ބެލެނިވެރިންނާ ނުލައި ފުރި އަފްގާން ކުދިން ގަތަރުގައި ތާށިވެފައި!

އަފްގާނިސްތާނުން ފުރި އާއިލާއެއްގެ ކުދިންތަކެއް ދެކުނު ކޮރެއާގެ އިންޗޯން އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުން ފުރި އާއިލާއެއްގެ ކުދިންތަކެއް ދެކުނު ކޮރެއާގެ އިންޗޯން އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ

ދޯހާ، ގަތަރު - ބެލެނިވެރިން ނެތި ގަތަރުގައި ދިރިއުޅެމުންދާ އަފްގާނިސްތާނުގެ ރެފިއުޖީ ކުޑަކުދިން ކޮންމެ ދުވަހަކު ވެސް ކުރަނީ އެއް ސުވާލުތަކެކެވެ.

"ދެން ދާނީ ކޮން ތާކަށް ހެއްޔެވެ؟ ކާ އެއްޗެއް ލިބޭނެ ހެއްޔެވެ؟"

އޯގަސްޓު މަހުގެ 15 ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައުމާއެކު ކާބުލް އެއާޕޯޓުން ފުރި ފްލައިޓުތަކުގައި ބެލެނިވެރިޔަކު ނެތި ދޯހާ އަށް ދިޔަ 200 އެއްހާ އަފްގާން ކުދިން މި ވަގުތު ދިރިއުޅެމުންދަނީ ރިސެޕްޝަން ސެންޓަރެއްގަ އެވެ. އުފަން ބިމުގައި ދިމާވި ބިރުވެރި ހާލަތްތަކުން ލިބުނު ނަފްސާނީ ގެއްލުމުން އެ ކުދިން ތިބީ އަރައިނުގަނެވިފަ އެވެ.

މި ވަގުތު އެ ކުދިންގެ ކަންކަން ބަލަހައްޓަމުން ދަނީ ގަތަރުގެ އިންސާނީ އެހީދޭ ޖަމިއްޔާ ގަތަރު ޗެރިޓީ އިންނެވެ. ގަތަރު ޗެރިޓީގެ އެންމެ ބޮޑު މަސައްކަތަކީ ހިޔުމަން ޓްރެފިކިންގެ ވިޔަފާރި ކުރާ މީހުންގެ ލޯތަކުން އެ ކުދިން ރައްކާތެރި ކުރުމެވެ.

މިހާރު އެ ކުދިން ކޮންމެ ދުވަހެއް ވެސް ހޭދަކުރަމުން ދަނީ ފުޓްބޯޅަ ކުޅުމާއި ކަސްރަތު ކުރުމާއި ކުރެހުމާއި އެކި ކަހަލަ ފަންނު ދަސްކުރުމުގަ އެވެ. އެކަމަކު ނުރައްކާތެރި، ހަލަބޮލި މާހައުލެއްގައި އުޅެފައި އަންނަ ކުދިންނަށް ކޮށްފައިވާ އަސަރުން އަރައިގަންނަން ވަގުތު ބޭނުންވެ އެވެ.

"އެ ކުދިންނަށް ދިމާވެފައި ހުރި ޓްރޯމާ ނުވަތަ ނަފްސާނީ އަސަރު ވަޒަން ކުރަން ވެސް އަހަރުމެންނަށް އުނދަގޫވާނެ،" މެދުއިރުމަތީގައި އެހީދޭ ޖަމިއްޔާއެއްގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

"އެ ހުރިހާ ކުދިން ވެސް ތިބީ ޓްރޯމާ އާއި ޝޮކުގައި. އެއީ އިސްލާމިކް ސްޓޭޓް ގްރޫޕުން ވެރިކަން ކުރި އިރާގާއި ސީރިއާގެ ހިސާބުތަކުގައި ކުދިންގެ ކިބައިން ވެސް އަހަރުމެންނަށް ފެނުނު ސިފަތަކެއް."

ވިހި އަހަރަށް ފަހު ހައިރާން ކުރުވަނިވި ގޮތަކަށް ތާލިބާނުން އަފްގާނިސްތާނުގެ ވެރިކަމަށް އައުމުން އާއްމުން އެންމެ ބިރު ގަތީ 1996 އިން 2001 އަށް އެ މީހުން ވެރިކަން ކުރިއިރު އޮތް ފަދަ ހަރުކަށި ގޮތްތަކަށް އަމަލުކޮށްފާނެތީ އެވެ.

އަފްގާނިސްތާނުގެ ކުދިންތަކެއް ގަތަރުގެ ފެސިލިޓީއެއްގައި.-- ފޮޓޯ: އޭއެފްޕީ
އަފްގާނިސްތާނުގެ ކުދިންތަކެއް ގަތަރުގެ ފެސިލިޓީއެއްގައި.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ކުދިންތަކެއް ގަތަރުގެ ފެސިލިޓީއެއްގައި.-- ފޮޓޯ: އޭއެފްޕީ

އެ ބިރާއެކު ގައުމު ދޫކޮށް ދިޔަ އެތައް ހާސް މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ކުދިންނަށް އެއާޕޯޓުގައި ދިމާވި ކަންކަމާއި ފްލައިޓުގައި އެހެން ގައުމަކަށް ދެވުނު ގޮތް ވަނީ ޝޮކުގެ ސަބަބުން ހަނދާނުން ފޮހެވިގެން ގޮސްފަ އެވެ.

އދ. ގެ ކުޑަކުދިންނާ ބެހޭ އޭޖެންސީ، ޔުނިސެފުން އަންދާޒާ ކުރާ ގޮތުގައި ބެލެނިވެރިޔަކު ނެތި 300 އެއްހާ ކުދިން އެކި ފްލައިޓުތަކުގައި ފުރި އެވެ. ގިނަ ކުދިން ގޮސްފައި ވަނީ ގަތަރު އަދި ޖަރުމަނަށެވެ.

ބިރުވެރިކަމާ ހެދި ގޮތް ހުސްވެފައި

ބެލެނިވެރިން ނެތި ކުދިންތަކެއް ކާބުލް އެއާޕޯޓަށް ދިޔަ ގޮތަކާއި ފްލައިޓުތަކުގައި ފުރައިގެން އެހެން ގައުމުތަކަށް ދެވުނު ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ނަމަވެސް އެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނެތެވެ.

ގަތަރުގައި ތިބި އެ ކުޑަ ކުދިންނާ ބެހޭ ގޮތުން, ދޯހާގައި ހުންނަ އެމެރިކާ އެމްބަސީން ވަކި އެއްޗެއް ބުނާކަށް ބޭނުމެއް ނުވި އެވެ.

ކާބުލް އެއާޕޯޓުގެ ގޭޓު ކައިރީގައި ހުރި ފްރާންސްގެ އަންހެން ފުލުހަކު ވަނީ އެ ތަނުގައި އޭނާއަށް ފެނުނު މަންޒަރު ހިއްސާކޮށްފަ އެވެ. އެއީ "ބިރުވެރިކަމާ ހެދި ގޮތް ހުސްވެފައި" ހުރި މަންމައަކު އޭނާގެ ތުއްތު ދަރިފުޅު ވަޔަރުތަކުގެ ތެރެއިން ފުލުހުންނަށް އެއްލި މަންޒަރެވެ. ފްރާންސްގެ ފުލުހުން ވަނީ އެ ކުއްޖާ ހިފުމަށް ފަހު އެމެރިކާގެ ސިއްހީ އެހީދޭ މީހުންނާ ހަވާލުކޮށްފަ އެވެ.

"އެ ތުއްތު ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު ފްލައިޓުގައި ގެންދިޔެއީ ދޯހާއަށް. އެއީ ވަރަށް ކުޑަ ފިރިހެން ކުއްޖެއް. އެއާޕޯޓު ތެރޭގައި ފިތިބާރުވެފައި އޮތް މީހުންގަނޑުގެ ތެރެއިން އޭނާގެ މަންމަ ގެއްލުނީ."

ފުލުސް މީހާއަށް ފެނުނު އިތުރު މަންޒަރެއް ހިއްސާ ކުރަމުން ބުނީ ތިން ކުދިން ގޮވައިގެން އައި ފިރިހެނަކު އެއީ އޭނާގެ ދަރިން ކަމަށް ބުނެ ގޭޓު ހުޅުވައިދޭން އެދުނު ކަމަށެވެ. އެކަމަކު އެ ކުދިންނަކީ ހަގީގަތުގައި ޔަތީމު ކުދިންތަކެކެވެ. އެ ކުދިން ވެސް މިހާރު ތިބީ ދޯހާގަ އެވެ.

އަފްގާނިސްތާނުގެ އާއިލާއެއް ކާބުލް އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ
އަފްގާނިސްތާނުގެ އާއިލާއެއް ކާބުލް އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ އާއިލާއެއް ކާބުލް އެއާޕޯޓުގައި.-- ފޮޓޯ: އޭއެފްޕީ

ބެލެނިވެރިންނާ ނުލައި ގަތަރަށް ދިޔަ ކުދިންގެ ތެރޭގައި ގިނައިން ހިމެނެނީ އުމުރުން އަށް އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނެވެ. އެފަދަ ކުދިންގެ ތެރެއިން އެންމެ ތުއްތު ކުދިން ބަލަހައްޓަމުން ދަނީ ވަކި ފެސިލިޓީއެއްގަ އެވެ.

ފެސިލިޓީތަކުގައި ކުދިން ބައިތިއްބާފައި ތިބެނީ އެއް އުމުރުގެ ކުދިން ނުވަތަ އެއް އާއިލާއެއްގެ ކުދިން އެކުގަ އެވެ. އޭގެ އިތުރުން ރަހުމަތްތެރި ކުދިން ވެސް އެކުގައި ބޭތިއްބުމަށް އިސްކަން ދެ އެވެ.

"އެ ކުދިންގެ ވަރަށް އަވަހަށް ގާތް ގުޅުން އުފެދޭ. އެހެން އެންމެންނަށް ވުރެ ފަސޭހައިން އެ ކުދިންނަށް އިހުސާސްތައް ދެނެގަނެވޭ،" ގަތަރު ޗެރިޓީގެ ފާތިމާ ޒަހްރާ ބައްކާރީ ބުންޏެވެ.

ޔުނިސެފްގެ ވެރިޔާ ހެންރިއެޓާ ފޯ ވިދާޅުވެފައިވާ ގޮތުގައި ބެލެނިވެރިންނާ ވަކިވެފައިވާ ކުދިންނަކީ ދުނިޔޭގައި "އެންމެ ނާޒުކު ހާލަތުގައި ދިރިއުޅޭ ކުދިންނެވެ."

"އެފަދަ ކުދިން އަވަހަށް ދެނެގަނެ، އާއިލާ އަލުން ހޯދެންދެން ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުން ވަރަށް މުހިއްމު."

ގަތަރުން ދަނީ އެ ބެލެނިވެރިއަކު ނެތި އަފްގާނިސްތާނުން ފުރި ކުދިންނަށް ބޯހިޔާވަހިކަމާއި، ޖިސްމާނީ އަދި ނަފްސާނީ އެހީތެރިކަމާއި، ކާބޯތަކެތި ފޯރުކޮށްދެމުންނެވެ.

އިންސާނީ އެހީދޭ ޖަމިއްޔާއެއްގެ އޮފިޝަލަކު ބުނީ އެންމެ އުނދަގޫ މަސައްކަތަކީ އެ ކުދިންގެ އާއިލާ ހޯދުމުގެ މަސައްކަތް ކަމަށެވެ.

"އެންމެ ރަނހަޅު ހާލަތުގައި ފެންނާނެ މަންޒަރަކީ އާއިލާގެ ގާތް ބަޔަކު ދެނެގަނެވުން. އެއީ މާމަ، ބޮޑު ދައިތަ ނުވަތަ ބޮޑުބޭބެ ފަދަ މީހުން ހިމެނޭ ގޮތަށް. އެކަމަކު ވަރަށް ގިނަ ހާލަތްތަކުގައި އާއިލާ ނުފެނި ހިނގައިދާނެ."

ގަތަރު ޗެރިޓީން ވަނީ ކުދިން އާއިލާތަކަށް ގުޅަން ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފަ އެވެ. އެކަމަކު ބައެއް ކުދިންގެ ބެލެނިވެރިން އަދިވެސް ދެނެގަނެވިފައެއް ނުވެ އެވެ. ޔަތީމުންގެ ގޮތުގައި ފުރި ކުދިންނަށް ދާއިމީ ރައްކާތެރިކަން އެ ޖަމިއްޔާ ފޯރުކޮށްދޭން ވިސްނަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox