ތައިލޭންޑުގައި ދަަލުން ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތެއް

ދަލުން ކޮވިޑަށް ޓެސްޓު ކުރަން ބޭނުން ކުރާ ޑިވައިސް.-- ފޮޓޯ: އޭއެފްޕީ

ދަލުން ކޮވިޑަށް ޓެސްޓު ކުރަން ބޭނުން ކުރާ ޑިވައިސް.-- ފޮޓޯ: އޭއެފްޕީ

ހަށިގަނޑުން ނުކުންނަ ދަލުން ކޮވިޑަށް ޓެސްޓު ކުރެވޭނެ ހާއްސަ ޑިވައިސެއް ތައިލޭންޑުގައި އުފެއްދައި ޓެސްޓުކޮށްފި އެވެ.

މި ޑިވައިސްއިން ބޭނުންކޮށްގެން ބެންކޮކްގެ މާރުކޭޓެއްގައި ތިބި ބަޔަކު ވަނީ ޓެސްޓްކޮށްފަ އެވެ.

"ސާމްޕަލްތަކުން އެނގުނު ގޮތުގައި ކޮވިޑް ޖެހިފައިވާ މީހުންގެ ދަލުގައި ވަކިން ފާހަގަކުރެވޭ ކެމިކަލްތަކެއް އެކުލެވޭ،" ބެންކޮކްގެ ޗުލަލޮންގްކޯން ޔުނިވާސިޓީގެ ޗަދިން ކުލްސިންގް ވިދާޅުވި އެވެ.

"މި ޑިވައިސް އަކީ ކޮވިޑް ބަލި މީހުންގެ ދަލުގައި ހިމެނޭ ވަކި ބެކްޓީރިއާ އަކުން އުފެދޭ ހާއްސަ ވަހެއް ދެނެގަނެވޭނެ ޑިވައިސް އެއް."

ޗަދިން ވިދާޅުވީ މިއީ 95 ޕަސެންޓު ޔަގީންކަން ލިބޭ ޓެސްޓެއް ކަމަށާއި ކުރިމަގުގައި މިއީ އަގުބޮޑު ޕީސީއާރް ޓެސްޓުގެ ބަދަލުގައި އަގުހެޔޮކޮށް ކޮވިޑަށް ޓެސްޓު ކުރެވޭނެ ގޮތަކަށް ވާނެ ކަމަށެވެ.

ނަމަވެސް އެ ޑިވައިސް އަދިވެސް އޮތީ އުފެއްދުމުގެ މަރުހަލާގަ އެވެ. ޑިވައިސް އުފެއްދުމަށް އެއްކުރި ދިރާސާ އާއި އޭގެ ހޯދުންތައް ޔަގީން ކުރުމަށް ފަހު ކަމާ ބެހޭ އިދާރާތަކުން ހުއްދަ ހޯދަން ޖެހޭނެ އެވެ.

ތައިލޭންޑުގެ ސައިންޓިސްޓުން އުފެއްދި ޑިވައިސް އަކީ މާހައުލުގައި ހުންނަ ވިހަ ކެމިކަލްތައް ދެނެގަންނަން ބޭނުން ކުރާ ޑިވައިސް އަކަށް ބައެއް ބަދަލުތައް ގެނެސްގެން އުފެއްދި ޑިވައިސް އެކެވެ.

އޭތި ބޭނުން ކުރުމަށް ހަށިގަނޑުން ދަލުގެ ސާމްޕަލް ނެގުމަށް ކަފަ ބުރެއް ކިހިލިފަތް ދަށުގައި 15 މިނެޓު ބެހެއްޓުމަށް ފަހު ބިއްލޫރި ފުޅިއަކަށް އޭތި ލައި، ޔޫވީ ރޭއިން ސްޓެރިލައިޒް ކުރަން ޖެހެ އެވެ.

"އޭގެ ފަހުން ސަކްޝަން ބާރު ބޭނުންކުރާ ހޮޅިއަކުން ކަފަބުރުން ސާމްޕަލް ދަމައިގަންނާނެ. ދެން އެނެލައިޒާގެ ތެރެއަށް އެ ސާމްޕަލް ފޮނުވާލާނެ،" ޗަދިން ވިދާޅުވި އެވެ.

ސާމްޕަލް ނެގުމަށް ހޭދަވަނީ 15 މިނެޓެވެ. އަދި ނަތީޖާ ލިބުމަށް ހޭދަވަނީ 30 ސިކުންތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox