނަށް ހަނާއަޅުއްވައި، ޕީޕީއެމްއަށް ނިސްބަތްވާ ދިދައެއް ނަންގައިވައިގެން ހޫރުވައިފަ އެވެ. ރައީސް ޔާމީންގެ ގެކޮޅުކަމުގައިވާ ހ. ދޫވެހި ހުންނަނީ ޕީޕީއެމް އޮފީސް ހުންނަ ބްލޮކްއާއި ޖެހިގެން ހުންނަ ބްލޮކްގެ ކަންމައްޗަށެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިއަދު "އަދަދު" އަށް ވިދާޅުވީ އެފަދަ އަމަލެއް ނުހިންގުމަށް ލިޔުމުން އިއްޔެ ޔާމީނަށް ނަސޭހަތް ދީފައިވާނެ ކަމަށެވެ.

ޔާމީން އެ އަމަލު ހިންގި ދުވަހު ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޔާމީން އަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިގުރާރާ ހިލާފަށް ކަމަށެވެ.

ގޭގައި ހުންނަވައި ނުސީދާކޮށް ސިޔާސީ ހަރަކާތެއްގައި ޔާމީން ބައިވެރިވެވަޑައިގަތުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް އަމާޒުވި އެވެ. އިގުރާރާ ހިލާފުވެފައިވާތީ އަނބުރާ ޖަލަށް ގެންދިއުމަށް ވެސް ގޮވައިލި އެވެ.

ޔާމީން މިވަގުތު ތަންފީޒުކުރަމުން ގެންދަވަނީީ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަ އެކައުންޓަށް ޖަމާކުރައްވައި، މަނީ ލޯންޑާކުރިކަމުގެ މައްސަލައިގައި އެމަނިކުފާނަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެވެ. އިސްތިއުނާފުގައި އޮތް އެ ހުކުމުގައި ހިމެނޭ ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ އެމަނިކުފާނު ނުދައްކަވާތީ އެ މައްސަލަވެސް ދައުލަތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.

ވޮޑަމުލާގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި މައްސަލައިގައިވެސް އެމަނިކުފާނާއި ދެކޮޅަށް ވަނީ ދައުވާ އުފުލާފަ އެވެ. އަދި ވ. އާރަށުގެ މައްސަލައިގައި ވެސް އެމަނިކުފާނާ ދެކޮޅަށް ދައުވާ ކުރަން މިހާރު ވަނީ ފޮނުވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސުޕްރީމްކޯޓު ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ކަމަށްވާއިރު، ޖޭއެސްސީގެ ޕޯޓަލް މެދުވެރިކޮށް ނުވަތަ އެ ކޮމިޝަނަށް ފޯމު ހުށަހެޅޭނެއެވެ.

ޑޮލަރުގެ އަގުބޮޑުވުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްއެމްއޭއިން

މިނިސްޓަރު މިހެން ވިދާޅުވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ޖަވާބުދެއްވަމުން، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުމަކީ ގާނޫނީގޮތުން އެމްއެމްއޭގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވަމުންނެވެ.

ހޯމް ސްކޫލިން ހުއްދަކުރާ ބިލަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މި އިޞްލާޙުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ޙާލަތްތަކުގައިވާ ކުދިންނަށް އިސްތިސްނާ ދިނުމާއި، މިކަމާ ގުޅޭ އުޞޫލުތައް ކަނޑައެޅުމަށް ބަޔާންކޮށްފައިވެއެވެ. މި ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ނޮވެމްބަރު 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ދެ ފިރިހެނުންގެ ކައިވެނީގެ މައްސަލަ ތަހުގީގުކުރަން ގޮވާލައިފި

ފިރާގު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ހިންގާ ރިސޯޓުތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ސަގާފީ ހަމަތަކަށް ބޯލަނބަންޖެހޭނެ ކަމަށެވެ. އާންމުންގެ ބޮޑު ފާޑުކިޔުމެއް މިކަމަށް އަމާޒުވެފައިވާއިރު، މިއީ ރަމްޒީ ކައިވެންޏެއް ކަމަށް ބެލެވެއެވެ.

ގޭސްފުޅިއަށް، ގޭސް އަޅައިދޭ މިންވަރު މަދުކޮށްފި

އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ވަގުތީ ބަދަލުގައި، ގޭހުގެ އަގު ނަގާނީ ފުޅިއަށް އަޅާ ކިލޯގެ ނިސްބަތުން ކަމަށާއި، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރަސްމާލެއަށް އިންކުއަރީ ހިންގަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

އިދިކޮޅު ޕީއެންއެފްގެ އެކްޓިވިސްޓު، ހަލީމަތު ޒުހައިރާ ހުށަހެޅި އެ ޕެޓިޝަނުގައި ގޮވާލާފައި ވަނީ ރަސްމާލެ ވިއްކާލުމަށް އެއްވެސް ގާނޫނެއް ހެދުމުގެ ކުރިން އިންކުއަރީއެއް ހިންގުމަށެވެ.

ރަސްމާލެ ވިއްކުމާ ދެކޮޅު އެއްވުން ނޮވެންބަރު 13 އަށް ފަސްކޮށްފި

ރަސްމާލެ ވިއްކުމާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވަން ނިންމި އެއްވުން، އެމްޑީޕީއާ ގުޅިގެން އިތުރަށް ތައްޔާރުވުމަށްޓަކައި ނޮވެންބަރު 13 އަށް ފަސްކޮށްފިއެވެ. މި ހަރަކާތުގެ އިސްވެރިޔާ އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ގިނަ ބަޔަކު ގުޅެމުންދާތީ ސަރުކާރު އޮތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ.

Newsletter

Get the latest news delivered straight to your inbox