ހައިކޯޓުގެ ނުރުހުން ދައުލަތަށް: "ކުރީ ކަމަކަށް ކަމެއް، ޒިންމާ އަދާނުކުރޭ"

ހައިކޯޓުން ހުކުމް ނެރުއްވި ބެންޗުގައި އިންނެވި ފަނޑިޔާރު ހަމީދާއި އަލީ ވަހީދު އަދި ޕީޖީ ޝަމީމް: ހައިކޯޓުގެ ނުރުހުން ދައުލަތަށް ވަނީ އަމާޒުކޮށްފައި

ހައިކޯޓުން ހުކުމް ނެރުއްވި ބެންޗުގައި އިންނެވި ފަނޑިޔާރު ހަމީދާއި އަލީ ވަހީދު އަދި ޕީޖީ ޝަމީމް: ހައިކޯޓުގެ ނުރުހުން ދައުލަތަށް ވަނީ އަމާޒުކޮށްފައި

"ދައުލަތާއި ތަންފީޒީ އިދާރާތަކުން އަމަލުކޮށްފައިވާ ގޮތުން ކަމަކަށް ކަމެއް ކުރީ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް,"

އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތް ތަމްސީލުކުރާ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުالله ހަމީދު ވިދާޅުވީ މިހެނެވެ.

ފަނޑިޔާރުގެ ނުރުހުން ދައުލަތަށް އަމާޒުކުރެއްވީ, އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ މައްސަލާގައި އަމަލުކޮށްފައިވާ ގޮތުންނާއި އެކަމުގައި ދައުލަތުގެ ސީރިއަސް ކަމެއް ނެތުމުންނެވެ.

"ގާނޫނީ ގޮތުން އެ ފަރާތްތަކުގެ [ދައުލަތާއި ތަންފީޒީ އިދާރާތައް] ކޮނޑުގައި އެޅިފައިވާ ޒިންމާތައް އެދެވޭ ގޮތެއްގައި އަދާކޮށްފައިވާ ބެލެވޭނެ ހަމައެއް ނެތް." ފަނޑިޔާރު ލިޔުއްވި އެވެ.

ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަބްދުالله ހަމީދުގެ ރައުޔުގައި ލިޔުއްވާފައިވާ ގޮތުގައި, ދައުލަތުން ހިފަހައްޓަން އެދޭ ކަމަށް ބުނެ ދީފައިވާ ނަންބަރަކީ އަލީ ވަހީދުގެ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ނަންބަރެވެ. އެ ޕާސްޕޯޓް ވަނީ އޭނާ މިނިސްޓަރު ކަމުން ވަކިކުރުމާއެކު ކެންސަލްކޮށްފަ އެވެ.

"އަލީ ވަހީދު ރާއްޖޭން ފުރުމުގެ އެތައް ދުވަހެއް ކުރިން ކެންސަލްކޮށްފައިވާ ޕާސްޕޯޓެއް ހިފަހައްޓަން ޖެހޭ ސަބަބެއް ނެތް, އަދި ކެންސަލްކޮށްފައިވާ ޕާސްޕޯޓް ހިފެހެއްޓުމުން ނުކުންނާނެ ގާނޫނީ ނަތީޖާއެއް ވެސް ނެތް," ފަނޑިޔާރު ހަމީދު ލިޔުއްވި އެވެ.

ފަނޑިޔާރު ފާހަގަ ކުރެއްވި ގޮތުގައި, އެންމެ ފުރަތަމަ ކުރިމިނަލް ކޯޓުން ހިފަހައްޓައި, އަދި ބާތިލްކޮށްފައިވަނީ ޑިޕްލޮމެޓިކް ޕާސްޕޯޓެވެ. އޭރު ވެސް އެ އޮތީ ކެންސަލްކޮށްފަ އެވެ.

އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިޔައީ އޯޑިނަރީ ޕާސްޕޯޓްގަ އެވެ. އަދި ފުރައިގެން ދިޔައީ ކެންސަލްކޮށްފައި އޮތް ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފަހައްޓަން ކުރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު, އެ ކޯޓުން ބާތިލްކުރުމުގެ ވެސް ކުރީގަ އެވެ.

އެހެންވެ, ފަނޑިޔާރު ވިދާޅުވި ގޮތުގައި, ދައުލަތުގެ ފަރާތުން ޒިންމާތައް އަދާކުރުމަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ފަރާތްތަކުން އެކަމުގައި ފަރުވާ ކުޑަކޮށް ނަތީޖާއެއް ހާސިލުނުވާނެ މަގުން ކޯޓަށް އައިސް ވަސީލަތްތަކާއި ވަގުތުތައް ބޭކާރު ކުރުމަކީ ކޯޓުގެ މަސައްކަތަށް އެޅޭ ހުރަހެކެވެ.

ފަނޑިޔާރު ހަމީދަށް ތާއިދު ކުރައްވާ ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވި ގޮތުގައި, އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އެދޭއިރު އޭނާ ބޭނުން ކުރަނީ ކޮން ޕާސްޕޯޓެއްތޯ ބަލައި, އެދެންވާނީ އޭނާ ބޭނުން ކުރާ ޕާސްޕޯޓެއް ހިފަހެއްޓުމަށެވެ.

"...ކޮންމެ ކޮންމެ ޕާސްޕޯޓެއް ނޫނެވެ. ނަމަވެސް, އެކަން ބަލާފައެއް ނުވެ އެވެ. އެހެނީ އެކަން ބަލާފައި އޮތްނަމަ މާކުރިން ކެންސަލްކޮށްފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމަށް އެދުމުގެ ބޭނުމެއް ނެތެވެ." ފަނޑިޔާރު ނިޔާޒު ލިޔުއްވާފައި ވެ އެވެ.

އެހެންވެ, ފަނޑިޔާރު ނިޔާޒު ވެސް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ކަމަށް ބުނެ ކޯޓުތަކަށް ދައުލަތުން މައްސަލަތައް ހުށަހަޅަމުން ދަނީ ސީރިއަސް ނަތީޖާއެއް ނެރުމުގެ މަގުސަދެއްގަ ނޫނެވެ.

ފަނޑިޔާރު ސަމީރު ދެއްކެވީ ދައުލަތުގެ މަގުސަދު

ދެ ފަނޑިޔާރުންގެ ރައުޔަށް ބެންޗުގައި ދެން އިންނެވި ފަނޑިޔާރު އަލީ ސަމީރު ތާއިދެއް ނުކުރައްވަ އެވެ.

އެގޮތުން ލިޔުއްވާފައިވާ ގޮތުގައި ޕާސްޕޯޓް ހިފަހައްޓަން އެދުނު ފޯމްގައި ޑިޕްލޮމެޓިކް ޕާސްޕޯޓް ނަންބަރު އޮތް އޮތުން, އެއީ ހަމައެކަނި އެ ސަބަބަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓެއް ނުވަތަ ޓްރެވެލް ޑޮކިއުމެންޓެއް ހިފަހައްޓަން އަމުރު ނެރެވެން ނެތް ކަމެއް ނޫނެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓް ނަންބަރާއެކު, ފޯމްގައި ޓްރެވެލް ޑޮކިއުމެންޓްސް ހިފެހެއްޓުމަށް ވެސް އެދޭ ކަމަށް ބުނެފައިވާ ކަމާއި އެހެންވެ, ހާސިލުކުރަން ބޭނުންވާ ނަތީޖާއަކީ އަލީ ވަހީދު ދަތުރުފަތުރު ކުރުން ހުއްޓުވައި, ރާއްޖެ އަނބުރާ ގެނައުންކަން އެނގޭ ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

އެހެންވެ, އެ މަގުސަދު ހާސިލުކުރުމަށްޓަކައި އަލީ ވަހީދަށް ދޫކޮށްފައިވާ ޕާސްޕޯޓްތަކާއި ޓްރެވެލް ޑޮކިއުމެންޓްތައް ހިހެފެއްޓުމުގެ އަމުރެއް ކޯޓަށް ނެރެދިނުމުގެ ޖާގަ އެބަ އޮތް ކަމަށް ފަނޑިޔާރު ސަމީރު ރައުޔު ނެރުއްވި އެވެ.

ނަމަވެސް, އެކަމަށް އަގުލަބިއްޔަތު ނުލިބުނީ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ 13 މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދުގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ގެންދަނީ އޮންލައިންކޮށް އިނގިރޭސިވިލާތުގައި ހުރެގެން އަލީ ވަހީދަށް ބައިވެރިވެވޭ ގޮތަށެވެ.

އެ ކޯޓުގެ ގާޒީ ހަސަން ސައީދު، އިސް ގާޒީ އަހުމަދު ޝަކީލްގެ ލަފާގެ މަތިން ނިންމެވި ނިންމެވުމާ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އިއުތިރާޒުކުރި އެވެ. ދައުލަތުން ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ގާނޫނީ އިހުތިސޯސް ނުހިނގާ ތަނެއްގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވިގެން ނުވާނެ އެވެ. އެގޮތަށް ކުރިއަށް ގެންދާ ޝަރީއަތްތައް ގާނޫނާ ހިލާފުވާނެ ކަމަށެވެ.

އެހެންވެ، އެ މައްސަލަ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. ނަމަވެސް، އެ ކޯޓުން ނިންމީ އެ މައްސަލަ އިސްތިއުނާފީ ދައުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް މިހިނދުގައި ނެތް ކަމަށެވެ. ހައިކޯޓުގެ އެ ނިންމުން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.

އެ މަައްސަލާގެ ސުޕްރީމް ކޯޓުގެ އަޑުއެހުމަށް އަލީ ވަހީދު ހާޒިރުނުވުމުން ހުރުމަތް ކެނޑީ ކަމަށް ނިންމައި ސުޕްރީމް ކޯޓުން ދެ މަހުގެ ޖަލު ހުކުމެއް ވެސް އަލީ ވަހީދަށް އިއްވި އެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ އަލީ ވަހީދުގެ ކުރިމަތީގައި ކޯޓުތަކުން ކުޑަކަކޫ ޖަހާތަން ރައްޔިތުންނަށް ފެނިގެން ނުވާނެ ކަމަށެވެ.

އޭގެފަހުން އިނގިރޭސިވިލާތުގައި ފިލައިގެން އުޅެނިކޮށް ވިސާގެ މައްސަލައެއްގައި އެ ގައުމުގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ނަމަވެސް, މިހާރު ގެންދަނީ ޓްވީޓް ކުރަމުންނެވެ. އެހެންވެ, އޭނާ ހުރީ ބަންދެއްގައި ކަމެއް ޔަގީނެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox