ބާރަ މިލިއަން ޑޮލަރުގެ ނަގުދު ފައިސާ އާއި ރަން ތާލިބާނުންގެ އަތް ދަށަށް!

ތާލިބާން ވެރިން ކާބުލް އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ވެރިން ކާބުލް އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 15) - އަފްގާނިސްތާނުގެ ކުރީގެ ސަރުކާރުގެ އޮފިޝަލުންގެ ގެތަކުން 12 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ އާއި ރަން ތާލިބާނުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފި އެވެ.

ތާލިބާނުން ވެރިކަމަށް އައިތާ އެއް މަސް ފަހުން އަފްގާނިސްތާނަށް ވަނީ ބޭރު ފައިސާގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ.

ސަރުކާރުގެ ގިނަ މުވައްޒަފުން އަދިވެސް އެނބުރި މަސައްކަތަކަށް ނުކުމެފައި ނުވާއިރު، އެ މީހުންގެ މުސާރަ ނުދޭތާ ވެސް މަސްތަކެއް ފާއިތުވެއްޖެ އެވެ. އެހެންވެ، އެތައް މިލިއަން ބަޔަކު އުޅެމުން ދަނީ ވަރަށް ދަތި ހާލުގަ އެވެ.

ބޭންކުގެ ފައިސާ ރައްކާކޮށްފައި ހުރި މީހުންނަށް ވެސް ގޮންޖެހުމާ ދިމާވެފައި ވަނީ ހަފުތާއަކު ނެގޭނީ 200 އެމެރިކާ ޑޮލަރު ކަމަށް ކަނޑައަޅާފައި އޮތުމުންނެވެ. އެކަމާ ހެދި ބޭންކުތައް ކައިރީގައި ވެސް ދިގު ކިޔުތައް ހަދައި، އެތައް ގަޑިއިރެއް ހޭދަކުރަން ޖެހެ އެވެ.

ބޭރުގެ ރެމިޓެންސް ފައިސާ އަލުން ލިބެން ފަށާފައިވި ނަމަވެސް ވެސްޓަން ޔޫނިއަން އަދި މަނީގްރާމް ފަދަ ބައިނަލްއަގްވާމީ ޗެއިންތަކަށް ފައިސާ ނަގަން ދިޔަ ބަޔެއް މީހުން ބުނެފައި ވަނީ އެ ތަންތަނުގައި ނަގުދު ފައިސާ ނެތް ކަމަށެވެ.

"ސަރުކާރާއި އަމިއްލަ މަސައްކަތްތަކުގައި އުޅޭ އަފްގާން ރައްޔިތުން ވެސް އިގްތިސާދީ މުއާމަލާތްތައް ކުރުމުގައި އަފްގާން ފައިސާ ބޭނުން ކުރުމަށް އަންގަން،" މަރުކަޒީ ބޭންކުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ބޭންކުން ނެރުނު އިތުރު ބަޔާނެއްގައި ބުނީ ކުރީގެ ސަރުކާރުގެ އޮފިޝަލުންގެ ގެތަކުން ތާލިބާނުން ހޯދި 12 މިލިއަން ޑޮލަރުގެ ނަގުދު ފައިސާ އާއި ރަން މަރުކަޒީ ބޭންކާ ހަވާލުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބޮޑު އަދަދެއް ފެނުނީ ކުރީގެ ނައިބު ރައީސް އަމްރުﷲ ސާލިހްގެ ގެކޮޅުންނެވެ.

"ނަގުދު ފައިސާތައް ފެނިފައި ވަނީ ކުރީ ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ ގެތަކާއި ގައުމީ ސަލާމަތާ ބެހޭ އެޖެންސީތަކުން،" ބަޔާނުގައި ބުންޏެވެ.

"އެ ފައިސާ އާއި ރަން ފޮރުވާފައި ހުރީ ކޮން ސަބަބަކާ ހެދި ކަމެއް އަދި ސާފެއް ނޫން."

ބޭރުގެ އެހީއަށް ވަރަށް ބޮޑަށް ޖެހިފައިވާ އަފްގާނިސްތާނަށް 1.2 ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ބައިނަލްއަގްވާމީ ޑޯނާ ކޮންފެރެންސަކުން މިދިޔަ އަންގާރަ ދުވަހު ނިންމުމާއެކު ތާލިބާނުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ނަމަވެސް ގައުމުތަކުން ބުނަނީ އެހީ ލިބޭނީ ޝަރުތުތަކެއްގެ މަތިން ކަމަށެވެ. އެގޮތުން އެންމެންގެ ބައިވެރިވުން ހިމެނޭ ސަރުކާރެއް ހިންގުމަށާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް ކަށަވަރު ކުރުމަށް ގައުމުތަކުން ވަނީ ތާލިބާނަށް ގޮވާލާފަ އެވެ.

މީގެ މަހެއް ކުރިން ވެރިކަމަށް އައި ތާލިބާނުން ބުނެފައި ވަނީ ކުރިއާ ހިލާފަށް އެ މީހުން މި ފަހަރު ވެރިކަން ކުރާނީ އަންހެނުންގެ ހައްގުތަކަށް އިހްތިރާމްކޮށްގެން ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އެ ވައުދާ އެއް ގޮތަށް ތާލިބާނުން އަމަލު ކުރަމުން ނުދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox