ލީގުގައި މޮޅެއް ނުލިބި ޔުވެންޓަސް ޕްރެޝަރަށް

Sep 12, 2021, 5:52 AM
ނަޕޯލީގެ ޑި ލޮރެންޒޯ (ވ) ކައިރިން ޔުވެންޓަސްގެ މޮރާޓާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ނަޕޯލީގެ ޑި ލޮރެންޒޯ (ވ) ކައިރިން ޔުވެންޓަސްގެ މޮރާޓާ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ

ނޭޕްލްސް (ސެޕްޓެމްބަރު 12) - އިޓާލިއަން ލީގުގައި ރޭ ނަޕޯލީ އަތުން 2-1 އިން ބަލިވެ، ޔުވެންޓަސް އިން ސީޒަނުގައި މޮޅެއް ލިބި އިތުރު ހަފްތާއެއް ނިންމާލަން ޖެހި ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މެސިމޯ އަލްގެރީގެ ކޯޗުކަމުގައި މިހާރު ވާދަކުރަމުން އަންނަ ޔުވެންޓަސް އިން މި ފަހަރު ލީގުގައި ކުޅުނު ތިން މެޗުން ވަނީ އެއް ޕޮއިންޓް ލިބިފަ އެވެ. ޔުވެންޓަސް މި ފަހަރު ސީޒަނުގެ ފުރަތަމަ މެޗުން އުދިނޭޒީއާ ވަނީ 2-2 އިން އެއްވަރުވެފަ އެވެ. އެ މެޗަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސް ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ޔުވެންޓަސް ކުޅުުނު ފުރަތަމަ މެޗުން ވަނީ އެމްޕޮލީ އަތުން 1-0 އިން ބަލިވެފަ އެވެ. އަދި ރޭ ނަޕޯލީ އަތުން ވެސް ބަލިވީ އެވެ.

"މައްސަލަ އަކީ މި މެޗުތަކުގައި ހެދޭ ގޯސްތައް. އެ ރަނގަޅު ކޮށްގެން ކުރިއަށް ދެވޭނީ. ސީޒަނުގެ އެހާ ކުރީކޮޅުގައި ވީމަ ޕްރެޝަރުގެ ވާހަކަ އަހަރެން އެހާ ބޮޑަށް ދައްކަން ބޭނުމެއް ނޫން. އެކަމަކު، މޮޅުނުވަންޏާ ފުޓްބޯޅައިގައި ޕްރެޝަރު އޮންނާނެ،" އަލެގްރީ ބުންޏެވެ.

Advertisement

ނަޕޯލީ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ ޔުވެންޓަސް އިންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި ނަޕޯލީގެ ފަހަތުން ގްރީސްގެ ޑިފެންޑަރު ކޮސްޓަސް މަނޮލަސް ހެދި ގޯހެއްގެ ފައިދާނަގައި ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ އަލްވާރޯ މޮރާޓޯ އެވެ. ޔުވެންޓަސް އަށް ލީޑުފުޅާކޮށްދޭން ޑޭޭޖާން ކުސުލެވްސްކީ ޖެހި ބޯޅަ ނަޕޯލީގެ ކީޕަރު ޑޭވިޑް އޮސްޕީނާ ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފްގައި ކުޅެން އަރައި ނަޕޯލީން ކުޅުން ރަނގަޅުކޮށް، މެޗުގެ 57 ވަނަ މިނިޓްގައި ނަތީޖާ ހަމަހަމަކުރި އެވެ. މި ގޯލަކީ ނަޕޯލީގެ ކެޕްޓަން ލޮރެންޒޯ އިންސީނިއޭ ޖެހި ޝޮޓެއް ޔުވެންޓަސްގެ ކީޕަރު ވޮޒްޝިއޭ ޝެޒްނީ އަތުގައި ޖެހިފައި ނުކުތް ވަގުތު މަޓެއޯ ޕޮލިޓާނޯ ޖެހި ގޯލެކެވެ.

މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި ނަޕޯލީ މޮޅުކޮށްދިން ގޯލު ޖެހީ ޑިފެންޑަރު ކަލީދޫ ކުލިބާލީ އެވެ. ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔުވެންޓަސްގެ ފޯވާޑް މޮއިސޭ ކީން ބޮލުން ޖެހި ބޯޅަ ބައިކޮޅަށް ވަންނަން ދަނިކޮށް ކީޕަރު ޝެޒްނީ އެ ބޯޅަ ސަލާމަތްކުރި ނަމަވެސް ގޯލު ކުރިމަތީގައި ހުސްކޮށް ހުރި ކުލިބާލީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޔުވެންޓަސް މި ވަގުތު ލީގުގެ 14 ވަނައިގައި އޮތީ ތިން މެޗުން ޕޮއިންޓަކާ އެކު އެވެ. މި ހަފްތާގެ މެޗުތައް ނިމޭއިރު ޔުވެންޓަސް އަދި ފަހަތަށް ވެއްޓުމުގެ ފުރުސަތު އެބައޮތެެވެ.

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox