ކާބުލް އެއާޕޯޓުގައި ތާލިބާނުންނާއެކު އަފްގާން ފުލުހުން މަސައްކަތް ފަށައިފި

ތާލިބާން ހަނގުރާމަވެރިއަކު ކާބުލް އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ

ތާލިބާން ހަނގުރާމަވެރިއަކު ކާބުލް އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 12) - މިދިޔަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު ތާލިބާނުން ވެރިކަމަށް އައި ފަހުން އަފްގާނިސްތާނުގެ ފުލުހުން ފުރަތަމަ ފަހަރަށް ކާބުލް އެއާޕޯޓުގެ މަސައްކަތަށް ނުކުމެއްޖެ އެވެ.

އެއާޕޯޓުގެ ޗެކްޕޮއިންޓުތަކުގައި މިހާރު ސެކުއިރުޓީ ބަލަހައްޓަމުން ދަނީ ތާލިބާން ހަނގުރާމަވެރިންނާއި ފުލުހުން ގުޅިގެންނެވެ. ތާލިބާނުން ވެރިކަމަށް އައުމާއެކު ހަނގުރާމަވެރިން އަމަލުކޮށްފާނެ ގޮތަކާ މެދު ބިރުން ފުލުހުން މަސައްކަތަށް ނުކުތުން ހުއްޓާލި އެވެ.

ނަމަވެސް ތާލިބާން ކޮމާންޑަރުންގެ އޯޑަރު ލިބެން ފަށާފައި ވާތީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ފުލުހުން ވަނީ އަލުން މަސައްކަތަށް ނުކުންނަން ފަށާފަ އެވެ.

ތާލިބާނުން ބުނެފައި ވަނީ ކުރީގެ ސަރުކާރަށް މަސައްކަތް ކޮށްދިން ހުރިހާ އެންމެންނަށް ވެސް މައާފު ދީފައިވާ ކަމަށާއި އެއްވެސް މީހަކާ މެދު ބަދަލު ހިފުމުގެ ގޮތުން އެއްވެސް އަމަލެއް ނުހިންގާނެ ކަމަށެވެ. އެގޮތުން ސިފައިންނާއި ފުލުހުންނަށް ވެސް ވަނީ މައާފު ދީފަ އެވެ.

ތާލިބާން އޮފިޝަލުން ބޭނުންވަނީ ހަނގުރާމަވެރިންނާއި ފުލުހުންނާއި ސިފައިން ގުޅިގެން މަސައްކަތް ކުރުމަށެވެ. ނަމަވެސް އެކަން ކުރާނެ ގޮތުގެ ޕްލޭން ހާމަކޮށްފައެއް ނުވެ އެވެ. އަފްގާނިސްތާނުގެ ސެކިއުރިޓީ ބެލެހެއްޓުމާ ގުޅޭ މަސައްކަތުގައި ކުރީގެ ސަރުކާރުން 600،000 މުވައްޒަފުން ގެންގުޅުނެވެ.

ބޭރުގެ ފައުޖުތައް އަފްގާނިސްތާނުން ފޭބުމަށް ހިންގި އޮޕަރޭޝަނުގައި 120،000 އަށް ވުރެ ގިނަ އަފްގާން ރައްޔިތުން ވެސް ވަނީ ގައުމުން ގޮސްފަ އެވެ. އޯގަސްޓު 30 ވަނަ ދުވަހު އޮޕަރޭޝަން ނިމުނު އިރު، އެއާޕޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

މި ވަގުތު އެއާޕޯޓުގައި ޑޮމެސްޓިކް ފްލައިޓުތައް އޮޕަރޭޓް ކުރަމުން ދަނީ ގަތަރުގެ ޓެކްނިކަލް އެހީއާ އެކު އެވެ. ތާލިބާނުން މަސައްކަތް ކުރަނީ ގަތަރާއި ތުރުކީއާ ގުޅިގެން ބައިނަލްއަގްވާމީ ފްލައިޓުތައް ވެސް އަވަހަށް ފެށޭނެ ގޮތެއް ހޯދުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox