"ޖާމިނުވެ، ބޭނުންހާ ކުޅިވަރެއް ކުޅުމުގެ މިނިވަންކަން އޮވެގެން ނުވާނެ"

އަޑޭ, ގައުމީ ޓީމާއެކު ތަމްރީނުގައި: އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ފަނޑިޔާރު ރައުޔު ނެރުއްވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

އަޑޭ, ގައުމީ ޓީމާއެކު ތަމްރީނުގައި: އޭނާއަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ފަނޑިޔާރު ރައުޔު ނެރުއްވި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

"ޖާމިނުވުމަކީ ކުޅިވަރަކަށްވެ, ޖާމިނުވާ މީހާއަށް އޭނާ ބޭނުންހާ ކުޅިވަރެއް ކުޅުމަށް މިނިވަންކަމާއެކު އުޅެވިގެން ނުވާނެ," ފަނޑިޔާރު މުހައްމަދު ނިޔާޒު ލިޔުއްވި އެވެ.

ހައިކޯޓުގެ ފަނޑިޔާރު މިހެން ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޖާމިނުވީ އޭނާގެ އެކުވެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ)އަށް ފިޔަވަޅު އަޅާފައިނުވާތީ އެވެ. ފަނޑިޔާރު ނިޔާޒު ދެކެވަޑައިގަންނަވާ ގޮތުގައި އޭނާއަށް ފިޔަވަޅު ނޭޅުމަކީ ގާނޫނުގައި ބުނާ ޖާމިނުވުމުގެ ނަތީޖާ އާއި މަގުސަދު ގެއްލިގެންދާނެ ކަމެކެވެ.

ޖިންސީ ފުރައްސާރައިގެ ދައުވާ ކުރެވޭ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކުރިމިނަލް ކޯޓުން ފުރަތަމަ އަމުރު ނެރުނީ، ޖާމިނުވާނެ ނުވަތަ ޒިންމާވާނެ ފަރާތެއްގެ ގޮތުގައި އަޑޭ, އަލީ ވަހީދު ހުށަހެޅުމުންނެވެ.

Advertisement

އަލީ ވަހީދު ފުރުން މަނާކޮށްފައި އޮތް އަމުރު ކުރިމިނަލް ކޯޓުން ބާތިލްކުރިއިރު، އަޑޭ ވަނީ ހަތަރު މަސް ފަހުން އޭނާ ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ގޮތަކަށް ބުނާނަމަ، އަޑޭ ވަނީ އަލީ ވަހީދާ ހަވާލުވެފަ އެވެ.

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަޑޭގެ ގާތް އެކުވެރިޔާ އަލީ ވަހީދަށް ފުރުމުގެ އަމުރު ލިބުމާއެކު، އޭނާ ރާއްޖެ ދޫކޮށް ދިޔަ އެވެ. އެކަމަކު, ހަތަރު މަސްވެގެން ޖާމިނު އެއްބަސްވުމުގެ މުއްދަތު ހަމަވިޔަސް އަލީ ވަހީދު ރާއްޖެ ނާދެ އެވެ. އެންމެފަހުން ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވުމުން ވެސް ރާއްޖެ ނައުމުން ހުރުމަތް ކެނޑުމުގެ ކުށުގައި ދެ މަހުގެ ހުކުމެއް ވަނީ އިއްވާފަ އެވެ.

ނަމަވެސް, އަލީ ވަހީދު ރާއްޖެ ނައުމުން ވެސް އޭނާގެ މައްޗަށް ޖާމިނުވި އަޑޭއަށް އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އޭނާ ކޯޓަކަށް ހާޒިރުކޮށް އެންމެ ކުޑަމިނުން ސުވާލެއް ވެސް ކޮށްފައެއް ނުވެ އެވެ.

އޭގެ ބަދަލުގައި އޭނަ ވަނީ ރާއްޖެ ތަމްސީލުކުރާ ގައުމީ ފުޓްބޯޅަ ޓީމަށް ނަގާފަ އެވެ. ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމާއެކު މިހާރު އަޑޭ ހުރީ ގަތަރުގަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ހައިކޯޓަށް ދައުލަތުން ހުށަހެޅި މައްސަލާގައި މިއަދު ނެރުނު ހުކުމްގައި އެކަމާމެދު ފަނޑިޔާރު މުހައްމަދު ނިޔާޒު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ފަނޑިޔާރު ނިޔާޒު ވިދާޅުވި ގޮތުގައި, އަލީ ވަހީދު ހާޒިރުވާނެ ކަމުގެ ޔަގީންކަންދީ ޖާމިނުވުމަކީ ގާނޫނީ ގޮތުން ބަނދެވޭ ބަނދެވުންތަކެއް އެކުލެވޭ ސީރިއަސް ގާނޫނީ ނާތީޖާތަކެއް ހާސިލުކޮށްދޭ ޖާމިނުވުމެކެވެ.

އެފަދަ ޖާމިނުވުމެއްގެ ގާނޫނީ ސީރިއަސް ނަތީޖާއާ ކުރިމަތިލާން ނުޖެހޭކަން ދޭހަވާ ގޮތަށް ދައުލަތުން އަމަލު ކުރުމަކީ, ހަމަ ކޮންމެ މީހަކުމެ މުއްތަހަމެއްގެ ޟަމާނެއް ކަމުގައި ކޯޓުތަކުގެ ކުރިމަތީގައިވުމަށް ބާރުދޭ ކަމެއް ކަމަށެވެ.

"ނަތީޖާއަކީ ގާނޫނުގައި ބަޔާންކުރާ ޖާމިނުވުމަކީ ކުޅިވަރަކަށްވެ ޖާމިނުވާ މީހާއަށް އޭނާ ބޭނުންހާ ކުޅިވަރެއް ކުޅުމަށް މިނިވަންކަމާއެކު އުޅެވުމެވެ." ފަނޑިޔާރު ނިޔާޒު ލިޔުއްވި އެވެ.

އެހެންވެ, އަލީ ވަހީދު ޝަރީއަތަށް ފިލައިގެން އުޅޭ މައްސަލާގައި އޭނާ ހާޒިރުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ މީހާއަށް ފިޔަވަޅު އެޅުން ގާނޫނީ އަދި ބުއްދީގެ ހަމައިން ވެސް ހަމަޖެހޭ ކަމެއް ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން އަލީ ވަހީދަށް އިއްވާފައިވާ ދެ މަހުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް އޭނާ ރާއްޖެ ނުގެނެވިގެން އުޅޭއިރު, ވިސާ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.

ޖާމިނުވުމާއި އޭގެ ގާނޫނީ ޒިންމާ!

އަލީ ވަހީދު ވީތަނެއް ނޭނގޭކަން ޝަރުއީ ކޯޓަކަށް އޭނާއާ ޖާމިނުވީ އަޑޭ އެންގިއިރު، މިކަމުގައި ހުރި ގާނޫނީ ނުކުތާތައް އެނގުން މުހިންމެވެ؛

ޖާމިނުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން އައިސްފައިވާ ކަމެކެވެ. އެ ގާނޫނުގެ 64 ވަނަ މާއްދާ ހާއްސަކޮށްފައި އޮތީ މިކަމަށެވެ. އެ މާއްދާގައި އޮތީ ބަންދުކޮށްފައި ހުރި މީހަކަށް އެހެން މީހަކު ޔަގީންކަންދީ ޖާމިނު ވެއްޖެނަމަ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެ ކަމެވެ.

މިހެން ޖާމިނުވާ މީހުން ކޯޓުގައި އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭއިރު އޭގައި، ހަވާލުވާ މީހަކު ކުށް ކުރިޔަ ނުދީ ބަލަހައްޓާނެ ކަމާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކަށް ހާޒިރުވާން އެންގުމުން ގަޑިއަށް ހާޒިރު ކުރާނެ ކަމަށް އިގުރާރުވާން ޖެހެ އެވެ. އަޑޭ ވެސް ވަނީ އަލީ ވަހީދާ ޖާމިނުވުމުގެ ގޮތުން އެފަދަ އިގުރާރެއްގައި ސޮއި ކުރައްވާފަ އެވެ.

ނަމަވެސް، މި ހާލަތުގައި އަލީ ވަހީދު ހުންނެވީ ބަންދުގައި ނޫން ކަމުން މި މާއްދާއަށް ސީދާ ނުފެތެވެ. އަލީ ވަހީދުގެ ހާލަތާ ގުޅޭ މާއްދާއެއް އޮތީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގަ އެވެ. އެ ގަވާއިދުގެ 26 ވަނަ މާއްދާގައި ހާއްސަކޮށްފައިވަނީ މީހަކު ޖާމިނުވުމުން ފުރުމުގެ ހުއްދަ ދިނުމާ އެވެ.

"ޕާސްޕޯޓް ހިފަހައްޓައި ރާއްޖެއިން ފުރައިގެން ދިޔުން މަނާކޮށްފައިވާ މީހަކު ރާއްޖެއިން ބޭރަށް ދާން ބޭނުންވެގެން އެހެން މީހަކު ޖާމިނުވެ، ޕާސްޕޯޓް ދޫކުރެވޭ މީހާ ނުފިލާނެ ކަމާއި ކަނޑައެޅިފައިވާ ދުވަހަށް ރާއްޖެއަށް އަނބުރާ ގެންނާނެ ކަމަށް ޖާމިނުވާ މީހާ އިގުރާރުވުމުން ޕާސްޕޯޓް ދޫކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެ އެވެ،" އެ މާއްދާގައި އޮތީ މިހެނެވެ.

ދެން، އެ މާއްދާގައި ބުނަނީ ޖާމިނުވާ މީހާ އިގުރާރާ ހިލާފުވެއްޖެނަމަ، އޭނާގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް އޮތް ކަމެވެ.

އެއްބަސްވުން ހެދިިއިރު, ގަވައިދުގައި އެ މާއްދާ އޮތް ނަމަވެސް, މިހާރު ސުޕްރީމް ކޯޓުން ވަނީ މާއްދާ އުވާލާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ)ގައި ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަމަ ދެވޭނެ އަދަބުތައް ކަނޑައަޅާފައިވަނީ ތިރީގައި މިއޮތް ތަރުތީބަށެވެ.

  • އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
  • ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛
  • 15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން.

މިއިން ކޮންމެ އަދަބެއް ވެސް އިގުރާރާ ހިލާފުވާ މީހާގެ މައްޗަށް ކޯޓަށް ކަނޑައެޅިދާނެ އެވެ.

ޕީޖީ ބުނާ ގޮތުން އަޑޭގެ ބޭނުމެއް ނެތް

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، އަލީ ވަހީދު މައްސަލާގައި މީހަކު ޖާމިނުކޮށްފައިވަނީ ކިހިނެއް ކަމެއް ނޭނގޭ ކަމެވެ.

އޭނާ އެހެން ވިދާޅުވަނީ ކުރިމިނަލް ކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާއަށް ރިއާޔަތްކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް އަޑޭ ޖާމިނުކޮށްފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އަލީ ވަހީދުގެ މައްސަލާގައި ޝަމީމް ހާޒިރުކުރުމުން އޭނާ ވިދާޅުވެފައިވާ ގޮތުގައި، ބަންދުގައި ނެތް މީހަކު، ރާއްޖެއިން ބޭރަށް ދިޔުމަށް މީހަކު ޖާމިނުވުމަކީ ގާނޫނު ދަންނަ އުސޫލެއް ނޫން ކަމަށެވެ.

"މާއްދާގެ ސޮދުރުގައި މި އޮންނަނީ ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށް ޖާމިނުކުރާ ވާހަކަ، ބަންދުގަ ހުންނަ މީހެއްގެ ވާހަކަ، ބަންދުގައި ނެތް މީހަކު ޖާމިނު ކުރާ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ނުދަނޭ،" އޭނާ ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox